Roadha Mihaaru
"ލޯކީ"ގެ ދެވަނަ ސީޒަންގެ ޓްރެއިލާ ނެރެފި

"ލޯކީ"ގެ ދެވަނަ ސީޒަންގެ ޓްރެއިލާ ނެރެފި

01 އޯގަސްޓް 2023

މާވެލް ސްޓޫޑިއޯސްގެ "ލޯކީ"ގެ ދެވަނަ ސީޒަން ޓްރެއިލާ އިއްޔެ ނެރެފި އެވެ.

މާވެލް ސްޓޫޑިއޯސްގެ "ލޯކީ"ގެ ދެވަނަ ސީޒަން ޓްރެއިލާ އިއްޔެ ނެރެފި އެވެ.

ޑިޒްނީ ޕްލަސް އިން ގެނެސްދޭ މި ސީރީޒްގައި ލީޑު ރޯލު ކުޅެނީ އިނގިރޭސި އެކްޓަރު، ޓޮމް ހިޑްލްސަން އެވެ. އޭނާ އަކީ މާވެލްގެ ފިލްމުތަކުގައި ލޯކީގެ ކެރެކްޓާ ކުޅޭ އެކްޓަރެވެ.

ފުރަތަމަ ސީޒަންގައި ވެސް ފެނުނު އެކްޓަރުންނާ އަދި ބައެއް އާ އެކްޓަރުން ވެސް އާ ސީޒަންގެ ކާސްޓުގައި ހިމެނެ އެވެ. ފުރަތަމަ ސީޒަންގައި މޮބިއަސްގެ ރޯލު ކުޅުނު އޯވެން ވިލްސަން، ހަމަ އެ ރޯލުން މި ސީޒަންގައި ވެސް ފެންނާނެ އެވެ.

ސީރީޒްއާ އަލަށް ގުޅުނު ތަރިންގެ ތެރޭގައި މިދިޔަ އަހަރު ނުކުތް ފިލްމު "އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް" އިން އޮސްކާ ހޯދި އެކްޓަރު، ކީ އީ ކުއާން އާއި "ގޭމް އޮފް ތުރޯންސް"ގެ އެކްޓްރެސް، ކޭޓް ޑިކީ ހިމެނެ އެވެ.

ފުރަތަމަ ސީޒަންއާ އެއްގޮތަށް މި ސީޒަންގައި ވެސް ގެނެސްދެނީ ހަ އެޕިސޯޑެވެ.

އާ ސިޒަން ސްޓްރީމް ކުރަން ފަށަނީ އަންނަ އޮކްޓޯބަރު މަހު ހައެއްގަ އެވެ.