Roadha Mihaaru
ދިރާގުން ގެލެކްސީ އެސް 21 ޕްރީއޯޑަރަށް ހުޅުވާލައިފި

ދިރާގުން ގެލެކްސީ އެސް 21 ފޯނުތައް ޕްރީއޯޑަރަށް ހުޅުވާލައިފި

21 ޖެނުއަރީ 2021

ދިރާގުން ސެމްސަންގް ގެލެކްސީ އެސް 21 5ޖީ ސީރީޒްގެ ފޯނުތައް ޕްރީ އޯޑަރަށް މިއަދު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގުން ސެމްސަންގް ގެލެކްސީ އެސް 21 5ޖީ ސީރީޒްގެ ފޯނުތައް ޕްރީ އޯޑަރަށް މިއަދު ހުޅުވާލައިފި އެވެ.

ދިރާގުން ވަނީ އެ ކުންފުނި މެދުވެރިކޮށް، ޕްރީއޯޑަރު ކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިހާރު ފަށައިފަ އެވެ. މި ޕްރޮމޯޝަނުގައި، އެ ކުންފުނި މެދުވެރިކޮށް ޕްރީއޯޑަރު ކުރާ ކޮންމެ ފޯނަކަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހަކު 10 ޖީބީގެ ހިލޭ ޑޭޓާ ލިބޭނެ އެވެ.

ކޮންމެ އެސް 21 އަދި އެސް 21 ޕްލަސް ފޯނަކާ އެކު ސްމާޓް ޓެގަކާއި "ގެލެކްސީ ފިޓް 2" ފިޓްނަސް ބޭންޑެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. ޕްރީއޯޑަރު ކުރާ ކޮންމެ ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާއަކާ އެކު ސްމާޓް ޓެގެއްގެ އިތުރުން ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެއް މުޅިން ހިލޭ ލިބޭނެ އެވެ.

ސެމްސަންގެ މި ސީރީޒަކީ 5ޖީ ނެޓްވޯކުގެ ފޯނަކަށް ވާއިރު، ފޯނުތަކުގައި ދިރާގުގެ 5ޖީ ސިމާއި އީ-ސިމް ބޭނުން ކުރެވޭނެ އެވެ.

ސެމްސަންގުން ބުނެފައިވާ ގޮތުގައި ގެލެކްސީ އެސް 21 ޕްލަސް ސީރީޒަކީ ފޮޓޯ އާއި ވީޑިއޯ ނެގުމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ފޯނުތަކެވެ. މި ފޯނުތަކުގައި 8ކޭ ރިޒޮލިއުޝަންގެ ވީޑިއޯ ނެގޭއިރު ވީޑިއޯ ނަގަމުން ފޮޓޯ ވެސް ނެގޭނެ އެވެ.

ޕްރީއޯޑާ އަގުތައް:

- ސެމްސަންގް ގެލެކްސީ އެސް 21: 18،559ރ.

- ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް، 256ޖީބީ: 23،199ރ.

- ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ، 256ޖީބީ: 27،859ރ.