މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ލިބެނީ އޭގެ އެންމެ ހައްގުވެރިންނަށް ކަމަށާއި އެކަން އެ ނޫން ގޮތެއްގައި ދައްކަން މަސައްކަތް ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
07 ނޮވެމްބަރ 2023
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ލިބެނީ އޭގެ އެންމެ ހައްގުވެރިންނަށް ކަމަށާއި އެކަން އެ ނޫން ގޮތެއްގައި ދައްކަން މަސައްކަތް ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފްލެޓްގެ ދާއިމީ ލިސްޓުގެ ޝަކުވާތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، ސިޔާސީ ނުފޫޒު ފޯރުވައި، ލިބެން ނުޖެހޭ މީހުންނަށް މަތިން ޕޮއިންޓު ދީގެން ފްލެޓު ދީފައިވާ ކަމަށް ތުހުމަތު ކުރިއަސް އެކަމުގައި ހަގީގަތެއް ނެތް ކަމަށެވެ.
މާލެ ސަރަހައްދުގައި މި ސަރުކާރުން ހިންގި ފުރަތަމަ ހައުސިން މަޝްރޫއުގެ ދަށުން ފުރަތަމަ ފްލެޓު ލިބޭ މީހުން ކަނޑައެޅީ އިންސާފުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"މާލެ ސަރަހައްދުގައި 600 އަކަފޫޓުގެ ބޯހިޔާވަހިކަމެއް އޮތް އެއްވެސް ބޭފުޅަކު ފްލެޓު ލިބިފައި ނޯންނާނެ. ހިޔާ ފްލެޓު ލިބުނު އެއްވެސް ބޭފުޅަކު އެލިޖިބަލް ވެފައެއް ނޯންނާނެ،" އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާތަނަށް ގިނަ ޝަކުވާ ކޮށްފައިވަނީ އެ މީހަކު މާލޭގައި ދިރިއުނު މުއްދަތާ ގުޅޭ ގޮތުން ކަމަށް ވިޔަސް އެއީ ޝަކުވާއެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ. ވިދާޅުވީ، ޝަކުވާއެއް ކަމަށް ވާނީ އެ މީހަކަށް ޕޮއިންޓު ދީފައި ވަނީ ގޯސް ކޮށް ކަމަށް ފެންނަ ނަމަ އެކަމަކާ ގުޅޭ ގޮތުން ކަމަށެވެ.
ހައްގު ނޫން މީހަކަށް ފްލެޓެއް ދީފައިވާނެތޯ ތަކުރާރުކޮށް ސުވާލުކުރުމުން އާރިފް ވިދާޅުވީ، 77 މާކްސް ލިބުނު މީހަކަށް ވުރެ ހާލުގައި އުޅޭ މީހަކަށް ފްލެޓު ނުލިބި ނޯންނާނެ ކަމަށެވެ. އެކަމަކު މާކްސް ލިބުނު ގޮތް ބިނާވެފައިވާނީ އެ މީހަކު ފޯމުގައި ދިން މައުލޫމަތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ދާއިމީ ފްލެޓު ލިސްޓަށް ހުރި ޝަކުވާތަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިންގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އާރިފް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އެ ބޭފުޅާއަށް ވުރެ ރަނގަޅު ހާލަތެއްގައި އުޅޭ ބޭފުޅަކަށް ނުހުންނާނެ އެ އަށް ވުރެ މަތިކޮށް ދީފައެއް އަޅުގަނޑުމެން އަމިއްލައަކަށް،" އާރިފް ވިދާޅުވި އެވެ.
"މިކަން ނިމިގެން ދާން ބޭނުން ވަނީ އެއްވެސް ބޭފުޅެއްގެ ހައްގު ނުގެއްލި."
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މި މުއްދަތުގައި ލިބޭ ޝަކުވާތަކަށް ބަލައި ލިބެން ނުޖެހޭ މީހަކަށް އޮޅިގެން ނަމަވެސް ފްލެޓު ދީފައިވާ ނަމަ އެ ނިންމުން ބަދަލު ކުރާނެ ކަމަށެވެ.
"ޑިސްކޮލިފައި ކުރަން ޖެހޭ ފަރާތެއް ހުރި ނަމަ އެކަން ކުރާނަން. އެކި ފަރާތްތަކުން ހުށަހަޅާ މައުލޫމާތުތަކަށް ވެސް ބަލާނަން. ދޭން ޖެހޭ [މިހާރު ނުދެވި ވާ] ފަރާތަކަށް ދޭން އަޅުގަނޑުމެން އިތުރު ގޮތަކަށް ވިސްނާނަން،" އަކްރަމް ވިދާޅުވި އެވެ.
ފްލެޓު އުސޫލު ކަނޑައަޅާފައި އޮތް ގޮތުން ފްލެޓު ދިނުމުގައި ދިރިއުޅުމުގެ ހާލަތު ބަލާފައިވަނީ ރެންޑަމް ސާމްޕަލިން އަކުންނެވެ. ފޯމު ހުށަހެޅި 20،000 މީހުންގެ ތެރެއިން 3،000 އެއްހާ ގެއަށް ޒިޔާރަތް ކޮށްފައިވާނެ ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ.
އެ ބޭފުޅާއަށް ވުރެ ރަނގަޅު ހާލަތެއްގައި އުޅޭ ބޭފުޅަކަށް ނުހުންނާނެ އެއަށް ވުރެ މަތިކޮށް ދީފައެއް އަޅުގަނޑުމެން އަމިއްލައަކަށް،" އާރިފް
އެކަމާ ގުޅުވައި އާރިފް ވިދާޅުވީ، މިހާތަނަށް ދޮގު މައުލޫމާތު ދިން މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށެވެ. ފޯމާއެ ކު ހުށަހެޅީ ސައްހަ މައުލޫމާތު ކަމަށް ބުނެ އިގުރާރެއްގައި ސޮއިކުރުވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިނީ ދޮގު މައުލޫމާތު ކަމަށް ވާ ނަމަ އެކަމަށް ފިޔަވަޅު އަޅައި ފޯމު ބާތިލް ކުރާނަން،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހައްގު ނޫން ބަޔަކަށް ފްލެޓު ދިން ކަމަށް ދައްކަން މަސައްކަތް ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންނެވެ. މިކަމާ މެދު ރައްޔިތުން ވެސް އަދި އޭސީސީ ފަދަ މުއައްސަސާތަކުން ވެސް ކަންބޮޑުވެގެން ނޫޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ކެކިއަރަނީކީ ވެސް ނޫން، ބަޔަކު އިސްވެ ތިބެ އައިސް އަޑުގަދަ ކުރީ. ވަކި ބަޔަކު އައިސް އަޑުގަދަކުރީ، ސޯޝަލް މީޑިއާގައި ވެސް އެހެން،. މިދެން ހަމަ އިންޑިއާ އައުޓް ކަހަލަ ކަމެއް. ވަކި ބަޔަކު އެކަން ކުރަނީ ސަރުކާރުގެ އަގު ވައްޓާލައި މި ކަން ކުރަމުންދާތީ ރަނގަޅު ނޫން ގޮތަކަށް ދައްކަން،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭސީސީގެ ޓީމަށް ވެސް ހުރިހާ މައުލޫމާތެއް ދީފައިވާނެ ކަމަށާއި ހުރިހާ ލިޔެކިޔުމެއް ވެސް ދައްކާފައިވާނެ ކަމަށެވެ. މިކަމުގައި އެއްވެސް އިހުމާލެއް ވެފައި ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ފިޔަވަޅު އެޅޭނެ ކަމެއް ނޯންނާނެ، ފިޔަވަޅެއް ނުވެސް އެޅޭނެ އެގޮތަކަށް،" ޔަގީންކަމާ އެކު އަކްރަމް ވިދާޅުވި އެވެ.
ފްލެޓަށް ޕޮއިންޓް ދިންގޮތް ޕޯޓަލް އިން މާދަމާ ފެންނާނެ
ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ
4،000 ފްލެޓް ދޫކުރުމުގެ ތަފުސީލު އަންނަ ހަފުތާގައި
4،000ފްލެޓް ދޫކުރުން ކުރިއަށް ގެންދަން ހުއްދަ ދީފި
"ޕޮއިންޓާ ކުޅުނު ކަމަށް ބުނީ އެކްސެސް ނުދެނީސް"
ފްލެޓް ނުލިބިގެން އަޑުގަދަ ކުރީ 10 މީހުން: އަކްރަމް
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
"ފްލެޓުގެ ގުރުއަތު ނެގީ ދާއިމީ ލިސްޓަކަށް ނޫން"
ފްލެޓުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގައިފި
"ދައުރު ނިމުމުގެ ކުރިން ފްލެޓްތަކުގެ ލިޔުން ދޭނެ"