Roadha Mihaaru
ގޭޓް މައްސަލަ ޖެހުނަސް މޮޅުވުމުގައި އާސެނަލް ބަރާބަރު

ޓިކެޓް ގޭޓް މައްސަލަ ޖެހުނަސް މޮޅުވުމުގައި އާސެނަލް އަށް މައްސަލައެއް ނެތް

13 އޯގަސްޓް 2023

ލަންޑަން (އޯގަސްޓް 13) - ޕްރިމިއާ ލީގުގައި އާސެނަލްގެ ފުރަތަމަ މެޗުގައި ޓިކެޓް ގޭޓް މައްސަލަ ޖެހުނަސް ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުގައި މައްސަލައެއް ދިމާ ނުވެ އާސެނަލްއިން ތިން ޕޮއިންޓް ކަށަވަރުކޮށްފި އެވެ.

އެމިރޭޓްސްގެ ސްޓޭޑިއަމްގެ ޓިކެޓް ގޭޓް މައްސަލަ ޖެހިފައި ހުރުމުން ގިނަ ވަގުތުތަކެއް ސަޕޯޓަރުން ކިޔު ހަދައިގެން ތިބެން ޖެހުނެވެ.

ގާތްގަނޑަކަށް 35،000 މީހުންގެ ސްޓޭޑީއަމަށް ނުވަދެވި ކިޔުތކުގައި ތިބެން ޖެހުނަސް މާ ބޮޑު ހަމަނުޖެހުމެއް ނުހިނގަ އެވެ. މެޗުގެ ފުރަތަމަ ކޮޅު ސްޓޭޑިއަމްގެ ބޮޑު ބައެއް އޮތީ ފަޅަށެވެ. އާސެނަލްގެ ކޯޗު މިކަލް އާޓެޓާ ވަނީ ސަޕޯޓަރުން ދެއްކި ކެތްތެރިކަމަށް މެޗަށް ފަހު ތައުރީފް ކޮށްފަ އެވެ.

އާސެނަލްގެ ދެވަނަ ލަނޑު ޖެހި ސަކާ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ދެވަނަ ލަނޑު ޖެހި ސަކާ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

އީ ޓިކެޓިން ސިސްޓަމް މީގެ ކުރިން އާސެނަލްއިން އެކަށީގެންވާ ގޮތަށް ޓެސްޓްކޮށްފައި ނުވާ ކަމަށް ވެއެވެ. އެ މައްސަލަ ހައްލުކޮށް މެޗު ފެށީ ބައިގަޑިއިރު ފަހުންނެވެ.

އެކަމަކު ދަނޑު މަތީގައި އެ ޓީމަށް މައްސަލައެއް ދިމައެއް ނުވި އެވެ. އެޑީ ކެޓިއާ އެވެ. މެޗުގެ 26 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ގެބްރިއަލް މާޓެނެލީ ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. އާސެނަލްގެ ދެ ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. ދެވަނަ ލަނޑު 32 ވަނަ މިނެޓްގައި ޖެހީ ބުކަޔޯ ސަކާ އެވެ. އޭނާ ލަނޑު ޖެހީ ވިލިއަމް ސަލާބިއާ ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

ޓައިވޯ އޮވާނީ 82 ވަނަ މިނެޓްގައި ޖެހި ލަނޑުން ނޮޓިންހަމް ފޮރެސްޓަށް ސުން ކަނޑުވާލަ ދިނެވެ.