Roadha Mihaaru
ފުވައްމުލަކުން ރަނގަޅު އިޖާބައެއް ދޭނެ: ފައިސަލް

ފައިސަލްގެ ޔަގީންކަން ރައީސަށް: ފުވައްމުލަކު މީހުން ފުރިހަމަ އިޖާބައެއް ދޭން

31 ޖުލައި 2023

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށްޓަކައި ފުވައްމުލަކު މީހުން ފުރިހަމަ އިޖާބައެއް ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ކުރިއަށް އޮތީ ހިނިތުންވުމާ އެކު އުޅެވޭނެ "ރަންޒަމާން" ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ ފުވައްމުލަކުން އައިޝަތު ނުޒުހާ

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށްޓަކައި ފުވައްމުލަކު މީހުން ފުރިހަމަ އިޖާބައެއް ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ކުރިއަށް އޮތީ ހިނިތުންވުމާ އެކު އުޅެވޭނެ "ރަންޒަމާން" ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކަށް އުފަން ފައިސަލް އެހެން ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާގަ އެވެ.

"ތިޔަ ބޭފުޅުން މި މަސައްކަތް ކުރެއްވުމަކީ މަގޭ ހަމަ އެންމެ ބޮނޑަ އެދުން. ތިޔަބޭފުޅުންނަށް ވެސް ހެޔޮއެދޭ ފައިސަލް ނަސީމް ތާއަބަށް، ކޮންމެ ދުވަހަކި ކޮންމެ ދުވަހަކި ތިޔޭބެފުޅުންނަށް ދަންނަވަނި އޮތީ މި މަސައްކަތާއިގެން ހަމަ ބާރަށް އިތިރަށް މަސައްކަތް މެކުހާ ޖަހަންނައް،" ފުވައްމުލަކުގެ ބަހުން ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދެވަނަ ދައުރުގައި ވެސް ރަނިންމޭޓަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ފައިސަލް ވަނީ ފާޅުކުރައްވައިފަ އެވެ. އެކަމަކު، ރިޔާސީ އިންތިހާބުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ ސުންގަޑި އަންނަ މަހުގެ ހަތްވަނަ ދުވަހު ހަމަވާއިރު ރައީސް އަދި ވަކި ގޮތެއް ނުނިންމަވަ އެވެ.

ތިޔަ ބޭފުޅުން މި މަސައްކަތް ކުރެއްވުމަކީ މަގޭ ހަމަ އެންމެ ބޮނޑަ އެދުން. ތިޔަބޭފުޅުންނަށް ވެސް ހެޔޮއެދޭ ފައިސަލް ނަސީމް ތާއަބަށް، ކޮންމެ ދުވަހަކި ކޮންމެ ދުވަހަކި ތިޔޭބެފުޅުންނަށް ދަންނަވަނި އޮތީ މި މަސައްކަތާއިގެން ހަމަ ބާރަށް އިތިރަށް މަސައްކަތް މެކުހާ ޖަހަންނައް،"--- ފައިސަލް

ރޭގެ ޖަލްސާގައި ފައިސަލް ވިދާޅުވީ، އަމާންކަން ގާއިމްކޮށް، ތަރައްގީ އާއި ހަމަހަމަކަމާއި އެހެން ކަންކަން ވެސް ހާސިލް ކުރެވޭނެ ހަމައެކަނި ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ހޮވިގެން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ އުތުރުން ތުރާކުނުން ފެށިގެން އައްޑުއާ ހަމައަށް ބެލިޔަސް ފެންނަން އޮތީ މި ސަރުކާރުގެ ތަރައްގީ ކަމަށެވެ.

ނައިބު ރައީސް އުފަން ރަށް، ފުވައްމުލަކުގައި ރޭ ވާހަކަފުޅު ދައްކަވަނީ؛ ރަށު ބަހުން ވާހަކަދައްކަވަމުން ފައިސަލް ވަނީ ރައީސަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައި-- ފޮޓޯ: އެމްޑީޕީ

ނައިބު ރައީސް އުފަން ރަށް، ފުވައްމުލަކުގައި ރޭ ވާހަކަފުޅު ދައްކަވަނީ؛ ރަށު ބަހުން ވާހަކަދައްކަވަމުން ފައިސަލް ވަނީ ރައީސަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައި-- ފޮޓޯ: އެމްޑީޕީ

""ބޭނުންވާ ކަންކަން ކޮށްދެމުން، ބަނދަރު، ފެނާއި ނަރުދަމާ ގޮނޑުދޮށް ހިމާޔަތް ކުރުން، ނަރުދަމާ، ފެނާއި ނަރުދަމާ، ޓްރާންސްޕޯޓު ނެޓްވޯކް، ދެން ކޮންކަމަކާތޯ އަޅުގަނޑުމެން އެހެން ދިމާލަކަށް އެހެން މީހަކު ހޯދަން މާ މޮޅު ގޮތެއް ހޯދަން މި އުޅެނީ،" ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓެސްޓު ކުރެވިއްޖެ ކަމަށާއި އެއީ "ޕްރޫވެން ޕްރޮޑަކްޓް" އެއް ކަމަށެވެ. ހަމައެކަނި ފުވައްމުލަކަށް މި ފަސް އަހަރު މި ސަރުކާރުން ކޮށްދިން ކަންތައްތަކުގެ އަދަދު ވެސް އެއް ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އިންޖީނުގެ އިން ކަރަންޓް ކެނޭނެހެދީ ގުޅަންނަ ވަރުން ރެއިގަނޑި ނިނިދެއި. މެމްބަރުންނާއި މޭޔަރު އާއި ކައުންސިލަރުންނާއި އަދި މި އިންޖީނުގެ ހިނގުވާ ފަރާތްތަކުން ގުޅާވަރުން ނިނިދެއި. ދެހާސް ނަވާރައި އެސް ގިނަ ރެއިރެއި ނިނިދެއި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެމްބަރު 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފުވައްމުލަކުގެ ކަރަންޓުގެ ހާލަތު އޮތް ކިޔައި ދެއްވަމުން ފައިސަލް ވިދާޅުވި އެވެ.

ނަމަވެސް އެ މަނިކުފާނު ވިދާޅުވި ގޮތުގައި ފުވައްލަކުގައި މިހާރު ވަނީ ހައި ވޮލްޓޭޖް ކަރަންޓް ކޭބަލް އަޅައިފަ އެވެ. އާ ޓްރާންސްފޯމަރު ބަހައްޓައި "އެތައް އިންޖީނެއް" މި ރަށަށް މި ސަރުކާރުން މިހާރު ގެނެސްފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެއާ އެކު، މާ ސިންގާ އިންޖީނުގެއެއް އިމާރާތްކޮށް ކަރަންޓުގެ މުޅި ނިޒާމު މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ކަހަލަ ކިތަންމި ކަމެއް،" ނައިބު ރައީސް ވިދާޅުވި އެވެ

ފައިސަލް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ދުވަހަކު ވެސް މި ގައުމު ނުދެކޭ ފަދަ ކެތްތެރި ބޭފުޅެއް ކަމަށެވެ

"ރައީސް، އަޅުގަނޑު [ވާހަކަ] ނިންމާލަމުން ދަންނަވަން އޮތީ އަޅުގަނޑުމެން މި ތިބީ، ފުވައްމުލަކު ރައްޔިތުން މި ތިބީ މަނިކުފާނުގެ ފަހަތްޕުޅުގައޭ. ފަސް އަހަރު މި ދިޔައީ އެ ގޮތަށް. އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކު އިރާދަކުރެއްވިއްޔާ ކުރަންޖެހޭ ހަމަ ކޮންމެ މަސައްކަތެއް މަނިކުފާނާ އެކު އުތުރުން ދެކުނަށް ގަދަ ކަނޑެއްގައި ވިޔަސް މަޑު ކަނޑެއްގައި ވިޔަސް ކޮންމެ ގޮތަކަށް ވިޔަސް ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށް، ދިވެހިންނަށް ބޭނުންވާ ތަރައްގީ އާއި ހަމަޖެހުން ހޯދައި ދިނުމުގެ މަސައްކަތް ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން،" ޔަގީންކަމާ އެކު ފައިސަލް ވިދާޅުވި އެވެ.