Roadha Mihaaru
ރާ ކައްކައި އެއިން ވިޔަފާރިކުރާ ބަޔަކު ހައްޔަރުކޮށްފި

ރާ ކައްކައި އެއިން ވިޔަފާރިކުރާ އިންޑިއާ ބަޔަކު ހައްޔަރުކޮށްފި

20 އޯގަސްޓް 2023

މާލޭގައި ރާ ކައްކައި އެއިން ވިޔަފާރި ކުރަމުންދިޔަ ކަމަށް ތުހުމަތުވާ އިންޑިއާ ތިން މީހަކު ގިނަ އަދަދެއްގެ ރަލާ އެކު ހައްޔަރުކޮށްފި އެވެ.

މާލޭގައި ރާ ކައްކައި އެއިން ވިޔަފާރި ކުރަމުންދިޔަ ކަމަށް ތުހުމަތުވާ އިންޑިއާ ތިން މީހަކު ގިނަ އަދަދެއްގެ ރަލާ އެކު ހައްޔަރުކޮށްފި އެވެ.

ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އެ ތިން މީހުންގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް ދީފަ އެވެ. ހައްޔަރުކުރީ 48 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 22 އަހަރުގެ ފިރިހެނެކެވެ.

އެމީހުން ބަންދުކުރަން ނެރުނު އަމުރުގައިވާ ގޮތުން، އެ މީހުން ދިރިއުޅޭ ގޭގެ ގްރައުންޑް ފްލޯގެ ކޮޓަރިއަކުންނާއި އެ ގޯޅިގަނޑުގައި ހުންނަ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ތެރެއިން ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެހި ފެނިފައިވެ އެވެ.

އެއީ 500 އެމްއެލްގެ 273 ފުޅި އާއި ފަސް ލިޓަރުގެ 4 ފުޅި އާއި ޖޭމްސަން ބްރޭންޑްގެ ތިން ފުޅި އެވެ. މީގެ އިތުރަށް ބަނގުރާ ކެއްކުމަށް އެތަނުގައި ސެޓަޕް ހަދާފައިވާ ކަމަށް ވެސް ފުލުހުންނާ ހަވާލާދީ އަމުރުގައި ބުނެފައިވެ އެވެ.

އަމުރުގައިވާ ގޮތުން، ފުލުހުން އެ ތަން ފާސްކުރިއިރު ބަނގުރާ ކެއްކުމަށް އެއްޗެހި އަޅައި ތައްޔާރުކޮށްފައިވާ 36 ޓައްޕު ފެނުނެވެ. އެ ތަކެތި ފެނުނު ތަނުގެ ތަޅުދަނޑު މި ތިން މީހުންގެ އަތުން ވެސް ފެނިފައިވެ އެވެ.