Roadha Mihaaru
ކަނޑުފޯރީގެ ފުރަތަމަ މުބާރާތް ބާއްވާ އެޕު ލޯންޗްކޮށްފި

"ކަނޑުފޯރީ"ގެ ފުރަތަމަ މުބާރާތް ބާއްވާ އެޕު ލޯންޗްކޮށްފި

20 ފެބުރުއަރީ 2023

ސޮނީ ފިޝިންއިން "ކަނޑުފޯރީ"ގެ ނަމުގައި ތައާރަފް ކުރި މަސްރޭހުގެ ފުރަތަމަ މުބާރާތް ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސޮނީ ފިޝިންއިން "ކަނޑުފޯރީ"ގެ ނަމުގައި ތައާރަފް ކުރި މަސްރޭހުގެ ފުރަތަމަ މުބާރާތް ބާއްވައިފި އެވެ.

އެ މުބާރާތަކީ "ކަނޑުފޯރި" އެޕް ލޯންޗުކުރުމުގެ ގޮތުން ބޭއްވި ހާއްސަ މުބާރާތެކެވެ. އެ އިވެންޓުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ލެޖެންޑު މަސްވެރިޔާ މ. ކުޑަފަރީ އާދަމް ނަސީމް ވަނީ ބައިވެރިވެފަ އެވެ.

"ކަނޑުފޯރި" އެޕަކީ މަސްރޭހުގެ ކަންތައްތައް އޮންލައިންކޮށް ބަލަހައްޓާ، ވާޗުއަލް މުބާރާތްތަކުގައި ބައިވެރިވެވޭނެ ޕްލެޓްފޯމެކެވެ. މި އެޕް މެދުވެރިކޮށް މުބާރާތްތަކުގައި ބައިވެރިންނަށް ޕޮއިންޓް ވެސް ހޯދޭނެ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމް. -- ފޮޓޯ: ސޮނީ ފިޝިން

މުބާރާތުގެ ޗެމްޕިއަން ޓީމް. -- ފޮޓޯ: ސޮނީ ފިޝިން

"ކަނޑުފޯރި" އަކީ ޒުވާނުންގެ މެދުގައި މަސްވެރި ކަމަށް ލޯބި ޖައްސާ، މަސްވެރިން ބާރުވެރިކުރުވުމަށް ސޮނީ ފިޝިން އާއި ޔުނިކްސް ސްޕޯޓްސްއިން ލޯންޗުކުރި ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް އޮންލައިން އަދި ފިޒިކަލް މަސްރޭސްތަކެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

ސޮނީ ފިޝިންއިން ބުނި ގޮތުގައި ފުރަތަމަ "ކަނޑުފޯރި" މުބާރާތަކީ ފޯރިގަދަ ކާމިޔާބު މުބާރާތެކެވެ. އެ މުބާރާތުގައި ފަސް ޓީމެއް ޓީމު ކެޓަގަރީގައި ވާދަކުރި އެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިން ވާޗުއަލްކޮށް ސޯލޯ ކެޓަގަރީގައި ބައިވެރި އެވެ.

މަސް ރޭހުގެ ތެރެއިން. -- ފޮޓޯ: ސޮނީ ފިޝިން

މަސް ރޭހުގެ ތެރެއިން. -- ފޮޓޯ: ސޮނީ ފިޝިން

އެ މުބާރާތް އިންސާފު ކުރީ ޖަޖިން ޕެނަލަކުންނެވެ.

މި މުބާރާތުގެ އެއް ވަނަ އަށް ދިޔައީ ޓީމް ބަނޫން އެވެ. ޓީމް ބަނޫން އަށް ވަނީ 15،000ރ. ގެ ފައިސާގެ އިނާމަކާއި ސޮނީ ފިޝިންގެ 10،000ރ. ގެ ގިފްޓު ވައުޗަރެއް ދީފަ އެވެ. ދެ ވަނަ އަށް ދިޔައީ ކެޕްޓަން ބޯޓް ކްލަބެވެ. އެ ޓީމަށް ވަނީ 10،000ރ. ގެ ފައިސާގެ އިނާމަކާއި ސޮނީ ފިޝިންގެ 8000ރ. ގެ ވައުޗަރެއް ދީފަ އެވެ. މުބާރާތުގެ ތިން ވަނަ އަށް ދިޔަ ޓީމަކީ 5000ރ. ގެ ފައިސާގެ އިނާމަކާއި ސޮނީ ފިޝިންގެ 5000ރ. ގެ ގިފްޓު ވައުޗަރެކެވެ. މި ތިން ޓީމަށް އިނާމުތައް ވަނީ ހަވާލުކޮށްފަ އެވެ.

މަސް ރޭސް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރަތުގައި އަމިއްލަ ގޮތުންނާއި ޓީމުތަކުން ވަނީ ބައިވެރިވެފައި. -- ފޮޓޯ: ސޮނީ ފިޝިން

މަސް ރޭސް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރަތުގައި އަމިއްލަ ގޮތުންނާއި ޓީމުތަކުން ވަނީ ބައިވެރިވެފައި. -- ފޮޓޯ: ސޮނީ ފިޝިން

ސޮނީން ބުނި ގޮތުގައި ކުރިއަށް ހުރި މުބާރާތްތަކުގެ މައުލޫމާތުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރާނެ އެވެ.

"ކަނޑުފޯރީ"ގެ ދަށުން މި އަހަރުގެ ކޮންމެ މަހަކު މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.