Roadha Mihaaru
ޕުޓިން ހައްޔަރުކުރުމުން ހަނގުރާމަ ފެށިދާނެ: ރަމަފޯސާ

ޕުޓިން ހައްޔަރުކުރުން ވާނީ ހަނގުރާމަ އިއުލާނުކުރުމަށް: ރަމަފޯސާ

19 ޖުލައި 2023

ރަޝިޔާގެ ރައީސް ލެޑިމިއަ ޕުޓިން ދެކުނު އެފްރިކާއަށް ވަޑައިގެންނެވުމުން ހައްޔަރުކުރުން ވެގެންދާނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުމުގެ އަމަލެއް ކަމަށް ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ރައީސް ލެޑިމިއަ ޕުޓިން ދެކުނު އެފްރިކާއަށް ވަޑައިގެންނެވުމުން ހައްޔަރުކުރުން ވެގެންދާނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުމުގެ އަމަލެއް ކަމަށް ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވިދާޅުވެއްޖެ އެވެ.

ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަލް ކްރިމިނަލް ކޯޓުން ނެރެފައިވާ ދަނޑިވަޅެއްގައި، ދެކުނު އެފްރިކާގެ ޖޮހެނެސްބާގުގައި އަންނަ މަހު އޮންނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދެކުނު އެފްރިކާއަކީ އައިސީސީ މެމްބަރު ގައުމެއް ކަމަށްވާތީ، ޕުޓިން ހައްޔަރުކުރަން ނެރެފައިވާ އަމުރު ތަންފީޒުކުރަން އެ ގައުމުގެ ސަރުކާރަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

އަދި ޕުޓިން ހައްޔަރުކުރަން މަޖުބޫރުކުރުވުމަށް ދެކުނު އެފްރިކާގެ މައި އިދިކޮޅު ޕާޓީ ޑިމޮކްރެޓިކް އެލަޔަންސް (ޑީއޭ) އިން ވަނީ ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ.

ރަމަފޯސާ ކޯޓަށް ފޮނުއްވި ލިޔުމެއްގައި ވިދާޅުވީ ޑީއޭއިން ހުށަހެޅީ ވަރަށް ޒިންމާދާރުކަންކުޑަ މައްސަލައެއް ކަމަށާއި މިކަމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.

"މިއީ ގާނޫނުއަސާސީއާ ފުށުއެރުމުގެ އިތުރުން ރަޝިޔާ އާއެކު ހަނގުރާމައެއް ފެށުމުގެ ބިރު އޮތް ކަމެއް،" އެ ލިޔުމުގައި ރަމަފޯސާ ވިދާޅުވި އެވެ.

އަދި ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދެކުނު އެފްރިކާ އިން އިސްވެ ކުރަމުންދާ މަސައްކަތަށް ވެސް މިކަމުގެ ސަބަބުން ހުރަސްއެޅޭނެ ކަމަށް ވިދާޅުވި އެވެ.

ޕުޓިން ހައްޔަރުކުރަން އައީސީސީން އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ޔޫކްރޭނަށް ނިސްބަތްވާ ކުޑަކުދިން ޑިޕޯޓުކުރި ކަމަށް ތުހުމަތުވާ މައްސަލައިގަ އެވެ.