މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގައި ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓް، މި ވެރިކަން ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
30 އޮކްޓޯބަރ 2023
މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގައި ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓް، މި ވެރިކަން ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދެ ވަނަ ބުރުގެ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވައިލި މުއްދަތު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހަމަވިއިރު 40،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. ފްލެޓަށް 21،247 މީހުން އަދި މާލެ ސަރަހައްދުން ގޯތި ހޯދަން 19،347 މީހުން ކުރިމަތިލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެ އެވެ.
ނަމަވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 17 އަށް ހަމަވާއިރު، ގެދޮރުވެރިޔާ އަދި ބިންވެރިޔާގެ ސްކީމްގެ ދެ ވަނަ ބުރުގެ ފޯމުތަކަށް ހަދާނެ ގޮތެއް މި ސަރުކާރުން ކުރިން ހާމަކޮށްފައެއް ނުވެ އެވެ.
އެކަމަކު، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް މިއަދު ވިދާޅުވީ ފްލެޓާއި ގޯއްޗަށް ކުރިމަތިލި މީހުންގެ ފޯމުތައް މި ދައުރު ނިމުމުގެ ކުރިން ޕްރޮސެސްކޮށް ނިންމާނެ ކަމަށެވެ.
އެ އަށް ފަހު، ފްލެޓާއި ގޯތި ލިބޭ މީހުން މި ދައުރު ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
މި ފަހަރު ގޯއްޗަށް ކުރިމަތިލެވޭ ޝަރުތެއްގެ ގޮތުގައި ކަނޑައެޅީ މާލޭގެ ރަށްވެއްސަކަށް ވުމާއި މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވުމެވެ. މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާނަމަ ފްލެޓަށް ކުރިމަތިލެވުނެވެ.
ސަރުކާރުން އަންނަނީ ފްލެޓުގެ ފުރަތަމަ ބުރަށް ޝަރުތު ހަމަވާ މީހުންނަށް ވެސް ލިޔުން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.
އަކްރަމް ވިދާޅުވީ ހުޅުމާލެ 2 ގައި މިހާރު އިމާރަތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންނަށް އަންނަ އާދިއްތަ ދުވަހުގެ ކުރިން ލިޔުން ދޭނެ ކަމަށެވެ.
އަންނަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި މީހުންގެ ފޯމުތައް ބާތިލް ނުކުރައްވާނެ ކަމަށެވެ.
"ޕޮއިންޓާ ކުޅުނު ކަމަށް ބުނީ އެކްސެސް ނުދެނީސް"
ފްލެޓް ނުލިބިގެން އަޑުގަދަ ކުރީ 10 މީހުން: އަކްރަމް
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނޯންނާނެ: އަކްރަމް
ފްލެޓު ދިނީ އޭގެ އެންމެ ހައްގުވެރިންނަށް: މިނިސްޓްރީ
ފްލެޓަށް ޕޮއިންޓް ދިންގޮތް ޕޯޓަލް އިން މާދަމާ ފެންނާނެ
ގެދޮރުވެރިޔާ ސްކީމުން 13،000 ފްލެޓަށް ޝަރުތުހަމަވޭ
ފްލެޓް ލިބޭ މީހުންގެ ވަގުތީލިސްޓު މާދަމާ އިއުލާންކުރަނީ
ގޯތި ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހެޅި: އަކްރަމް
އީދުގެ ކުރިން ފްލެޓާއި ގޯތީގެ ލިސްޓު އިއުލާނު ކުރާނެ