ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖޫރިމަނާގެ ފައިސާ މުއްދަތުގައި ދައްކާފައިނުވާތީ، އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
07 އޯގަސްޓް 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖޫރިމަނާގެ ފައިސާ މުއްދަތުގައި ދައްކާފައިނުވާތީ، އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މަނީ ލޯންޑްރިން ހިންގުމާއި ރިޝްވަތު ގަބޫލުކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރު، ހަ މަސް ދުވަހުގެ ތެރޭ ދައްކަން ޔާމީންގެ މައްޗަށް އަމުރުކޮށްފައި އޮތެވެ. ޔާމީންގެ މައްޗަށް އެ ހުކުމް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ކަމަށްވާއިރު މިދިޔަ ޖޫން މަހުގެ ނިޔަލަށް ވަނީ މުއްދަތު ހަމަވެފަ އެވެ.
ނަމަވެސް، މުއްދަތުގައި ޔާމީން ފައިސާ ދައްކަވާފައިނުވާއިރު އެ ފައިސާ ދައްކަން މީރާއިން މިހާތަނަށް އަންގާފައިނުވާ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ހުކުމްގެ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީ އާއި މީރާއިން އެ ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވުމުން ވެސް އެކަން ކޮށްފައިނުވާތީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގެ 363 ވަނަ މާއްދާގައިވާ ގޮތުން ކްރިމިނަލް ކޯޓުން ކުރާ ހުކުމްތަކުގައި ހިމެނޭ މަދަނީ ބައި ތަންފީޒުކުރުމުގެ އިހްތިސޯސް ސިވިލް ކޯޓަށް އޮވެ އެވެ.
މީރާއިން ނޯޓިސް ފޮނުވާފައި ނެތް ކަމަށް ޔާމީން ވިދާޅުވިޔަސް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމް ވަނީ ޖޫރިމަނާގެ ފައިސާ ދެއްކުމަށް މީރާއިން އަންގާފައިވާ ކަމުގެ ލިޔުމެއް އޮތްކަން ހާމަކޮށްފަ އެވެ. އެ ލިޔުމުގެ ނަންބަރާ އެކު ފަނޑިޔާރު ވިދާޅުވީ، ޖޫރިމަނާ އަށް ހަ މަސް ދުވަހުގެ މުއްދަތު ހަމަވެފައިވާކަން އަންގައި އެކަން ލިޔުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"އެ ލިޔުން ޔާމީން ބަންދުކުރެވިފައިވާ ޖަލަށް ފޮނުވައި އޭނާއާ ހަވާލުކުރުމަށް ގެންދިއުމުން، އެ ލިޔުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމަށް ހަވާލުކޮށްދިނުން ކަރެކްޝަންގެ އޮފިސަރުންގެ ގާތުގައި އެދިފައިވާ ކަމުގައި، އެ އިދާރާގެ 6 ޖުލައި 2023 ގެ އިގުރާރުގައި ބަޔާންވެފައިވޭ. އަދި އެ ލިޔުމުގައި ޔާމީން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވޭ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޔާމީންގެ މައްޗަށް އޮތް އެއް ހުރަކަށް ވެސްވީ ޖޫރިމަނާގެ މި ފައިސާ އެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި ހުރިއްޔާ ރައީސް ކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ ޖިނާއީ އުގޫބާތެއްގެ ގޮތުގައި ޝަރީއަތުން މީހެއްގެ މައްޗަށް ކަނޑައަޅާ ޖަލަށް ލުމުގެ އަދަބަކީ އެ މީހާ ޖިސްމާނީ ގޮތުން ތަހައްމަލު ކުރަންޖެހޭ އަދަބެއް ކަމަށާއި އެއާ ހިލާފަށް ޖޫރިމަނާގެ އަދަބަކީ، އެ މީހާ މާލީ ގޮތުން އުފުލުމަށް ޖައްސާ ބުރައެއް ކަމަށެވެ. އަދި އެއީ މަދަނީ ގޮތުން އުފުލަންޖެހޭ އިލްތިޒާމެއް ކަމަށެވެ.
ޔާމީންގެ އަތުން ފަސް މިލިއަން ހޯދަން ކޯޓަށް
އިންޑިއާ އައުޓް ހުއްޓުވާ ގަރާރުގެ މައްސަލަ ކޯޓުން ބޭރު
ދައުލަތުގެ އިހުމާލުން އަށް ލައްކަ ރުފިޔާގެ ހުކުމެއް
ޔާމީންގެ އެއްމިލިއަން ޑޮލަރުގެ މައްސަލަ މަޑުޖައްސާލައިފި
ފްލެޓް ހުސްނުކުރުމުން ޖިހާދަށް ކުރި ދައުވާ ގެންގޮސްފި
ޔާމީންގެ ޖޫރިމަނާގެ މައްސަލަ ކުރިއަކަށް ނުގެންދެވުނު
ޖޫރިމަނާއާ ބެހޭގޮތުން ޔާމީން ހެއްދެވީ އިތުރުފުޅެއް
ޔާމީންގެ މައްސަލައަށް އޭޖީ ތަދައްހުލް ކުރުވައިފި
ފުށިދިއްގަރު ފަރުގެ ޖޫރިމަނާގެ މައްސަލަ ކޯޓަށް
އޮފިސަރުން ވަކިކުރި މައްސަލައިގެ ހުކުމް އިސްތިއުނާފަށް