02 އޯގަސްޓް 2023
މި އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ނިންމަވާފައި ނިންމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބަދަލު ކުރައްވަން އުޅުއްވާ ކަމަށް ބުނެ މަރުގެ އިންޒާރު ދީ، ރާއްޖެ އިން ބޭރުގެ ނަމްބަރަކުން މިރޭ ފޮނުވި މެސެޖެއްގެ މައްސަލަ މުއިއްޒު ފުލުސް އޮފީހަށް ހުށަހަޅުއްވައިފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ނިންމަވާފައި ނިންމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބަދަލު ކުރައްވަން އުޅުއްވާ ކަމަށް ބުނެ މަރުގެ އިންޒާރު ދީ، ރާއްޖެ އިން ބޭރުގެ ނަމްބަރަކުން މިރޭ ފޮނުވި މެސެޖެއްގެ މައްސަލަ މުއިއްޒު ފުލުސް އޮފީހަށް ހުށަހަޅުއްވައިފި އެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ މުއިއްޒަށް މަރުގެ އިންޒާރު ދީ، އެ މެސެޖު ފޮނުވީ ތައިލެންޑްގެ ނަމްބަރަކުން ކަމަށް އޭނާ "މިހާރު" އަށް ވިދާޅުވި އެވެ. މެސެޖް ފޮނުވާފައި އޮތީ މުއިއްޒު ވިދާޅުވި ގޮތުގައި އަނބިކަނބަލުންގެ ފޯނަށެވެ.
މުއިއްޒަށް އިންޒާރުދީ، އޭނާގެ އަނބިކަނބަލުންނަށް ތައިލެންޑްގެ ނަމްބަރަކުން ފޮނުވި މެސެޖް
އެ މެސެޖުގައި މައިގަނޑު ގޮތެއްގައި ބުނެފައި އޮތީ، ޔާމީންގެ ނިންމުން ބަދަލުކުރަން މުއިއްޒު އެއްވެސް ވަރަކަށް ވިސްނަވައިގެން ނުވާނެ ކަމަށާއި ޔާމީންގެ ނިންމެވުމަކީ ފަހުގެ ނިންމެވުން ކަމަށެވެ. އަދި ޔާމީންގެ ރަނިންމޭޓަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކަށް ވާނީ ވެސް ޑރ. ޖަމީލް ކަމަށް މެސެޖުގައި އޮތެވެ. އަދި ޕްލޭން ބީ އާއި އާއި އަދި ސީ އަކަށް ވެސް ވާނީ މެސެޖުގައި ބުނެފައިވާ ގޮތުން ޔާމީންގެ ނިންމެވުމެވެ.
މުއިއްޒަށް އިންޒާރުދީ، އޭނާގެ އަނބިކަނބަލުންނަށް ތައިލެންޑްގެ ނަމްބަރަކުން ފޮނުވި މެސެޖް
ޕީޕީއެމްގެ ލީޑަޝިޕްގައި ވެސް ހިމެނޭ މުއިއްޒަށް މެސެޖުގައި ދެން އިންޒާރު ދީފައި އޮތީ ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތުގައި ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ލިސްޓުގައި މުއިއްޒުގެ ނަން ވެސް ހިމެނެ އެވެ. އެކަމަކު، އެ ކަމާ ގުޅޭ ގޮތުން މިހާތަނަށް ފާޅުގައި ވާހަކައެއް ނުދައްކަވަ އެވެ. ފާޅުގައި ކެމްޕެއިން ނުކުރެއްވި ނަމަވެސް ޕީޕީއެމްގެ ސެނެޓްގެ ގިނަ ބައެއްގެ ތާއީދު މުއިއްޒަށް އޮތް ކަމުގެ އަޑު ފެތުރިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.
މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ، ވަފާތެރިކަމާ އެކު ދެމިހުންނަވާނީ ޔާމީނާ އެކުގައި ކަމަށާއި އެ މަނިކުފާނަށް ބޭވަފާތެރިވުމުގެ ވިސްނުމެއް އެއްއިރަކު ވެސް ނުގެންގުޅުއްވާ ކަމަށެވެ.
މުއިއްޒުގެ އިތުރުން އެހެން ބައެއް ބޭފުޅުން ވެސް، ޔާމީނަށް ފުރުސަތު ގެއްލޭ ހާލަތުގައި ވެރިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ އަޑު ވަނީ ގަދަވެފަ އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް ކަނޑައެޅި ނަމަވެސް އެ މަނިކުފާނުގެ ގާނޫނީ ޝަރުތެއް އުނިވުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ކެންޑިޑެސީ ފޯމު ބަލައިނުގަނެފަ އެވެ. ޔާމީންގެ ރަނިންމޭޓަކަށް ކަނޑައެޅީ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލެވެ. އެކަމަކު، ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމާ ގުޅިގެން ދެން ހުށަހަޅުއްވާނެ ނަމަކާ މެދު އަދި ގޮތެއް ނުނިންމަވަ އެވެ.
ޕީއެންސީގެ ފަރާތުން ވެސް ނަމެއް ކަނޑައަޅައި ދިނުމަށް، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން އެދިވަޑައިގެންފައި ވިޔަސް އެ ނަމާ މެދު ވެސް ގޮތެއް ނިންމުމުގެ ބާރު ޕީޕީއެމްގެ ލީޑަޝިޕުން ދީފައި އޮތީ ޔާމީނަށެވެ.
ނަމަވެސް ޕީޕީއެމްގެ ސެނެޓްގައި އެ ކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް މިހާތަނަށް ނުކުރާތީ އެ ކަންބޮޑުވުން މިހާރު ވަނީ އިތުރު ވާން ފަށައިފަ އެވެ. ރޭ ވެސް ސެނެޓްގެ ވަޓްސްއެޕް ގުރޫޕްގައި އެ މައްސަލާގައި ހޫނު ޒުވާބެއް ހިނގި އެވެ. ޕީޕީއެމްގެ ލީޑަޝިޕްގައި ނުހިމެނޭ ބޭފުޅުންގެ ވިސްނުމުގައި ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތުގައި ގޮތް ނިންމަން ވާނީ ސެނެޓްގައި މަޝްވަރާ އަށް ފަހު އެވެ.
ފުލުހުންނާއި ސިފައިންގެ ވޯޓަށް ހުރަސްއަޅާކަމުގެ ތުހުމަތު
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
އަޅުގަނޑަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި:މުއިއްޒު
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން