ހިލްޓަނަށް ދޭން އަންގާފައިވާ 24 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި ފައިސާ ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ.
02 އެޕްރީލް 2023
ހިލްޓަނަށް ދޭން އަންގާފައިވާ 24 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި ފައިސާ ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ.
އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ސަން ކުންފުނީގެ މައްޗަށް އަންގާފައިވާތީ އެ ފައިސާ ދެ ހަފުތާ ތެރޭގައި ދައްކަން މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ ސިވިލް ކޯޓުން ހުކުމްކުރި އެވެ.
އެ ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ހައި ކޯޓުން މިއަދު ނެރުނީ އެ ހުކުމް އިސްތިއުނާފްކުރަން ސަން ޓްރެވަލްސްގެ ފަރާތުން ހުށަހަޅާފައިވާތީ އެވެ. ހައި ކޯޓުގެ އަމުރުގައިވަނީ އެ ހުކުމަށް އަމަލުކުރުން ފަސްނުކޮށްފިނަމަ ސަން ކުންފުންޏަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.
އެހެންވެ، އެ މައްސަލަ ހައި ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ސަން ޓްރެވަލްސްގެ އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު އުވާލުމުން ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އެންގީ 2015 ވަނަ އަހަރު އެވެ.
ސިޔާމް ފުރުން މަނާކުރި މައްސަލައަށް ސަރުކާރު ވަދެއްޖެ
ސަންގެ އެކައުންޓްތައް ހިފެހެއްޓީ ރަނގަޅަށް: ހައި ކޯޓު
ސިވިލް ކޯޓުން ހިލްޓަނަށް ބަދަލު ނަގައިދޭން ހުކުމްކޮށްފި
އާބިޓްރޭޝަންގެ ނިންމުން ތަންފީޒެއް ނުކުރެވޭނެ: ސަން
ސަން ކުންފުނިން ހިލްޓަނަށް 31 މިލިއަން ޑޮލަރުދީފި
ސަން ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފަހައްޓައިފި
ހިލްޓަނަށް ދެހަފުތާ ތެރޭ ފައިސާ ދޭން ސަންއަށް ޖެހިއްޖެ
28 މިލިއަން ޑޮލަރު ދޭން ސަންއަށް އެންގީ ގޯސްކޮށް
ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައިފި
ސަންގެ އެކައުންޓް ފްރީޒްކުރުމުގެ އަމުރު ހައި ކޯޓަށް