ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސްއިން ހިލްޓަން ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ދިވެހި ސަރުކާރުން ދައްކަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ މިރޭ ދޮގުކުރައްވައިފި އެވެ.
22 ޖުލައި 2023
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސްއިން ހިލްޓަން ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ދިވެހި ސަރުކާރުން ދައްކަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ މިރޭ ދޮގުކުރައްވައިފި އެވެ.
ސިންގަޕޫރު އާބިޓްރޭޝަންގެ އެންގުމާ އެއްގޮތަށް ހިލްޓަނަށް ފައިސާ ނުދެއްކި މައްސަލާގައި ސިންގަޕޫރުން ސިޔާމް ފުރުން މަނާކުރި މައްސަލައަށްފަހު މިރޭ ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް ދިން އިންޓަވިއުގައި ސިޔާމް ވިދާޅުވީ ސިންގަޕޫރުގައި ހުންނެވިއިރު، އޭނާ ފުރުން މަނާ ނުކުރާ ކަމަށެވެ. އެއީ ވަކި ބަޔަކު އަޑީގައި ތިބެގެން ފެތުރި ދޮގު ވާހަކަތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑަށް އެނގޭ ކަމެއް ވެސް ނޫން ތީކީ. އަޅުގަނޑަށް ތި ހަބަރު ލިބުނީ ހަމަ މީޑިއާތަކުގެ ހެޑްލައިނުން،" ޝިޔާމް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑަށް ހީވަނީ ރާއްޖޭގައި އެންމެފަހުން ހެއްދެވި ސިޔާސީ ޕާޓީގެ ލީޑަރު ދަނޑި...މޮކްރެޓްސް، ކޮންމެވެސް ބައެއް، އެ ބޭފުޅުން ކުރެއްވި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވިފައި އިނީ."
ސިޔާމް މިރޭ އެއާޕޯޓުގައި ނޫސްވެރިންނަށް އިންޓަވިއު ދެއްވަނީ --- ފޮޓޯ/މިހާރު
ސިންގަޕޫރުގައި ހުންނެވިއިރު، ހިލްޓަން މައްސަލާގައި ބޭއްވި ޝަރީއަތްތަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ސިޔާމް ވިދާޅުވީ އެއަށް ޖަވާބު ދެއްވާނީ އޭނާގެ ވަކީލުން ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.
ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ސިޔާމްގެ ދިފާއުގައި ސިންގަޕޫރަށް ސިޓީއެއް ފޮނުވި އެވެ. އެހެންވެ، އެ މައްސަލައިގެ ތެރެއަށް ސަރުކާރުން ވަދެ، ސިޔާމްގެ ދަރަނި ދައްކަން އުޅޭ ކަމަށް ބުނާ އަޑުތަކެއް ފެތުރުނެވެ.
ލާރި، އަޅުގަނޑަކަށް ދިވެހި ސަރުކާރުން ދައްކާފައެއް ނެތް. އަދި ދައްކަން އަޅުގަނޑު ރިކުއެސްޓެއް ވެސް ނުކުރަން: ސިޔާމް
"ލާރި، އަޅުގަނޑަކަށް ދިވެހި ސަރުކާރުން ދައްކާފައެއް ނެތް. އަދި ދައްކަން އަޅުގަނޑު ރިކުއެސްޓެއް ވެސް ނުކުރަން. އަޅުގަނޑު ލާރި ހޯދަނީ ދުނިޔޭގެ އެކި ބޭންކުތަކުން. ތިބޭފުޅުންނަށް ވެސް އެނގިލައްވާނެ، އަޅުގަނޑަކީ ދުނިޔޭގެ ހުރިހާ ބޭންކުތަކަކުން ލާރި ނަގާފައި ހުރި މީހެއް،" ސިޔާމް ވިދާޅުވި އެވެ.
"ދިވެހި ސަރުކާރަކުން ދައްކާކަށް ނުޖެހޭނެއެއް ނޫންތޯ. އަޅުގަނޑު މިއީ ވިޔަފާރިވެރިއެއް ނޫންތޯ. އަޅުގަނޑެއް ނޫންތޯ އެކަން ހައްލު ކުރާނީ. ދިވެހި ސަރުކާރާ ބެހޭކަމެއް ނޫނެއް ނޫންތޯ އެއީ."
ސިޔާމް ފުރުން މަނާކުރި ކަމަށް ވަނީ ސިންގަޕޫރަށް ވަޑައިގަތުމުން މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ އެ ގައުމަށް ވަޑައިގަތީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްރަށަށް ކުރެއްވި ކެމްޕޭން ދަތުރުތަކުގައި ވެސް މިދިޔަ ހަފުތާގައި އުޅުއްވުމަށް ފަހު އެވެ.
ސިޔާމްގެ ސަން ޓްރެވަލްސްގެ މައްޗަށް އާބިޓްރޭޝަނުން ކުރިން އަންގާފައި ވަނީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށެވެ. އެގޮތަށް އެންގީ ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލައިގަ އެވެ.
އެކަމަކު ހުކުމާ އެއްގޮތަށް އެ ފައިސާ ނުދެއްކުމުން އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހިލްޓަންއިން ސިންގަޕޫރުގެ ހައި ކޯޓަށް ހުށަހެޅީ އެވެ. އަދި އެ ނިންމުން ތަންފީޒުކުރަން ހިލްޓަނުން ރާއްޖޭގެ ކޯޓުތަކަށް ވެސް ކުރިން މައްސަލަ ހުށަހަޅާފައިވެ އެވެ.
ސިޔާމް މިރޭ ރާއްޖެ ވަޑައިގަންނަވަނީ
ސަން ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފަހައްޓައިފި
ސަން ކުންފުނިން ހިލްޓަނަށް 31 މިލިއަން ޑޮލަރުދީފި
ސިޔާމް ފުރުން މަނާކުރި މައްސަލައަށް ސަރުކާރު ވަދެއްޖެ
ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކޮށްފި
ހިލްޓަންގެ 16 މިލިއަން ޑޮލަރުގެ މައްސަލަ ހުކުމަށް
ސަން ޓްރެވަލްސް ގޮވައިގެން ސިންގަޕޫރު ސުޕްރީމް ކޯޓަށް
އާބިޓްރޭޝަންގެ ނިންމުން ތަންފީޒެއް ނުކުރެވޭނެ: ސަން
ހިލްޓަނަށް ސަންއިން ފައިސާ ދިނުން ފަސްކުރަން އަމުރެއް
މޫދުގައި ދުއްވާ ބައިސްކަލުތަކެއް ސިޔާމް ވޯލްޑަށް