Roadha Mihaaru
ހުޅުމާލެ 2 ގައި ދިރާގުގެ ޕާޓްނާ ފިހާރައެއް!

ހުޅުމާލެ 2 ގައި ދިރާގުގެ ޕާޓްނާ ފިހާރައެއް!

30 ޖުލައި 2024

ދިރާގުން ހުޅުމާލޭ 2 ގެ ހިޔާ ފްލެޓުގައި ހުންނަ އޯއޭއެސް މޯލްޑިވްސްގެ ފިހާރައާ އެކު ޕާޓްނާޝިޕެއް ގާއިމްކޮށް، އެ ކުންފުނީގެ ހިދުމަތްތައް އެ ފިހާރައިން ދޭން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގުން ހުޅުމާލޭ 2 ގެ ހިޔާ ފްލެޓުގައި ހުންނަ އޯއޭއެސް މޯލްޑިވްސްގެ ފިހާރައާ އެކު ޕާޓްނާޝިޕެއް ގާއިމްކޮށް، އެ ކުންފުނީގެ ހިދުމަތްތައް އެ ފިހާރައިން ދޭން ފަށައިފި އެވެ.

ހިޔާ ފްލެޓުގެ 5 ޓަވަރު (އެޗް5-ޖީ-01)ގައި ހުންނަ އޯއޭސެސް މޯލްޑިވްސް ފިހާރައިން ދިރާގުގެ ޕާޓްނާ ފިހާރަތަކުން ލިބެން ހުންނަ ހުރިހާ ހިދުމަތްތަކެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތުގެ ބިލު ދެއްކުމާއި ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާއި މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑު ގަތުމާއި ޕްރީޕެއިޑް ޕްލޭންތަކުގެ ރީޗާޖު ހިދުމަތާއި ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަން ނެގުން ފަދަ ހިދުމަތްތައް ލިބޭނެ އެވެ.

ދިރާގުން ބުނީ މި ޕާޓްނާ ފިހާރައާ އެކު، ހުޅުމާލެ 2 ގައި ދިރިއުޅޭ ކަސްޓަމަރުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކު ދިރާގުގެ ހިދުމަތްތައް އެ ފިހާރައިން ލިބެން ހުންނާނެ ކަމަށް ދިރާގުން ބުނެ އެވެ.