Roadha Mihaaru
ރިޔާސީ ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދޭން ފަށައިފި

ރިޔާސީ ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދޭން ފަށައިފި

10 އޯގަސްޓް 2023

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމްއެންޑީއެފްއިން ސެކިއުރިޓީ ދޭން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމްއެންޑީއެފްއިން ސެކިއުރިޓީ ދޭން ފަށައިފި އެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނު ބުނާގޮތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބަލައިގަތުމަށްފަހު އިންތިހާބު ނިމި، އާ ރައީސަކު ހުވާކުރަންދެން ހުރިހާ ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް ސަލާމަތީ ބާރުތަކުން ސެކިއުރިޓީ ދޭންޖެހެ އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުމާލޭގައި ދޮރުން ދޮރަށް ޒިޔާރަތް ކުރެއްވުމުގެ ހަރަކާތް ފެށްޓެވިއިރު އޭނާގެ އަރިހުގައި އެމްއެންޑީއެފްގެ ސެކިއުރިޓީން ތިއްބެވި އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ފަސް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ތިން ކެންޑިޑޭޓެކެވެ.