Roadha Mihaaru
ދިރާގުން ގެލެކްސީ ނޯޓް 9 މާދަމާ ރޭ ތައާރަފްކުރަނީ

ދިރާގުން ގެލެކްސީ ނޯޓް 9 މާދަމާ ރޭ ރަސްމީކޮށް ރާއްޖެއަށް ތައާރަފްކުރަނީ

30 އޯގަސްޓް 2018

ސެމްސަންގްގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ ނޯޓް 9 ރާއްޖޭގައި މާދަމާ ރޭ ރަސްމީކޮށް ތައާރަފްކޮށް، ވިއްކަން ފަށާ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.

ސެމްސަންގްގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ ނޯޓް 9 ރާއްޖޭގައި މާދަމާ ރޭ ރަސްމީކޮށް ތައާރަފްކޮށް، ވިއްކަން ފަށާ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ، އެ ފޯނު ރަސްމީކޮށް ވިއްކަން ފެށުމަށްޓަކައި އެ ކުންފުނީގެ މައި އޮފީހުގައި ބާއްވާ ހާއްސަ ހަފުލާގައި، ފޯނު ގަންނަން އޯޑަރު ދިން ކަސްޓަމަރުންނަށް ފޯނު ހަވާލުކުރުން އޮންނާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުން، ގެލެކްސީ ނޯޓް 9 ގަންނަން އޯޑަރު ދިން ކަސްޓަމަރުންނަށް އަންނަ ހަފުތާއިން ފެށިގެން، އެ ކަސްޓަމަރަކާ އެންމެ ގާތް ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރަކުން ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނި ގޮތުގައި ބާޒާރަށް ނުކުންނަ އެންމެ ފަހުގެ ފްލޭގްޝިޕް ފޯނުތައް، އެންމެ ފުޅާދާއިރާއެއްގައި ރާއްޖެއަށް ތައާރަފުކޮށް، އެންމެ ލުއި ފަސޭހަ އިންސްޓޯލްމެންޓް ޕްލޭންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެނީ އެ ކުންފުނިންނެވެ.

"އެހެން ކަމުން މި ފަހަރު ވެސް ދިރާގު މެދުވެރިކޮށް ނޯޓް 9 ނެންގެވި ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހެއްގައި ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެ. އަދި މީގެ އިތުރުން އޭކޭޖީ ބްރޭންޑްގެ ބްލޫޓޫތް ސްޕީކަރެއް ވެސް ޕްރީ އޯޑާ ކުރެއްވި ކަސްޓަމަރުންނަށް ލިބިގެން ދާނެ،" ދިރާގުން ބުންޏެވެ.

ސެމްސަންގް ގެ އެންމެ ފަހުގެ ފޯނު އަމިއްލަ އަށް ޓެސްޓް ކުރުމުގެ އިންތިޒާމު މިހާރު ވެސް ދިރާގުގެ މައި އޮފީހުގެ އެކްސްޕީރިއަންސް ސެންޓަރުގައި ވަނީ ހަމަޖައްސައިފަ އެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓަރެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާ ގުޅިގެން އަންނަނީ ރާއްޖޭގައި ސެމްސަންގްގެ ފޯނުތައް ރަސްމީކޮށް ތައާރަފުކޮށް ވިއްކަމުންނެވެ.