Roadha Mihaaru
ދެ ޕާޓީގެ ހަމަނުޖެހުމެއްގައި ދެ މީހެއްގެ ބޯ ފަޅާލައިފި

ގުރައިދޫގައި ޕީޕީއެމާއި އެމްޑީޕީ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދެ މީހެއްގެ ބޯފަޅާލައިފި

19 އޯގަސްޓް 2023

އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް ކ. ގުރައިދޫގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް މިއަދު ހަވީރު ހިންގައި، ދެ މީހެއްގެ ބޯފަޅާލައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް ކ. ގުރައިދޫގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް މިއަދު ހަވީރު ހިންގައި، ދެ މީހެއްގެ ބޯފަޅާލައިފި އެވެ.

މި ހަމަނުޖެހުން ހިންގީ މުއިއްޒު ވަޑައިގަންނަވާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީ އަށް ސަޕޯޓްކުރާ ބަޔަކު ނުކުތުމުންނެވެ. އެ މުޒާހަރާގެ ބައިވެރިންނާއި މުއިއްޒަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންނާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކޮށް، އެންމެ ފަހުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވީ އެވެ.

ވަކި ހިސާބަކުން އެއް ބަޔަކު ގަޔަށް އަތްލައި މާރާމާރީ ހިންގަން ފެށި އެވެ. އެ ތަޅާފޮޅުމުގެ ތެރެއިން އެމްޑީޕީ އާއި ޕީޕީއެމްގެ ދެ ސަޕޯޓަރެއްގެ ބޯ ފަޅައިލި އެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުންނާއި ދެ ޕާޓީގެ ސަޕޯޓަރުންނާ ދެމެދު ވެސް ކުރިމަތިލުން ހިނގި އެވެ. މިހާރު ހަމަނުޖެހުން ކޮންޓްރޯލްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް އުމުރުން 22 އަހަރުގެ ޒުވާނަކު ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމްޑީޕީ އާއި ޕީޕީއެމްގެ ވާދަވެރިކަން ބޮޑު ގުރައިދޫގައި މުއިއްޒުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ބާއްވަން ވަނީ ނިންމައިފަ އެވެ.

އެ ޖަލްސާ އަށް މުއިއްޒު ގުރައިދު އަށް ވަޑައިގަތީ މިރޭ ހަތެއް ޖަހަން އުޅެނިކޮށެވެ. އޭރު އޮތީ ހަމަނުޖެހުން ކޮންޓްރޯލްކޮށްފަ އެވެ.