Roadha Mihaaru
އުއްޗު ދެއްވި ފައިސާ އެހެން ކަންކަމަށް ބޭނުން ކުރި

އުއްޗު ދެއްވި ފައިސާ އެފްއޭއެމްގެ އެހެން ކަންކަމަށް ބޭނުން ކުރި

20 ޖުލައި 2023

މަޝްހޫރު ވިޔާފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުރެއްދޫ ރިސޯޓްގައި ކުޅުނު މެޗުން ލިބުނު ފައިސާ، ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދިނުން ލަސްވީ އެ ފައިސާ އެފްއޭއެމްގެ އެހެން ކަންކަމަށް ބޭނުން ކުރުމުން ކަމަށް އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މަޝްހޫރު ވިޔާފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުރެއްދޫ ރިސޯޓްގައި ކުޅުނު މެޗުން ލިބުނު ފައިސާ، ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދިނުން ލަސްވީ އެ ފައިސާ އެފްއޭއެމްގެ އެހެން ކަންކަމަށް ބޭނުން ކުރުމުން ކަމަށް އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އުއްޗު ދެއްވި ފައިސާ އާ މެދު އެފްއޭއެމުން ކުރިން ބުނި ވާހަކަ އާއި އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައްސާމް ދެއްކި ވާހަކަ ތަފާތެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދިނުމަށް، އޮކްޓޯބަރު 2021 ގައި އުއްޗު މެދުވެރިވެގެން ހޯދައިދިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް ކުޅުންތެރިންނަށް ނުދީ ހުރި މައްސަލަ ފެންމަތިވުމުން، މިދިޔަ އަހަރު އޮކްޓޯބަރު މަހު އެފްއޭއެމުން ބުނީ އުއްޗު ދެއްވި ފައިސާ އެބަހުރި ކަމަށާއި އެ ފައިސާ ނުގެއްލޭ ކަމަށެވެ.

ކުރެއްދޫގައި 2021 ގެ އޮކްޓޯބަރު މަހު ގައުމީ ޓީމުން ކުޅުނު މެޗަށް ފަހު ގައުމީ ކެޕްޓަން އަކުރަމް (ކ) ގެ ފަރާތުން އުއްޗު އަށް ޖޯޒީއެއް ހަވާލުކޮށް ދެއްވަނީ

ކުރެއްދޫގައި 2021 ގެ އޮކްޓޯބަރު މަހު ގައުމީ ޓީމުން ކުޅުނު މެޗަށް ފަހު ގައުމީ ކެޕްޓަން އަކުރަމް (ކ) ގެ ފަރާތުން އުއްޗު އަށް ޖޯޒީއެއް ހަވާލުކޮށް ދެއްވަނީ

އޭގެތެރޭގައި ހިމެނެނީ އުއްޗު ސީދާ ދެއްވި 500،000ރ. އާއި އެސްޓީއޯ އިން ދިން 500،000ރ. އާއި ދިރާގުން ދިން 100،000ރ. އަދި ވިލާ ޓްރެވަލްސް އިން ދޭން ބުނި 100،000ރ. އެވެ.

ވިލާއިން ދޭން ޖެހޭ ފައިސާ އަދި ވެސް ދީފައި ނުވާކަމަށް ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުއްޗުގެ ކުރެއްދޫގައި ކުޅުނު މެޗުން އެފްއޭއެމަށް އޭރު 1.1 މިލިއަން ރުފިޔާ ލިބުނު އިރު އެ އެސޯސިއޭޝަނަށް މާލީ ގޮތުން ދަށް ހާލަތެއް ކުރިމަތިވެފައިވުމުން އެ ފައިސާ އެހެން ކަންކަމަށް ބޭނުން ކުރި ކަމަށެވެ.

"އެ ފައިސާ އައިއިރު (ޖަމާވިއިރު) އަޅުގަނޑުމެންގެ ފައިނޭންޝިއަލް ޑިފިކަލްޓީސްތަކެއް ހުރުމުން އެ ފައިސާ ހުންނާނެ އެފްއޭއެމްގެ ހަރަދުތަކަށް ވެސް ބޭނުންކޮށްފަ. އަޅުގަނޑުމެން ކޮންމެހެން ފޮރުވާކަށް ވެސް ނެތިން،" ބައްސާމް ވިދާޅުވި އެވެ.

"އުއްޗުގެ އެ ރަށުގައި ކުޅުނު މެޗަށް ފަހު [އުއްޗު] ވިދާޅުވީ މިފައިސާއަކީ އެފްއޭއެމަށް ދެއްވި އެއްޗެކޭ. އެފްއޭއެމުން ނިންމާށޭ އެ ފައިސާ އަށް ކަންތައް ކުރަންވީ ގޮތެއް."

ކުރެއްދޫގައި ކުޅުނު މެޗަށް ފަހު، ކުރެއްދޫ ޓީމުގެ ކުޅުންތެރިންނާއި އެ ރިސޯޓްގެ ވެރިން އަދި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އެފްއޭއެމްގެ ވެރިން ފޮޓޯ އަކަށް ހުއްޓިލައިގެން

ކުރެއްދޫގައި ކުޅުނު މެޗަށް ފަހު، ކުރެއްދޫ ޓީމުގެ ކުޅުންތެރިންނާއި އެ ރިސޯޓްގެ ވެރިން އަދި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އެފްއޭއެމްގެ ވެރިން ފޮޓޯ އަކަށް ހުއްޓިލައިގެން

ބައްސާމް ވިދާޅުވީ އެ ދުވަހު އޭނާ ނިންމީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެ ފައިސާ ދިނުމަށް ކަމަށެވެ. ނަމަވެސް އެ ފައިސާ ދިނުން ލަސްވީ، އެ މެޗުން ލިބޭނެ ކަމަށް ބުނި ޖުމުލަ ފައިސާ ލިބުން ލަސްވުމުގެ އިތުރަށް، އެފްއޭއެމްގެ މާލީ ހާލަތު ހުރި ގޮތުން އެ ފައިސާ އެހެން ހަރަދުތައް ކުރުމުން ކަމަށެވެ.

މިހާރު އޭގެއިން ބޮޑު ބައެއް ކުޅުންތެރިންނަށް ޖަމާކޮށްފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ. އެގޮތުން މާޗް މަހު ޕާކިސްތާނާ ދެކޮޅަށް ލ. ގަމުގައި ކުޅުނު މެޗުގައި ކުޅުނު ބައެއް ކުޅުންތެރިންނަށް ވަނީ އެ ފައިސާ ދީފަ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންނަށް އެ ފައިސާއެއް ނުލިބެ އެވެ.