Roadha Mihaaru
ކްރިކެޓްގެ ރައީސް ފައިސަލް ދެވަނަ ދައުރަކަށް ހޮވައިފި

ފަރުހަތާ ވާދަކުރައްވައި ކްރިކެޓްގެ ރައީސް ފައިސަލް ދެވަނަ ދައުރަކަށް

21 ސެޕްޓެމްބަރ 2024

ފަރުހަތު ޖަލީލާ ވާދަކުރައްވައި، ކްރިކެޓް ބޯޑްގެ ރައީސްކަން ދެވަނަ ދައުރަކަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި މުހައްމަދު ފައިސަލް ހޮވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފަރުހަތު ޖަލީލާ ވާދަކުރައްވައި، ކްރިކެޓް ބޯޑްގެ ރައީސްކަން ދެވަނަ ދައުރަކަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި މުހައްމަދު ފައިސަލް ހޮވައިފި އެވެ.

ކްރިކެޓް ބޯޑުން އިއްޔެ ބޭއްވި އިންތިހާބުގައި ރައީސްގެ މަގާމަށް ފައިސަލް ހޮވި ވަޑައިގެންނެވީ ތިން ވޯޓްގެ ތަފާތުންނެވެ. އޭނާ އަށް ލިބިވަޑައިގަތީ 10 ވޯޓެވެ. ކުރިން ކްރިކެޓް ކުޅުއްވި ފަރުހަތަށް ހަތް ވޯޓެވެ.

ހާރިޖީ ދާއިރާގައި ވެސް ކުރިން މަސައްކަތް ކުރެއްވި ފައިސަލް، ކްރިކެޓް ބޯޑްގެ ރައީސްކަމަށް ވަޑައިގެންނެވީ 2020 ގައި ބޭއްވި އިންތިހާބުންނެވެ. އޭގެ ކުރިން ހުންނެވި ރައީސް މުހައްމަދު އަފްލާހް އެއް ދައުރު ކުރެއްވުމަށް ފަހު އިތުރު ދައުރަކަށް ކުރިމަތިނުލައްވަން ނިންމެވި އެވެ.

ފައިސަލް ވަނީ ކުރިން، ކްރިކެޓްގެ ޖެނަރަލް ސެކެރެޓަރީކަން ވެސް ކުރައްވައިފަ އެވެ. އަދި ފަހުން ނައިބު ރައީސްކަން ވެސް ކުރެއްވި އެވެ.

ނައިބު ރައީސް ކަމަށް ހޮވި ވަޑައިގަތީ އިސްހާގް އަހްމަދެވެ. އޭނާ ވެސް ހޮވިވަޑައިގަތީ 10 ވޯޓުޏްނެވެ. އޭނާއާ ވާދަކުރެއްވި އަހްމަދު އާމިރަށް ލިބުނީ ހަތް ވޯޓެވެ.

އެކްސްކޯ މެންބަރުކަމުގެ މަގާމަށް ހޮވުނީ އިސްމާއީލް ނަޝްވާން ނާސިރާއި އަބްދުﷲ ސައުދާން އިބްރާހިމާއިއަހްމަދު އަޝްވަދު ވަހީދު އަދި އަހްމަދު ހުސައިން (ދޮނާ) އެވެ. އޭނާ އަކީ ފައިސަލްގެ ފުރަތަމަ ދައުރުގެ ނައިބު ރައީސެވެ.

އެސޯސިއޭޓް މެންބަރުންނަކީ އަލީ ތޯލިބާއި އިބްރާހިމް މޫސާ އެވެ. ފަރުދީ މެންބަރުކަމަށް ހޮވުނީ އަހްމަދު ކަލީމެވެ.