ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ. އެއާއެކު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ އެ ޕްރައިމަރީގައި ވާދަކުރާނެ ކަން ވެސް އިއުލާނުކުރައްވައިފަ އެވެ.
20 ޖުލައި 2023
ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ. އެއާއެކު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ އެ ޕްރައިމަރީގައި ވާދަކުރާނެ ކަން ވެސް އިއުލާނުކުރައްވައިފަ އެވެ.
އެ ޕާޓީން ކުރި އިއުލާނުގައި ބުނީ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ މީހުން، އެ މީހެއްގެ ވަނަވަރާއި އައިޑީކާޑުގެ ކޮޕީއާއެކު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެއަށްފަހު، އެ އިންތިހާބު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
އެ ޕާޓީން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު އާއްމުކުރާނެ ކަމަށާއި އެ ލިސްޓަށް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެ އިއުލާނަށްފަހު، އިލްޔާސް ކުރެއްވި ޓްވީޓުގައި ވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް އޭނާ ގަސްތުކުރައްވާތީ، މެމްބަރުންގެ ތާއީދަށް އެދިވަޑައިގެންފަ އެވެ.
ދަ ޑިމޮކްރެޓްސްގެ ލޮބުވެތި މެމްބަރުންނަށް
— ilyas labeeb ? (@ilyas_labeeb) July 20, 2023
2023ގެ ރިޔާސީ އިންތިޚާބުގައި މިޕާރޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް މާތްاللهގެ ވާގިފުޅާއެކު އަޅުގަނޑު ގަސްދުކުރާ ވާހަކަ ދެންނެވީމެވެ. މެންބަރުންގެ ތާއީދަށް އެދެމެވެ.
ޝުކުރިއްޔާ ?
އެމްޑީޕީ ދެފަޅިވެ، ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ އާ ޕާޓީއެއް އުފެއްދީ ވެސް ރިޔާސީ ޕްރައިމަރީއަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު އެވެ.
އެކަމަކު، މި ފަހުން ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި ނަޝީދު ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް އެ މަނިކުފާނުގެ ޝައުގެއް ނެތް ކަމަށެވެ.
ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާ އެކު، ގާސިމްގެ އިސްނެންގެވުމަށް ބޭއްވި ބައްދަލުވުމަށް ފަހު، ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އެ ޝައުގެއް ނެތް ކަމަށެވެ. "ނޫން، ނެތް" ޖޭޕީގެ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި، މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
މުއިއްޒާ ގުޅޭނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި
އިލްޔާސަށް ޔަގީން؛ މި އަންނަނީ ދައުވަތު ކާޑު ފޮނުވަން
ދެވަނަ ބުރަށް އިލްޔާސް ނުދާނެ ކަމުގެ އިއުތިރާފެއް!
ކޮމަން ކެންޑިޑޭޓަކީ އަޅުގަނޑަށް ނުވެއްޖަނަމަ ފަހަތަށް ޖެހޭނަން: އިލްޔާސް
ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ކުރިމަތިލީ އިލްޔާސް އެކަނި
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
"ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި"
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން
"އަޅުގަނޑު ވާދަ ކުރި ނަމަ އިންތިހާބު ކާމިޔާބު ވާނެ"
ޑިމޮކްރެޓުން ވެސް ނިންމީ ޕާޓީއަކަށް ތާއީދު ނުކުރަން