Roadha Mihaaru
މަގޫދޫ ފަޅުގައި ތިން ރިސޯޓު ހަދައި އާމްދަނީ އަތޮޅަށް

މަގޫދޫ ފަޅުގައި ތިން ރިސޯޓު ހަދައި އާމްދަނީ އަތޮޅަށް ލިބޭ ގޮތް ހަދައިދޭނަން: މުއިއްޒު

18 އޯގަސްޓް 2023

މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ފ. މަގޫދޫ ފަޅުގައި ތިން ރިސޯޓު ހަދައި އެ ރިސޯޓުތަކުން ލިބޭ ކުލީގެ ފައިސާ އަތޮޅުގެ ހުރިހާ ރަށަކަށް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ފ. ނިލަންދޫން އިފްރާޒް އަލީ

މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ފ. މަގޫދޫ ފަޅުގައި ތިން ރިސޯޓު ހަދައި އެ ރިސޯޓުތަކުން ލިބޭ ކުލީގެ ފައިސާ އަތޮޅުގެ ހުރިހާ ރަށަކަށް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް ފ. ނިލަންދޫގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި އެ އަތޮޅުގެ އެހެން ރަށްތައް ކަމަށްވާ މަގޫދު އާއި ފީއައްޔާއި ބިލެތްފަހި އަދި ދަރަނބޫދޫގައި ތިބި އޭނާގެ ސަޕޯޓަރުން ބައިވެރިވި އެވެ. އެ ހުރިހާ ރަށަކަށް މުއިއްޒުގެ ސަރުކާރެއްގައި ކޮށްދެއްވަން ވައުދުވެވަޑައިގަންނަވާ ކަންކަން ވެސް ރޭގެ ޖަލްސާގައި މުއިއްޒު ހުށަހެޅުއްވި އެވެ.

މަގޫދުއަކީ ވަރަށް ބޮޑު ފަޅެއް އޮންނަ ރަށެއް ކަމަށާއި އެ ރަށް ކައިރިން ހިއްކައިގެން ރިސޯޓެއް ހަދައިފި ނަމަ އެ ރަށާއި އަތޮޅަށް ވެސް އިގުތިސާދީ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މުއިއްޒު ދެކެވަޑައިގަންނަވަ އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެހެންވީމާ އޭގެ ސަބަބުން ވާނެ ކަމަކީ ރަށަށް ކުރިއެރުން ލިބޭނެ. ހަމައެކަނި ހަރަދުކުރާ ވަރެއް ނޫން އަޅުގަނޑުމެން ދައްކަން ޖެހޭނީ. އިގުތިސާދީ ގޮތުން އެކި ކަހަލަ މަޝްރޫއުތައް ހިންގައިގެން ރަށާއި އަތޮޅަށް ފައިދާވާނެ ކަންކަން އަޅުގަނޑުމެން ގެނެސްދޭން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

"މި ކަމަކީ މަގޫދޫ ފަޅު ތެރެއިން އަޅުގަނޑުމެންނަށް ހާސިލްކުރެވެން އޮތް ކަމެއް."

މުއިއްޒު ވިދާޅުވި ގޮތުގައި ރިސޯޓުތަކުން ލިބޭ ކުލި މިހާރު ވަންނަނީ ދައުލަތުގެ އާމްދަނީގެ ތެރެއަށެވެ. ނަމަވެސް، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެ ކަމަށް ބަދަލު ގެނެސް، ފ. އަތޮޅުގެ ހުރިހާ ރަށްތަކަށް އެ އާމްދަނީ ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި މުއިއްޒު ވަނީ ފ. އަތޮޅުގެ ރަށްތަކަށް "ވައުދުގެ ލިސްޓެއް" ހުށަހަޅުއްވައިފަ އެވެ.

ރަށްރަށުގެ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކައި ހައުސިން މަޝްރޫއުތައް ހިންގުމާއި ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމާއި ސްކޫލުތަކުގެ ޖާގަ އިތުރުކޮށްދިނުމާއި މަލްޓިޕާޕަސް ހޯލުތައް ހެދުމާއި ފުޓުބޯޅަދަނޑު ހެދުމާއި ކުޅިވަރުގެ އެހެން ވަސީލަތްތައް ފަހިކޮށްދިނުމާ އަދިވެސް ވަރަށް ގިނަ އިތުރު ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.