ހުޅުމާލޭގެ ފޭސް 3 އަށް ބޭނުންވާ 63 ހެކްޓަރުގެ ބިން އަންނަ މަހު ހިއްކަން ފަށަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
17 އޯގަސްޓް 2023
ހުޅުމާލޭގެ ފޭސް 3 އަށް ބޭނުންވާ 63 ހެކްޓަރުގެ ބިން އަންނަ މަހު ހިއްކަން ފަށަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކަށް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުނި ވެސް ކަނޑައަޅައި މިހާރު އެ މަސައްކަތް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.
"ރާވާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ހިއްކުމުގެ މަސައްކަތް ފަށަން،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން އާބަންކޯގެ ބަހެއް އަދި ނުލިބެ އެވެ. އެހެންވެ، ޕްރޮޖެކްޓްގެ ތަފުސީލެއް އަދި ނުލިބެ އެވެ. އޭގެ ތެރޭގައި ޕްރޮޖެކްޓްގެ އަގާއި ސައިޒް ހިމެނެ އެވެ.
ހުޅުމާލެއިން އިތުރަށް ހިއްކަން ނިންމާފައި ވަނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ. އޭރުން މުޅި ފަރުކޮޅުފުށި ވެސް ދާނީ ހިއްކާ ހިސާބުގެ ތެރެއަށެވެ.
އެޗްޑީސީން މިއަދު ވަނީ ފޭސް 3 އަކަށް ބޭނުންވާ ބިން ހިއްކަން ބޭނުންވާތީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުފަހަރުތައް އެ ސަރަހައްދުން ނެގުމަށް އިއުލާންކޮށްފަ އެވެ. އުޅަނދުތައް ނަގަން އެ ކުންފުނިން ދިނީ މިއަދުން ފެށިގެން 10 ދުވަހެވެ.
ހުޅުމާލެ 2ވަނަ ފިޔަވަހީގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމާގުޅޭ pic.twitter.com/SG1at8L5eY
— Urbanco (@hdcmaldives) August 17, 2023
އެ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގައިފި ނަމަ ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްފައިވާ އުޅަނދުފަހަރާއި ތަކެއްޗާ މެދު އަމަލުކުރާ އުސޫލުގެ ދަށުން އަމަލު ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މި ސަރުކާރުން މާލޭގެ 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމާފައިވާއިރު، އޭގެ ތެރޭގައި ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ހިއްކާ ބައިން ދޫކުރާ ގޯތިތަކެއް ވެސް ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި އެއީ 1،400 ގޯއްޗެވެ.
ހުޅުމާލެ ހިއްކަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ 1997 ގަ އެވެ. އޭރު ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، ދެވަނަ ފިޔަވަހި ހިއްކީ އެ މަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ.
ހުޅުމާލެއަށް އިތުރުކުރާ 63 ހެކްޓަރު ހިއްކަން ފަށައިފި
އެޗްޑީސީ އަށް އާބަންކޯ ކިޔުން ހުއްޓާލަނީ!
ހުޅުމާލޭގައި ކޮމާޝަލް 7 އިމާރާތެއް ޗައިނާއިން އަޅަނީ
ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް!
ހުޅުމާލެ2 ގެ ބިންތަކުން ހަޓްތައް ނަގަން އަންގައިފި
ބިންތަކެއް ދިނުމުގެ ތަހުގީގަށް އޭސީސީން އާބަންކޯއަށް
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ހުޅުމާލެ 3 ހިއްކާ ސަރަހައްދުން އުޅަނދުތައް ނަގަނީ
ޖާހު ފްލެޓްތަކުގެ މަސައްކަތަށް ކޮންސަލްޓަންޓެއް ހޯދަނީ
އާބަންކޯ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ: މުއިއްޒު