Roadha Mihaaru
ރާޖްކުމާރް ރާއޯ ޕްލާސްޓިކް ސާޖަރީ ހެދީ؟

ރާޖްކުމާރް ރާއޯ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ބުނެ ފާޑުކިޔުން ބޮޑުވެއްޖެ

15 އެޕްރީލް 2024

ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރް ރާއޯ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާ އަށް ފާޑުކިޔުން ބޮޑުވެއްޖެ އެވެ.

ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރް ރާއޯ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާ އަށް ފާޑުކިޔުން ބޮޑުވެއްޖެ އެވެ.

މި ފާޑުކިޔުންތައް ފެށުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިންޑިއާގެ މުމްބާއީގައި ބޭއްވި ލަވަކިޔުންތެރިޔާ ދިލްޖިތު ދޮސާނީގެ ޝޯއެއްގައި ބައިވެރިވުމަށް ރާޖްކުމާރް ދިއުމުން ޕަޕަރާޒީން ނަގާފައިވާ އޭނާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވުމުންނެވެ. އޭނާގެ މޫނު މަތިން ވަރަށް ބޮޑު ބަދަލެއް ފެނެ އެވެ.

ޝޯޝަލް މީޑިއާގައި ބައެއް މީހުން ބުނި ގޮތުގައި، ރާޖްކުމާރް ދަތްދޮޅީގެ ކޮސްމެޓިކް ސާޖަރީއެއް ކޮށްފައިވާ ކަމަށް ބެލެވެ އެވެ.

ބައެއް މީހުން ވަނީ އޭނާގެ ކުރީގެ ފޮޓޯތަކާއި މި ފޮޓޯއިން ފެންނަ ތަފާތު އަޅާ ވެސް ކިޔައިފަ އެވެ.

"ސާޖަރީއަށް ފަހު ރާޖްކުމާރް ރާއޯ މިހާރު ހީވަނީ ފައިޓާ ފިލްމުގައި ވިލަން ރޯލު ކުޅުނު މީހާހެން،" އެކްސްގައި މީހަކު ބުންޏެވެ.

"މި ފޮޓޯ ފުރަތަމަ ފެނުނުތަނުން މީ އޭނާ ކަން ނުވެސް އެނގުނު،" އެހެން މީހަކު ބުންޏެވެ.

ރާޖްކުމާރް މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "މިސްޓާ އެންޑް މިސިޒް މާހީ" އަށެވެ. ޖާންވީ ކަޕޫރްއާ އެކު އޭނާ ލީޑު ރޯލު ކުޅޭ އެ ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ މަހު 31 ގަ އެވެ.