Roadha Mihaaru
ޓީ20 ޕްރެޒިޑެންޓްސް ކަޕް ވެސް މިލާނަށް

ޓީ20 ޕްރެޒިޑެންޓްސް ކަޕް ވެސް މިލާނަށް

13 އޯގަސްޓް 2023

މިއަހަރުގެ ޓީ20 ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެސް މިލާން ކްރިކެޓް އެކަޑަމީން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިއަހަރުގެ ޓީ20 ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެސް މިލާން ކްރިކެޓް އެކަޑަމީން ހޯދައިފި އެވެ.

ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ޓީ20 ޕްރިމިއާ ލީގް ވެސް ކާމިޔާބުކުރި މިލާނުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރީ ހުކުރު ދުވަހު ކުޅުނު ފައިނަލް މެޗުގައި އަށް ވިކެޓުން މާލޭ ވެޓެރަންސް ބަލިކޮށްފަ އެވެ.

މެޗުގެ ޓޮސް ދިމާވެގެން މިލާނުން ފުރަތަމަ އިނިންސްގައި ނިންމީ އުކާށެވެ. ކުޅެން އެރި މާލޭ ވެޓެރަންސް 20 އޯވަރު ތެރޭ ހަ ކުޅުންތެރިން ނުބައި ވެގެން 122 ލަނޑު ހެދި އެވެ. މިލާޏް ކްރިކެޓް އެކަޑަމީ މެޗު ކާމިޔާބު ކުރީ ކުޅެން އަރައި 17.2 އޯވަރު ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 125 ލަނޑު ހަދައިގެންނެވެ.

މާލޭ ވެޓެރަންސް އިން އެންމެ ރަނގަޅަށް ކުޅުނީ 40 ބޯޅައިން 43 ލަނޑު ހެދި ޗަންދަނަ އަމަރަވިކްރަމާ އެވެ. މިލާނުން އެންމެެ ރަނގަޅަށް ކުޅުނީ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ޓީމުގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތެވެ. އަޒްޔާން ވަނީ ނުބައި ނުވެ 48 ބޯޅައިން 58 ލަނޑު ހަދައިފަ އެވެ.

ޓީ20 ޕްރިމިއާ ލީގު ކުޅުނު ފަސް ޓީމު ވެސް މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނެވެ. ލީގު އެއްވަނަ އަދި ދެވަނަ ޓީމުގެ ހައިސިއްޔަތުން މިލާނާއި މާލޭ ވެޓެރަންސް ވަނީ ސެމީ ފައިނަލް މެޗުގައި ބައްދަލު ކޮށްފަ އެވެ. އެ މެޗު މިލާނުން ކާމިޔާބު ކުރީ ހަތަރު ވިކެޓުންނެވެ.

މާލޭ ވެޓެރަންސް ފައިނަލްގެ ޖާގަ ހޯދީ، ފަސް ވިކެޓުން މާލޭ ސްޕޯޓްސް ކްލަބް ބަލިކޮށްގެން ސެމީ އިން ޖާގަ ހޯދި ވިޔަންސާ ބަލިކޮށްފަ އެވެ. މާލޭ ވެޓެރަންސް އިން ވިޔަންސާ ބަލިކުރީ 90 ލަނޑުންނެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި މާލޭ ސްޕޯޓްސް ކްލަބުން ވަނީ 118 ލަނޑުން އޮއްފު އެފްސީ ބަލިކޮށްފަ އެވެ.