Roadha Mihaaru
ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ސްކީމުގައި އެމްޕީއެލް!

ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމު"ގައި އެމްޕީއެލް ބައިވެރިވެއްޖެ

17 އޯގަސްޓް 2023

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމު" ގައި އެމްޕީއެލް އިން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމު" ގައި އެމްޕީއެލް އިން ބައިވެރިވެއްޖެ އެވެ.

އެމްޕީއެލް އިން ބުނީ، މި ސްކީމުގައި ބައިވެރިވީ އެކުންފުނީގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާއަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަހިކޮށްދިނުމަށް ކަމަށެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރީ އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރީ ސީއީއޯ ނަޖީލް އަހުމަދެވެ.

މި ސްކީމުގައި ބައިވެރިވާ މުވައްޒަފުންނަށް ހައްޖާއި އުމްރާއަށް ދިއުމަށް ކޮންމެ މަހަކު ވެސް މުސާރައިން ވަކި އަދަދެއް ކަނޑާނެ އެވެ. އަދި މުސާރައިން ކަނޑާ އަދަދު ކަނޑައަޅާނީ އެ މުވައްޒަފެކެވެ.

އެމްޕީއެލް އިން މިހާރު ވެސް އަންނަނީ އެކުންފުނީގެ މުވައްޒަފުންނަށް ހައްޖާއި އުމްރާއަށް ދިއުމުގެ ފުރުސަތުތައް ކޮންމެ އަހަރަކު ވެސް ދެމުންނެވެ. އެގޮތުން މިއަހަރު ވެސް ތިން މުވައްޒަފުން ހައްޖުގެ އަޅުމަކަށް ފޮނުވާފައިވެ އެވެ.