Roadha Mihaaru
ޓޫރިޒަމްގެ މުވައްޒަފުންނަށް ހައުސިން އާއި ޕެންޝަން

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއަކާއި ރިޓަޔަމަންޓް ޕެންޝަން ސްކީމެއް

17 އޯގަސްޓް 2023

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދައުރުގެ ކުރީކޮޅު ހައުސިން މަޝްރޫއަކާއި ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ވެސް ތައާރަފު ކުރައްވަން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

އިފްރާޒް އަލީ ފ. ނިލަންދޫން އިފްރާޒް އަލީ

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދައުރުގެ ކުރީކޮޅު ހައުސިން މަޝްރޫއަކާއި ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ވެސް ތައާރަފު ކުރައްވަން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ ކެމްޕެއިނަށް ފ. އަތޮޅަށް ކުރައްވާ ދަތުރުގައި މިރޭ ނިލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ވިއްސަކަށް ހާސް ދިވެހި މުވައްޒަފުން މަސައްކަތްކުރާ އިރު، އެ މުވައްޒަފުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާއިރު ވެސް އެ މުވައްޒަފުން ބާކީ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، މީގެ ކުރިން ސިވިލް ސާވަންޓުންނާއި ޑޮކްޓަރުންނާއި ނަރުހުންނާ އަދި ޓީޗަރުން ފަދަ ދާއިރާތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާފައިވެ އެވެ. އެހެންވެ، އެ ފުރުސަތު، ރާއްޖޭގެ އިގުތިސާދުގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް އޮންނަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"...އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ ކުރީކޮޅު ފަށާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ވަކި ކެޓަގަރީއެއް ހަދައި، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ ހައުސިން ކެޓަގަރީއެއް ގާއިމްކޮށް ސޯޝަލް ހައުސިން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ސިޔާސަތުގައި ހިމެނޭ ކަމެއް ކަން މިރޭ އިއުލާންކޮށްލަން،" މާލޭގެ މޭޔަރު ކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

"އެ މުވައްޒަފުން ކުރާ މަސައްކަތުން ލިބޭ އެއްޗަކުން އަޅުގަނޑުމެންނަށް އާމްދަނީ މި ލިބެނީ."

މުއިއްޒު ވިދާޅުވި ގޮތުގައި، ޓޫރިޒަމްގެ ދާއިރާގެ ކުންފުނިތައް ހިންގާ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގައި ވެސް މަޝްވަރާކޮށް، ކަމާބެހޭ ގާނޫނާއި ގަވާއިދު ހަދައިގެން، އެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އިތުރު ބެނެފިޓްތައް ލިބޭ ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ވެސް އޭނާގެ ވެރިކަމެއްގައި ތައާރަފުކުރައްވާނެ އެވެ.

ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށްގެން އުނދަގުލެއް ނުވާނެ

އޭނާގެ ވެރިކަމެއްގައި ސްކޫލްތަކުގެ ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް، ޑިސެމްބަރު މަހަށް އަލުން ބަދަލުކުރައްވާނެ ކަމަށް ރޭ ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް، އެއީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ވެސް ވަރަށް ބޮޑަށް އެދިގެން ގެނައި ބަދަލަތަކަށް ވާތީ، އެ މުވައްޒަފުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކަންބޮޑުވުންތަކަށް މިރޭ މުއިއްޒު ޖަވާބު ދެއްވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މުއިއްޒު ދެއްވި ޔަގީން ކަމަކީ ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށްގެން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް އެއްވެސް އުނދަގުލެއް ނުވާނެ އެވެ. ރޭގައި އޭނާ ދެއްކެވި ވާހަކައިން ބައެއް މީހުންނަށް އޮޅުންތަކެއް އެރީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން، ހަމަ އަހަރުގެ މެދު ތެރޭގައި، ހަތަރު ހަފުތާގެ ސްކޫލް ބަންދެއް ހަމަޖައްސާނެ ވާހަކަ. ހަތަރު ހަފުތާ ލިބޭނެ ޖޫން/ޖުލައިގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެ ބަދަލު ގެންނަނީ ޓޫރިޒަމް ސިނާއަތުގެ އިސްވެރިންގެ އިތުރުން، ތައުލީމީ ދާއިރާގެ ގާބިލު ޓީމެއްގެ ލަފާގެ މަތިން ކަމަށެވެ.