Roadha Mihaaru
ގެލެކްސީ ޒެޑް ފޯލްޑް5 އަށް ދިރާގުން ޕްރީއޯޑާ ކުރެވޭނެ

ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ޒެޑް ފްލިޕް5 އަށް ދިރާގުން ޕްރީ އޯޑާ ކުރެވޭނެ

02 އޯގަސްޓް 2023

ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ ޒެޑް ފޯލްޑް5 އަދި ގެލެކްސީ ޒެޑް ފްލިޕް5 އަށް ޕްރީ އޯޑާކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ ޒެޑް ފޯލްޑް5 އަދި ގެލެކްސީ ޒެޑް ފްލިޕް5 އަށް ޕްރީ އޯޑާކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ އެ ކުންފުނިން ފޯނު ޕްރީ އޯޑަރުކުރާ ކަސްޓަމަރުންނަށް ކޮންމެ ފޯނަކާ އެކު ހިލޭ ގެލެކްސީ ވޮޗް6 ކްލަސިކްއެއް ލިބޭނެ ކަމަށެވެ. އަދި ޕްރީ އޯޑަރުކޮށްގެން ފޯނު ގަންނަ ދިރާގު ކަސްޓަމަރުންނަށް ހަ މަސް ދުވަހުގެ ހިލޭ ބޯނަސް ޑޭޓާ ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ. ބޯނަސް ޑޭޓާގެ ގޮތުގައި ކަސްޓަމަރަށް މަހަކު 10 ޖީބީ ލިބޭނެ އެވެ.

ސެމްސަންގުގެ މި ދެ ފޯނަކީ ދިރާގު 5ޖީ ނެޓްވޯކަށް ސަޕޯޓްކުރާ އަދި އީ-ސިމް ވެސް ބޭނުންކުރެވޭ ދެ ފޯނެވެ.

ތަފާތު ފޯލްޑަބަލް ޑިޒައިނާ އެކު، މި ފޯނުތަކުން ސްމާޓްފޯނާއި ޓެބްލެޓް މޯޑާ ދެމެދު ފަސޭހަކަމާ އެކު ބަދަލުކުރެވޭނެ އެވެ. އަދި މިއީ އެންމެ ފަހުގެ ޒަމާނީ ޕްރޮސެސަރާއި ބޮޑު ރެމްއެއް ހިމެނޭ ގޭމިން، ސްޓްރީމިން އަދި މަލްޓި-ޓާސްކުކޮށް އެކި މަސައްކަތްތައް ފަސޭހައިން ކުރެވޭގޮތަށް ޑިޒައިންކޮށްފައިވާ ފޯނެކެވެ.

ދިރާގު ވެބްސައިޓު މެދުވެރިކޮށް މިހާރު ފޯނަށް ޕްރީ އޯޑަރު ދެވޭނެ އެވެ.