މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފި އެވެ.
20 ޖުލައި 2023
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފި އެވެ.
"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި، ސިންގަޕޫރަށް ވަޑައިގަތުމުން މިދިޔަ ހޯމަ ދުވަހު އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެންނެވެ.
ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ސަން ކުންފުނިން ބާތިލްކުރީ 2013 ގަ އެވެ. ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސިޔާމްގެ ސަން ޓްރެވަލްސް އަށް އަންގައިފަ އެވެ. ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅައިފަ އެވެ.
ސިޔާމް ސިންގަޕޫރަށް މި ވަޑައިގަތީ އެ މައްސަލަ ސިންގަޕޫރުގެ ހައި ކޯޓުގައި ކުރިއަށް ގެންގޮސް ތިން މަސް ތެރޭގައި ފައިސާ ދައްކަން އަންގާފައި އޮއްވާ ކަން އެނގިފައިވެ އެވެ.
އޭނާ އެ ގައުމަށް ވަޑައިގަތީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ރަށްރަށުގެ ކެމްޕޭންގައި އުޅުއްވުމަށް ފަހު އެވެ. އިންތިހާބަށް ކޯލިޝަން ހަދައި އެކުގައި މަސައްކަތް ކުރަމުން އަންނަ ސިޔާމް ސިންގަޕޫރުގައި ފުރުމުން މަނާކުރުމުން، އެނބުރި ވަޑައިގަތުމަށް ގެންދަވަނީ ގާނޫނީ މަރުހަލާތައް ފުރިހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން 2017 ވަނަ އަހަރު ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ. އެކަމަކު އެ ހުކުމް ހައި ކޯޓުން ބާތިލުކުރުމުން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ނިމުނީ ހިލްޓަން ކޮޅަށެވެ.
ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފެހެއްޓިއިރު، ސަން ޓްރެވަލްސް ކުންފުނިން ހިލްޓަން އިންޓަނޭޝަނަލަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދައްކަން ސިންގަޕޫރު އާބިޓްރޭޝަނުން އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލާގައި ރާއްޖޭގެ ސިވިލް ކޯޓުން ވެސް ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރުނެވެ.
ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުން އަމުރުކުރީ އެ މައްސަލާގައި ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކޮށްގެން ވެސް ފައިސާ ނުލިބުމުންނެވެ.
ސިޔާމް ފުރުން މަނާކުރި މައްސަލައަށް ސަރުކާރު ވަދެއްޖެ
ސަން ކުންފުނިން ހިލްޓަނަށް 31 މިލިއަން ޑޮލަރުދީފި
ސަންގެ ދަރަނި ސަރުކާރުން ދައްކަން ނުޖެހޭނެ: ސިޔާމް
ސިޔާމް މިރޭ ރާއްޖެ ވަޑައިގަންނަވަނީ
އިރުފުށި މައްސަލަ ސަން ޓްރެވަލްސްއާ ދެކޮޅަށް ނިންމައިފި
ސަން ޓްރެވަލްސް ގޮވައިގެން ސިންގަޕޫރު ސުޕްރީމް ކޯޓަށް
އާބިޓްރޭޝަންގެ ނިންމުން ތަންފީޒެއް ނުކުރެވޭނެ: ސަން
ހިލްޓަނަށް ސަންއިން ފައިސާ ދިނުން ފަސްކުރަން އަމުރެއް
ސަންއަށް ބަދަލު ދޭން ކުރި ހުކުމް ބާތިލްކުރީ ރަނގަޅަށް
ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކޮށްފި