މާފުށީ ޖަލުގައި މި ވަގުތު ވެސް ހުންނެވީ ހޮސްޕިޓަލަށް ވަޑައިގެން އެޑްމިޓްވާން ޖެހޭ ފަދަ ސިއްހީ ހާލަތެއްގައި ކަމަށާއި ނަމަވެސް އެކަން އެ ގޮތަށް ނުކުރައްވައި މަޑުކުރައްވަނީ އާއިލާ އަށް ލިބިދާނެ އިތުރު ހިތްދަތިކަމަކަށްޓަކައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
10 އޯގަސްޓް 2023
މާފުށީ ޖަލުގައި މި ވަގުތު ވެސް ހުންނެވީ ހޮސްޕިޓަލަށް ވަޑައިގެން އެޑްމިޓްވާން ޖެހޭ ފަދަ ސިއްހީ ހާލަތެއްގައި ކަމަށާއި ނަމަވެސް އެކަން އެ ގޮތަށް ނުކުރައްވައި މަޑުކުރައްވަނީ އާއިލާ އަށް ލިބިދާނެ އިތުރު ހިތްދަތިކަމަކަށްޓަކައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އާރަށް ކުއްޔަށް ދިން މައްސަލާގައި މަނީލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރި ކަމުގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް ޔާމީން ތަންފީޒު ކުރަމުންދާއިރު މައްސަލއިގެ އިސްތިއުނާފުގެ ޝަރީއަތް ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ. އަދި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް އެ މަނިކުފާނު ވަނީ އެ ކޯޓުގައި އެދިވަޑައިގެންފަ އެވެ.
އެ މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ޔާމީން ވަނީ އެ މަނިކުފާނު މި ވަގުތު ގެއަށް ދޫކޮށްދެއްވުމަށް ނިންމަވައި، ފަނޑިޔާރުން އިހުސާންތެރިވުމަށް އެދިވަޑައިގެންފަ އެވެ. ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ސިއްހީ ހާލަތު މި ވަގުތު ވެސް ރަނގަޅެއް ނޫނެވެ.
"ޖިސްމާނީ ގޮތުން އަޅުގަނޑުގެ ނުކުޅެދުންތެރިކަން އެބަހުރި. މި ހުރީ އެންމެ ޒުވާން އުމުރެއްގައެއް ނޫން. އަޅުގަނޑަށް ކުރަން ޖެހޭ ކަސްރަތުތައް މި ވަގުތު ކުރުން ވަނީ މަނާވެފައި. އަޅުގަނޑު ޖެހެނީ މޫދަށް ދާން، އެކަމަކު މާފުށި ހިއްކާތީ އެކަމަށް ހުއްދައެއް ނުލިބޭ،" ޔާމީން ވިދާޅުވި އެވެ.
އެހެންވެ، އެދިވަޑައިގަތީ އެ މަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށެވެ.
"މި ވަގުތު ވެސް ހޮސްޕިޓަލަށް އައިސް އެޑްމިޓް ވެގެން އޮންނަން ޖެހޭ ހާލަތުގައި މި ހުރީ. އެކަމަކު އެކަން އަޅުގަނޑު ނުކުރަނީ އާއިލާއަށްޓަކައި. އާއިލާ އިން މި ވަގުތު ތަހައްމަލު ކުރަމުންދާ ހިތްދަތިކަން އެނގޭތީ. އާއިލާ އަށް އިތުރު ހިތްދަތިކަމެއް ލިބޭނީ އަޅުގަނޑު އައިސް ހޮސްޕިޓަލްގައި އޮތީމާ،" ތުރުތުރު އަޅާ ރާގެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި، ސިޔާސީ ވާހަކަ ދައްކަން އެ މަނިކުފާނު މިހާރު ބޭނުންފުޅެއް ނޫނެވެ. އެކަން މިހާރު ވަނީ ނިމިފައި ކަމަށް ވިދާޅުވި އެވެ. އެކަމަކު، ޔާމީން އެދިވަޑައިގަންނަވަނީ ފަނޑިޔާރުން އިހުސާންތެރި ގޮތެއްގައި އެ މަނިކުފާނާ މެދު ވިސްނުމަށް ކަމަށް ވިދާޅުވި އެވެ.
ހުކުމް ތަންފީޒު ކުރުމަށް ގެއަށް ބަދަލުކުރުމަކީ ޔާމީން ގަބޫލުފުޅު ކުރައްވާ ގޮތުގައި، ދައުލަތަށް އެ އިން ގެއްލުމެއް ލިބޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެ މަނިކުފާނަށް އޭގެ ސަބަބުން އިޔާދަނުކުރެވޭ ގިނަ ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
ޔާމީން މިއަދު ހައިކޯޓުގައި
ޔާމީން ވިދާޅުވީ ޖަލު ހުކުމްގެ އިތުރުން ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކުރުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ. އެއީ، އިސްތިއުނާފު މައްސަލަ އޮއްވައި އަދި އެ މައްސަލަ ޔާމީނާ އެއްކޮޅަށް ނިމުމުގެ ފުރުސަތު އޮއްވައި ފައިސާ ދައްކައިފި ނަމަ ދެން އަނބުރާ އެ ފައިސާ ހޯދުމަށް އުނދަގޫވެދާނެތީ ކަމަށް ވިދާޅުވި އެވެ. އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެ ފައިސާ ދައުލަތުން އަނބުރާ ހޯދޭނީ އެތައް އިޖުރާއަތްތަކަށް ފަހު އެވެ.
އެ މަނިކުފާނަކީ ވަކި ފަރުދެއް ކަމާއި ދެކޮޅަށް އޮތީ ދައުލަތް އޮތް ގޮތަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން މި މައްސަލައިގެ ތެރެއިން ލިބެން އޮތް ލިޔެއް ލިބެން ވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޖިސްމާނީ ގޮތުން އަޅުގަނޑުގެ ނުކުޅެދުންތެރިކަން އެބަހުރި. މި ހުރީ އެންމެ ޒުވާން އުމުރެއްގައެއް ނޫން. އަޅުގަނޑަށް ކުރަން ޖެހޭ ކަސްރަތުތައް މި ވަގުތު ކުރުން ވަނީ މަނާވެފައި. އަޅުގަނޑު ޖެހެނީ މޫދަށް ދާން، އެކަމަކު މާފުށި ހިއްކާތީ އެކަމަށް ހުއްދައެއް ނުލިބޭ،" --- ޔާމީން
ޔާމީންގެ ފަރާތްޕުޅުން ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދިފައިވީ ނަމަވެސް، ދައުލަތުން ގަބޫލުކުރާ ގޮތުގައި އެއީ ގާނޫނީ ނިޒާމުގެ ތެރޭގައި އޮތް ކަމެއް ނޫނެވެ. އެކަން ދައުލަތުން ފާހަގަކުރަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކޮށެވެ.
ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ ގޮތުގައި ޖިނާއީ މައްސަލަތަކުގައި އަމަލުކުރާ ހާއްސަ ގާނޫނު ކަމަށްވާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގައި އަމަލު ކުރާނެ ގޮތެއް ނެތެވެ. ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އެހެން ގާނޫނެއްގައި ވެސް އެފަދަ އިޖުރާއަތެއް ނެތެވެ.
އެކަން އެގޮތަށް ކަނޑައަޅާފައި ވަނީ ގއ. ވޮޑަމުލާގެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދުނު މައްސަލާގައި އެ ކޯޓުން އިއްވި ހުކުމްގަ އެވެ.
ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރެވެން ނެތް ނަމަވެސް، ސުޕްރީމް ކޯޓުން އޭރު ވަނީ ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކޮށްފަ އެވެ. ޖޫރިމަނާގެ ފައިސާ ހޯދުމަށް ދައުލަތުން މަދަނީ މައްސަލައެއް ހުށަހަޅާފައިވާ ނަމަ އެ މައްސަލައެއް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ދެން ކުރިއަށް ނުގެންދުމަށް އަމުރު ކޮށްފައި ވެ އެވެ.
ޔާމީން، ސިޔާސީ ވާހަކަތަކާ ދުރަށް!
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
"ޔާމީންގެ އިސްތިއުނާފް މިންގަނޑަށް ވާސިލެއް ނުވެވޭ"
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި
"ޚިޔާނާތުގެ މައްސަލާގައި ޕީޖީ އިންސާފުވެރިއެއް ނޫން"
ޔާމީން ލޯންޑަކުރެއްވި ފައިސާ ދައުލަތަށް ނަގަން އެދެފި
އާޒިމާ އަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު