Roadha Mihaaru
"ދަ މާވެލްސް"ގެ ޓްރެއިލާ ނެރެފި

"ދަ މާވެލްސް"ގެ ޓްރެއިލާ ނެރެފި

22 ޖުލައި 2023

މާވެލް ސްޓޫޑިއޯސް އިން އަންނަ ނޮވެމްބަރު މަހު 10 ގައި ރިލީޒްކުރާ ސުޕަހީރޯ ފިލްމު "ދަ މާވެލްސް"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

މާވެލް ސްޓޫޑިއޯސް އިން އަންނަ ނޮވެމްބަރު މަހު 10 ގައި ރިލީޒްކުރާ ސުޕަހީރޯ ފިލްމު "ދަ މާވެލްސް"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

ބްރީ ލާސަން، ޓެޔޯނާ ޕެރިސް އަދި އީމާން ވެލާނީ ލީޑުން ފެންނާނެ މި ފިލްމަކީ މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ 33 ވަނަ ފިލްމެވެ. އަދި މިއީ 2019 ވަނަ އަހަރު ގެނެސްދިން "ކެޕްޓަން މާވެލް"ގެ ސީކުއެލް އެވެ.

މި ފިލްމުގައި ނިކް ފިއުރީގެ ރޯލުން ސެމިއުލް ޖެކްސަން އަނެއްކާވެސް ފެންނާނެ އެވެ.

“ދަ މާވެލްސް” އަކީ މި އަހަރު ކުރީކޮޅު ނުކުތް "އެންޓް-މޭން އެންޑް ދަ ވާސްޕް: ކުއަންޓޫމަނިއާ" އާއި "ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" އަށް ފަހު ނުކުންނަ އެމްސީޔޫގެ ފަސްވަނަ ފޭސްގެ ތިންވަނަ ފިލްމެވެ.

މި ފިލްމު ޑައިރެކްޓުކުރީ ނިއާ ޑަކޯސްޓާ އެވެ.