Roadha Mihaaru
ވައިޓްގެ "ސިއްރު އުކުޅުން" އާސެނަލް އެއްވަނައިގައި

ބެން ވައިޓްގެ "ސިއްރު އުކުޅުން" އާސެނަލް އެއްވަނައިގައި ދަމަހައްޓައިފި

29 އެޕްރީލް 2024

ލަންޑަން (އޭޕްރީލް 29) – ޓޮޓްނަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ނުޖަހައި އެސިސްޓެއް ނުކޮށް އާސެނަލަށް އެއްވަނަ މަގާމު ދަމަހައްޓައި ދިނުމުގައި ބެން ވައިޓް މުހިންމު ދައުރެއް އަދާކޮށްފި އެވެ.

ލަންޑަން (އޭޕްރީލް 29) – ޓޮޓްނަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ނުޖަހައި އެސިސްޓެއް ނުކޮށް އާސެނަލަށް އެއްވަނަ މަގާމު ދަމަހައްޓައި ދިނުމުގައި ބެން ވައިޓް މުހިންމު ދައުރެއް އަދާކޮށްފި އެވެ.

އާސެނަލް 3-2 ން މޮޅުވި މެޗުގައި އެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ ކޯނަރުތަކުން ތަނަވަސްކުރި ފުރުސަތުތަކުން ޖެހި ގޯލްތަކެވެ. އެ ކޯނަރުތަކުގައި އާސެނަލްގެ ޑިފެންޑަރު ވައިޓް އަދާކުރި ދައުރާ އެކު އިނގިރޭސި ބައެއް މިޑީއާތަކުން ސިފަ ކުރީ އޭނާ "ސިއްރު އުކުޅުތަކެއް" ބޭނުން ކުރީ ކަމަށެވެ.

އާސެނަލްގެ ފުރަތަމަ ލަނޑަކީ އެ ޓީމުން ނެގި ކޯނަރުގައި ސްޕާސްގެ ޕިއާ އެމީލް ހޮއިބިއާގް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އާސެނަލުން ސެޓްޕީސްތައް ޓާގެޓް ކުރީ ސީދާ ޓޮޓްނަމްގެ ކީޕަރު ގުގްލިއެލްމޯ ވިކާރިއޯ އަށެވެ.

އަމިއްލަ ޓީމަށް ލިބޭ ކޯނަރުތަކުގައި މުޅި ސީޒަނުގައި ވެސް ވައިޓް އަދާ ކުރި ދައުރަކީ އިދިކޮޅު ކީޕަރަށް އުނދަގޫ ކުރުމެވެ. އެކަމަކު އާސެނަލްގެ ފުރަތަމަ ކޯނަރުގައި ވައިޓް ބޭނުން ކުރީ މުޅިން ތަފާތު "އުކުޅެކެވެ."

ކޯނަރުގައި، ހުރިހާ ކުޅުންތެރިން ޓޮޓްނަމްގެ އޭރިއާ ތެރެއަށް ޖަމާވި އެވެ. ވައިޓް ހުރީ ގޯލް ލައިން މަތީގަ އެވެ. ވިކާރިއޯ އަށް އުނދަގޫ ކުރުމުގެ ގޮތުން އަންގީގެ ތަތްކުރާ ފަށް ނައްޓާލަން މަސައްކަތް ވައިޜް ދެފަހަރެއްގެ މަތިން މަސައްކަތް ކުރި އެވެ. ހަމަ ކޮންމެ ފަހަރަކު ވެސް ވިކާރިއޯ އަތް ފޮޅާލަ އެވެ. ވައިޓްގެ އުކުޅު ކާމިޔާބު ކަމާ އެކުޅު މަސައްކަތް ކުރި އެވެ. ވިކާރިއޯގެ ސަމާލުކަން ގެއްލުވާލައި އޭނާގެ ކޮޅަށް ގޯލް ވަދެގެން ދިޔަ އެވެ.

އާސެނަލްގެ ތިންވަނަ ގޯލް ކޯނަރަކުން ތަނަވަސް ކުރި ބޯޅައިން ކައި ހަވަޓްޒް ޖެހި އިރު ވިކާރިއޯ އަށް ބޯޅަ ސަލާމަތް ކުރަން އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ވައިޓް ހުރީ އޭނާގެ ކުރިމައްޗައް އަރައި އޮތް ހާގަ ވެސް ބައްދާލައިގެންނެވެ. އެ މަންޒަރުތަކުގެ ވީޑިއޯ ވަނީ އިނގިރޭސީ ސޯޝަލް މީޑިއާ ކޮމިޔުނިޓީގައި ވަރަށް ބޮޑަށް ވައިރަލް ވެފަ އެވެ.

އުތުރު ލަންޑަންގެ ދެ ޓީމުގެ ކުރިމަތިލުމުގައި ބެން ވައިޓް އަދާކުރި ދައުރު ފާހަގަ ވީ، ތަށީގެ ރޭސް ވާންވެފައި ވުމުންނެވެ. އާސެނަލް އެއްވަނައިގައި ދަމަހައްޓަމުން ދަނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ.

މެންޗެސްޓާ ސިޓީ ވެސް ރޭ ވަނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅެ ކާމިޔާބު ހޯދައި އާސެނަލްގެ ފަހަތުން ދެވަނައިގައި ވިއްދައިފަ އެވެ.