Roadha Mihaaru
ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދޭނަން

ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދޭނަން: މުއިއްޒު

15 ސެޕްޓެމްބަރ 2023

ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދީ، ފްލެޓުތަކަށް ކުލި ދެއްކުން އެއް އަހަރަށް ފަސްކުރުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދީ، ފްލެޓުތަކަށް ކުލި ދެއްކުން އެއް އަހަރަށް ފަސްކުރުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ ހުރިހާ ކަމެއްގައި ވެސް ސިފައިންނާއި ފުލުހުންނަށް އަޅާލުން އިސްކުރަން ޖެހޭ ކަމަށާއި މި ސަރުކާރުން އެ މީހުންނަށް އިހާނެތިކޮށް ހިތާފައިވާ ކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމަން ވައުދުވި ސިފައިންނާއި ފުލުހުންގެ ފްލެޓުތައް އަދި ވެސް ނުނިމޭ ކަމަށާއި އަދި ތަން ހަވާލުކުރުމާ ހަމައަށް ދިއުމުން އެ ފްލެޓުތަކުގެ އަގުތައް ބޮޑުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލެޓުތައް މިހާރު ހުރީ އަތްފޯރާ ފަށަށްވުރެ މަތީގަ އެވެ. އެއާއެކު، އެ ތަންތަނަށް ދައްކަންޖެހޭ އަގު އެއް އަހަރު ދުވަހަށް ލަސްކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދަމުން އަންނަ ސިފައިންނާއި ފުލުހުންގެ ފްލެޓަށް ބަހާލައިގެން އަގު ދެއްކޭނެ ލުއި ގޮތެއް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގައުމީ ޖޯޝުގައި ނުކުމެއްޖެ ނަމަ ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދޭނެ ކަމަށެވެ.

"އިސްކަންދޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ސަރުކާރެއްގައި އޮންނާނީ ގައުމީ ވިސްނުން. މި ގައުމުގެ ފަހުރަކީ ސިފައިންނާއި ފުލުހުން. އެ ދެ މުއައްސަސާގެ ހުރިހާ ބޭފުޅުންނަކީ އަބުރުވެރި އުޅުމެއް އުޅޭ ބޭފުޅުން ކަމަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި ޔަގީންކޮށްދޭނަން." އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްއާ މިރޭ ގުޅުނު ޝާޔަންގެ ފޯމާ ލީޑަޝިޕުން ހަވާލުވަނީ __ ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީޕީއެމްއާ މިރޭ ގުޅުނު ޝާޔަންގެ ފޯމާ ލީޑަޝިޕުން ހަވާލުވަނީ __ ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކުޅޭކުޅޭ ބޯޅައެއްހެން ޖަހަން ގެންގުޅޭ ތަނަކަށް އެ ދެ ތަން ހެދިޔަކަ ނުދޭނަން."

ރާއްޖޭގެ މިނިވަންކަމާ ގުޅޭގޮތުން ސިފައިންނާ ފުލުހުން ތިބީ ވަރަށް ކަންބޮޑުވެފައިކަން ފާހަގަކުރައްވައި، މުއިއްޒު ވިދާޅުވީ ސަރުކާރުގެ ނޭއްގާނީ މަސައްކަތުގައި ބައިވެރިވާން އެ މީހުންނަށް މަޖުބޫރުވެފައިވާ ކަމަށެވެ.

އެކަމަކު، މިނިވަންކަމަކީ އެގޮތަށް ދޫކޮށްލެވޭނެ އެއްޗެއް ނޫންކަމާއި މުހައްމަދު ތަކުރުފާނު ދިވެހީންނަށް ރާއްޖެ ހޯދައިދިން ގޮތަށް، މި މަހު ބާއްވާ އިންތިހާބުން ދިވެހިންނަށް ރާއްޖެ ހޯދައިދޭނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް ވިދާޅުވި އެވެ.