މި މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ވެރިކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ދައުވަތު ކާޑު ފޮނުއްވާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ރޭ ވިދާޅުވެއްޖެ އެވެ.
01 ސެޕްޓެމްބަރ 2023
މި މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ވެރިކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ދައުވަތު ކާޑު ފޮނުއްވާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ރޭ ވިދާޅުވެއްޖެ އެވެ.
ޕާޓީ ހަރުގެ، ހައުސް އޮފް ޑިމޮކްރެޓްސްގައި ބޭއްވި ޖަލްސާގައި އިލްޔާސް ވަނީ ރ. އަތޮޅަށް އެންމެ ފަހުން ކުރި ދަތުރުގައި އެކަން ޔަގީންވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ އަތޮޅަށް ވަޑައިގަތީ އެވަރުގެ ތަރުހީބެއް ލިބޭނެ ކަމަށް ނޫން ކަމަށެވެ. ނަމަވެސް އެ އަތޮޅުން ދިން މެސެޖަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް ހޯދަން ބޭނުންވެފައިވުން ކަމަށް ވިދާޅުވި އެވެ. އަދި އެއީ އިލްޔާސް ކަމަށް އެ އަތޮޅުން ދެކޭ ކަަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމުން އެއީ ބިލާހެއްގެ ގޮތުގައި ބުނެ ޖޯކެއްގެ ގޮތުގައި ބަޔަކު މީހުން ސިފަކުރި ނަމަވެސް، އިންތިހާބު ކާމިޔާބުކުރާނީ އެ ޕާޓީން ކަމަށެވެ.
"ބައްލަވާ މި އަންނަނީ ތިބޭފުޅުންނަށް ދައުވަތު ކާޑު ފޮނުވަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނެ. އިރާދަކުރެއްވިއްޔާ މި އަންނަ ފަސް އަހަރު އަޅުގަނޑުމެން ވައުދުވި ކަންކަން ފުއްދަދޭނަން، ތި ބޭފުޅުންގެ ހަޔާތް އެއީ އަބުރުވެރި ހަޔާތެއްގެ ގޮތުގައި ބިނާކޮށްދޭނަން،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވަނީ އެ ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްވެސް ދިވެއްސަކު ބާކީކޮށް ތަފާތު ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ލޫކަސް
ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިލްޔާސްގެ އެންމެ އިސް ވައުދަކީ ދަރަންޏަށް ނަޒަރު ބެހެއްޓުން ކަމަށާއި ދަރަނި އަލުން އެކުލަވާލައި އެ މައްސަލަ ހައްލުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މި ސަރުކާރުން ވީ އެންމެ ބޮޑު ހިޔާނާތަކީ ދަރަނި އަލުން އެކުލަވާނުލުން ކަމަށާއި 2026 ވަނަ އަހަރު އާމްދަނީއަށް ވުރެ މާ ބޮޑު އެއްޗެއް ދަރަންޏަށް ދައްކަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ ފައިސާ ދައުލަތުގައި ނެތް ކަމަށާއި އެހެން ގައުމަކުން ދައްކައިދިން ނަމަވެސް ދަރަނިން ސަލާމަތް ނުވެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާގައި ޕާޓީގެ ސަޕޯޓަރުން. -- ފޮޓޯ: ލޫކަސް
ނަޝީދު ވިދާޅުވީ އިލްޔާސްގެ ސަރުކާރެއްގައި ދަރަނީގެ މަދުވެގެން އެއް މިލިއަން ޑޮލަރު ތިމާވެއްޓާ ބަދަލުކުރައްވައި އެ ދަރަނި ފޫބައްދަވާނެ ކަމަށެވެ. އެ މަސައްކަތްކުރާ ބޭންކެއްގައި އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށާއި މިއީ ރާއްޖެއަށް އޮތް ފުރުސަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި ވެސް ދެންނެވި ކަމަށާއި ދައުލަތުގެ އެކި އިދާރާތަކާ ބައްދަލުކުރައްވައިގެން ވެސް އެކަން ނުކުރެއްވީތީ ދަރަނި އަދިވެސް އޮތީ އޮތް ގޮތަށް ކަމަށެވެ.
މުއިއްޒާ ގުޅޭނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި
ދެވަނަ ބުރަށް އިލްޔާސް ނުދާނެ ކަމުގެ އިއުތިރާފެއް!
ކޮމަން ކެންޑިޑޭޓަކީ އަޅުގަނޑަށް ނުވެއްޖަނަމަ ފަހަތަށް ޖެހޭނަން: އިލްޔާސް
ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ކުރިމަތިލީ އިލްޔާސް އެކަނި
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
"ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި"
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން
"އަޅުގަނޑު ވާދަ ކުރި ނަމަ އިންތިހާބު ކާމިޔާބު ވާނެ"
ޑިމޮކްރެޓުން ވެސް ނިންމީ ޕާޓީއަކަށް ތާއީދު ނުކުރަން