ދިވެހި ޕްރިމިއާ ލީގުގައި 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި މާޒިޔާއިން އަލަށް ބުރު ބަލިކޮށްފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި މާޒިޔާއިން އަލަށް ބުރު ބަލިކޮށްފި އެވެ.
މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗަކީ މާޒިޔާއިން ބުރާ ދެކޮޅަށް ނުކުތް ދެވަނަ މެޗެވެ. މި އަހަރުގެ ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްސް ކަޕްގައި ވާދަކޮށް ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ ބުރުން ވަނީ މާޒިޔާއާ ދެކޮޅަށް މޮޅުވެފަ އެވެ.
މިއަދުގެ މެޗުގައި މާޒިޔާއިން ލީޑް ނެގީ މެޗުގެ 33 ވަނަ މިނެޓްގައި ހަމްޒާ މުހައްމަދު (ހަމްޕް) ފޮނުވާލި ހިލޭ ޖެހުމުންނެވެ.
ބުރުގެ އޭރިއާގެ ރޮނގުމަތިން ކަހަލަގޮތަކަށް އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ސާއިފް، މާޒިޔާގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ފައުލު ކުރުމުން ދިން ހިލޭ ޖެހުމުން ހަމްޕް ވަނީ ބުރުގެ ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދައިލައިފަ އެވެ.
އޭގެ ކުރިން ވެސް ހަމްޕް އަށް ރަނގަޅު އެހެން ފުރުސަތެއް ލިބުނެ އެވެ. އޭނާ ފޮނުވާލި ބޯޅަ ބުރުގެ ކީޕަރު އަބްދުﷲ އަރުޝަން ދިފާއު ކުރި އެވެ.
މާޒިޔާގެ ދެވަނަ ލަނޑު ދެވަނަ ހާފުގައި ޖެހީ ހަންނަ އެވެ. އެ ލަނޑު ޖެހުމުގައި އެ ޓީމުގެ މިސްރުގެ ކުޅުންތެރިޔާ ހަލީލް ޖަމާލްގެ ހިއްސާ ބޮޑެވެ.
އޭރިއާގެ ބޭރުން ހަލީލް ހުރަސް ނަގައިދިން ބޯޅަ ބޭރުވާން ދަނިކޮށް، ނައިޒް ހަސަން (ދާދު) ވަނީ ބޯޅަ ބޭރުވުމުގެ ކުރިން ގޯލް ކުރިމައްޗަށް ބޯޅަ ހުރަސް ނަގައިދީފަ އެވެ. އޭރު ބުރުގެ ކީޕަރު އަރުޝަން އޮތީ ބޯޅަ ހޯދަން ގޯލް ދޫކޮށް ނުކުމެ އެވެ. ހަންނަ ބޮލުން ވައްދާލީ ހުހަށް އޮތް ގޯލަށެވެ.
ބުރު ކޮޅަށް ތިން ލަނޑު ޖަހައި މާޒިޔާއިން ފޯމުގައި
ލައިޓްތައް މައްސަލަޖެހި މާޒިޔާގެ މެޗަށް ހިޔަނި
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ނިއު ބަލިކޮށް މާޒިޔާއަށް ފުރަތަމަބުރުން ފުރިހަމަރެކޯޑެއް
ބުރު ވެސް ގަދަ ހަތަރެއްގެ ރޭހަށް ވާންކޮށްފި
ފަތޯ ލަނޑުޖަހައި މާޒިޔާ މޮޅުކޮށްދިނުމުގައި ހިއްސާ
ޓީސީއާ އެއްވަރުވެ ބުރަށް ހަތަރަކަށް ނޭރުނު!
ނިއު ކޮޅަށް ފުރަތަމަ ގޯލް، ޓީމު މޮޅުކޮށްދިނީ ހަންނަ
މާޒިޔާ އެއްވަނައިގައި ކުރިއަށް
ބުރާ ވާދަކޮށް އޮޑި އަލުން މޮޅުވުމުގެ ރޭހަށް!