ވ. ރަކީދޫގައި އަނިޔާކޮށް މަރައިލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމުގެ ދައުވާ ލިބޭ ޖެންޑަ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބު ހޯމް މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.
31 ޖެނުއަރީ 2017
ވ. ރަކީދޫގައި އަނިޔާކޮށް މަރައިލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމުގެ ދައުވާ ލިބޭ ޖެންޑަ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބު ހޯމް މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.
އެ މިނިސްޓްރީ އަށް ޝަކީބު ބަދަލުކުރީ ކުރިން ވެސް ހުންނެވި އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމަށެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޝަކީބު ވަނީ ހޯމް މިނިސްޓްރީގެ ވަޒީފާ އަށް ނުކުންނަވަން ފައްޓަވައިފަ އެވެ.
ޝަކީބު ހޯމް މިނިސްޓްރީ އަށް ބަދަލުކުރީ، ރައީސް އޮފީހުންނެވެ. އެކަމަކު ބަދަލުކުރި ސަބަބެއް އެ އޮފީހުން އަދި ސާފެއް ނުވެ އެވެ.
ޝަކީބުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އިބްތިހާލަށް އޭނާގެ މަންމަ ފާތުމަތު އާފިޔާ އަނިޔާކުރި ކަން އެނގި ހުރެ ފިޔަވަޅު ނޭޅުމަކީ އިހުމާލެއްގެ ގޮތުގައި ބަލައިގެންނެވެ. އޭނާގެ އިތުރުން ވެސް މި މައްސަލައިގައި ހަތަރު މީހުންގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ.
އެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.
ހޯމް މިނިސްޓްރީގެ ޑިރެކްޓަރަކަށް ހަފްސީ
ހޯމް މިނިސްޓްރީގެ ނައިބަކަަށް އަޝްރަފް
މަހްލޫފްގެ ޝަރީއަތް މާދަމާ، އަދިވެސް ކެބިނެޓްގައި!
ފުވައްމުލަކުގެ ކުރީގެ މޭޔަރަށް ޑެޕިއުޓީ މިނިސްޓަރުކަން
ޔާމީންގެ ވަކީލުން އުޅެނީ ޝަރީއަތް ލަސްކުރަން: ސަރުކާރު
ޔާމީނަށް އިންސާފު ހޯދަން އިދިކޮޅުން މުއައްސަސާތަކަށް
ހަސަން ސައީދު، ޑެޕިއުޓީ އެމްބެސެޑަރަކަށް
ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް
ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް
ޓޫރިޒަމް މިނިސްޓަރު އައްޔަން ނުކޮށް މަހެއް ވަނީ!