Roadha Mihaaru
ސަމަންތާ ބުޅަލެއް އެޑަޕްޓުކޮށްފި

ސަމަންތާ ބުޅަލެއް އެޑަޕްޓުކޮށްފި

21 ޖުލައި 2023

ބޭސްފަރުވާއަށް މިވަގުތު އެމެރިކާގައި ހުރި އިންޑިއާގެ ތަރި، ސަމަންތާ ޕްރަބޫ ބުޅަލެއް އެޑަޕްޓުކޮށްފި އެވެ.

ބޭސްފަރުވާއަށް މިވަގުތު އެމެރިކާގައި ހުރި އިންޑިއާގެ ތަރި، ސަމަންތާ ޕްރަބޫ ބުޅަލެއް އެޑަޕްޓުކޮށްފި އެވެ.

ސަމަންތާ ބުޅަލެއް އެޑަޕްޓުކުރި ވާހަކަ ފޭނުންނާ ހިއްސާކުރީ އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އިނީ އޭނާ އެ ބުޅަލާ ބައްދާލައިގެން އޮވެ ނަގާފައިވާ ފޮޓޯއެކެވެ.

އެ ބުޅަލަށް ކިޔަނީ "ގެލާޓޯ" އެވެ. އެއީ އަޅިކުލައިގެ ޕާޝިއަން ބުޅަލެކެވެ.

އޭނާ ޕެޓްކޮށްގެން ދެ ކުއްތާ ވެސް ގެންގުޅެ އެވެ. އެއީ ހާޝް އާއި ސާޝާ އެވެ.

ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަޝްހޫރު އެކްޓްރެސް، ސަމަންތާ ވަރަށް ބޮޑަށް ބަލިވެ އުޅޭތީ އޭނާ ވަނީ އެކްޓިން އިން ހަ މަހުގެ ބްރޭކެއް ނަގައިފަ އެވެ.

ސަމަންތާ އެމެރިކާއަށް ދިޔައީ މަޔޯސައިޓިސްއަށް ފަރުވާ ހޯދުމަށެވެ. މަޔޯސައިޓިސްއަކީ ހަށިގަނޑުގެ އެކި ތަންތަން ދުޅަވެ، މީހާ ވަރަށް ބޮޑަށް ބަލިކޮށްލާ ބައްޔެކެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ވެސް މެ އެވެ.

އެ ބައްޔަށް ޑައިގްނޯސްވި ކަމަށް، މިދިޔަ އަހަރު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސަމަންތާ އަމިއްލައަށް ބުނެފައިވެ އެވެ.