25 ޖުލައި 2023
ހުޅުމާލޭގައި މަގުމަތި ބަލަހައްޓަން ތިބި ފުލުހުން ރޭ މަޑުކުރަން އެންގުމުން، އޭނާ މަޑުނުކުރައްވައި، ނުކިޔަމަންތެރިކަން ދެއްކި ކަމަށް ފުލުހުން ބުނާ ވާހަކަތައް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މިއަދު ދޮގުކުރައްވައިފި އެވެ.
ހުޅުމާލޭގައި މަގުމަތި ބަލަހައްޓަން ތިބި ފުލުހުން ރޭ މަޑުކުރަން އެންގުމުން، އޭނާ މަޑުނުކުރައްވައި، ނުކިޔަމަންތެރިކަން ދެއްކި ކަމަށް ފުލުހުން ބުނާ ވާހަކަތައް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މިއަދު ދޮގުކުރައްވައިފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އާމިރު ބޭއްވި މީޑިއާ ބްރީފިންއެއްގައި އާމިރު ފުލުހުންގެ ވާހަކަތައް ދޮގުކުރެއްވީ ރޭ ދަންވަރު ސައިކަލުގައި އިންނަވަނިކޮށް، ބާރުގެ ބޭނުންކޮށްގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ. ދެ ފުލުހަކު ވެގެން އޭނާ ހުއްޓުވަން އުޅުމުން އަނިޔާ ނުކުރާށޭ އާމިރު ވިދާޅުވާ އަޑު އެ ވީޑިއޯ އިން އިވެ އެވެ. ފުލުހުން ބުނީ، ހުޅުމާލެ 2 ގައި މެންދަމު 1:00 ހާއިރު، ޗެކް ޕޮއިންޓް ޖަހައިގެން ފުލުހުން އުޅަނދުތައް ޗެކް ކުރަމުން ދިޔައިރު، އެ ސަރަހައްދުން ދުއްވާފައިވާ ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން، ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ދިއުމުން، ފުލުހުން ފަހަތުން ގޮސް ހުއްޓުވީ ކަމަށެވެ.
ނަމަވެސް އާމިރު ވިދާޅުވީ ޗެކްޕޮއިންޓަށް ހުއްޓަން ފުލުހުން ނުބުނެ އެވެ.
"ފަހަތުން އައިސް [ފުލުހުން] މަޑުކުރުވިއިރު ވީ ނުރުހުމެއް ނޯންނާނެ އަދި ބޭނުން ކުރި ހުތުރު ބަހެއް ނޯންނާނެ. ނުރުހުމަކާ ނުލައި އަނިޔާ ކުރަން ފެށީމާ އަޅުގަނޑު ބުނިން އަނިޔާ ނުކުރާށޭ،" ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވި ގޮތުގައި، ފުލުހުން އޭނާ ހުއްޓުވައި އަމަލު ކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހުނު ސަބަބު ވެސް އެނގިވަޑައިގަތީ ގެންދިޔަ ފަހުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ކައިރިއަށް އައިސް ހުއްޓާފައި މަޑުކުރަން ބުނީމާ އަޅުގަނޑު ބުނީ ކޮން ކަމަކާ ހޭ މަޑުކުރަންވީ؟ ކޮބައިހޭ ކުށަކީ؟ ބުނީމާ ބުނީ މަޑުކުރާށޭ އެއް ނޫންހޭ މި ބުނީ، ބުނެފައި ކުއްލިއަކަށް ކުރިމައްޗަށް އަރާފައި ސައިކަލު މަޑުކޮށްފައި ހިފެހެއްޓީ،" އާމިރު ވިދާޅުވި އެވެ.
އެ ވަގުތު ފުލުހުން ތަންފީޒުކުރަން ޖެހޭ ހަމައެކަނި ގާނޫނަކީ ޓްރެފިކް ގާނޫނު އެކަނިތޯ ސުވާލު ކުރެއްވި ކަމަށާއި ފުލުހުންގެ އޮފިސަރުން ނުރުހުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއްވެސް ކަހަލަ ހުތުރު ބަހެއް އެވަގުތު ބޭނުން ކޮށްފައިވާ ނަމަ ފުލުހުންގެ ބޮޑީ ކެމެރާ އަށް އެކަން ރެކޯޑް ވާނެ ކަމަށާއި އެ ރެކޯޑިން އާންމު ކުރުމަށް ވެސް އޭނާ ފުލުހުންނަށް ގޮވާލެއްވި އެވެ.
އާމިރު ވިދާޅުވީ، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އޭނާ އަށް އަނިޔާކުރި ފުލުހުންގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށެވެ.
އާމިރަށް ކުރަނީ ސައިކަލު މަޑުނުކޮށް ދާން އުޅުނުކަމުގެ ތުހުމަތު
މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރުމުން ކުށްވެރިކޮށްފި
ރުހުން ނެތީސް، މީހެއްގެ ޕޯސްޓްމޯޓަމް ހެދިދާނެތަ؟
ރަޝީދުގެ މަރު: ޖޮއިންޓް ތަހުގީގެއް ހިންގަނީ ކީއްވެ؟
ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން މިރޭ ފަތިހު ފުރުވައިލަނީ
ރަޝީދުގެ ޕޯސްޓްމޯޓަމް ހުއްޓުވުމުގެ އަމުރެއް ނުދިން
ރަޝީދުގެ ހަށިގަނޑު ހޯމަ ދުވަހު ބޭރަށް ގެންދަނީ
ޕޯސްޓްމޯޓަމް ހެދިއްޔާ ހަށިގަނޑާ ހަވާލުނުވާނަން: އާއިލާ
ވީޑިއޯކުރާތީ ފުލުހަކު ޖެހީ ޓޭލާ ސްވިފްޓްގެ ލަވައެއް
ސައިކަލުން ވެއްޓި މެންބަރު އާމިރު ޒަހަމްވެއްޖެ