Roadha Mihaaru
އަސްލަމްގެ ފުރަތަމަ ދަތުރުން އައްޑޫ ގުގުމާލައިފި

ރަނިންމޭޓް އަސްލަމްގެ ފުރަތަމަ ދަތުރުން އައްޑޫ ގުގުމާލައިފި

21 އޯގަސްޓް 2023

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓްގެ ހައިސިއްޔަތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ފުރަތަމަ ފަހަރަށް މިރޭ އައްޑު އަށް ވަޑައިގަތުމުން އޭނާ އަށް ތާއީދު ކުރަން ވަރަށް ގިނަ ބަޔަކު ނުކުމެ އަސްލަމަށް އޮތް ލޯބި ބަންޑުންކޮށްލައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓްގެ ހައިސިއްޔަތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ފުރަތަމަ ފަހަރަށް މިރޭ އައްޑު އަށް ވަޑައިގަތުމުން އޭނާ އަށް ތާއީދު ކުރަން ވަރަށް ގިނަ ބަޔަކު ނުކުމެ އަސްލަމަށް އޮތް ލޯބި ބަންޑުންކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގައި މެދުނުކެނޑި 20 ވަނަ އަހަރު ހޭދަކުރައްވަމުން ގެންދަވާ އަސްލަމް މިރޭ އިރާކޮޅު އައްޑު އަށް ވަޑައިގަންނަވާތީ އެ އަށް ވުރެ މާ ކުރިން ގަން އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދަށް ގިނަ ބަޔަކު ނުކުމެ ކިއު ހެދި އެވެ. އެ ކިއު ގަމުގައި ހުންނަ ހަމައެކަނި ރެސްޓޯރަންޓް ފަހަނައަޅައި ހެދި ކަމަށް އަސްލަމްގެ ސަޕޯޓަރަކު ބުންޏެވެ.

"ރައީސް އިބްރާހިމް މުހައްމދު ސޯލިހު އެންމެ ފަހުން އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި މަރުހަބާ ކިޔަން މަރަދޫ ބަނދަރު ސަރަހައްދަށް އެއްވި އަދަދަށް ގާތްގަނޑަކަށް މިރޭ މީހުން ނުކުތް. ވަރަށް ފޯރީގައި ސަޕޯޓަރުން ތިބީ،" އޭނާ ބުންޏެވެ.

"ރައީސް ވަޑައިގަތަސް ނުކުންނާނެ ވަރަށް މިރޭ އެ ނުކުތީ."

އަސްލަމާ ސަލާން ކުރަމުން ބައެއް މީހުން ބައްދާލައި އުފަލުން ނަށަމުން ދިޔަ ތަން ވެސް ވީޑިއޯތަކުން ފެނުނެވެ.

އަސްލަމަކީ އައްޑުއާ ގާތްގުޅުމެއް އޮންނަ ހާއްސަކޮށް، ހިތަދޫ އުތުރު ދާއިރާގެ ސަޕޯޓް ބޮޑު ބޭފުޅެކެވެ. މަޖިލިހުގައި ހަތަރުވަނަ ދައުރު އޭނާ އަދާކުރައްވަނީ އެ ތާއީދާ އެކު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯއްދަވަން އައްޑު އަށް ވަޑައިގަނެ، މާ ގިނައިރުތަކެއް ނުވެ އަސްލަމް ވަނީ ދޮރުދޮރަށް ހިންގަވަން ފައްޓަވައިފަ އެވެ.

އަސްލަމަށް އައްޑޫން މިރޭ މަރުހަބާ ކިޔަނީ.

އަސްލަމަށް އައްޑޫން މިރޭ މަރުހަބާ ކިޔަނީ.

އަސްލަމަށް ރަނިންމޭޓްކަން ދެއްވިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. އޭގެ ފަހުން އަސްލަމް ގެންދަވަނީ އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސާ ވަކިން ވެސް އެކި ރަށްރަށަށް ވަޑައިގަންނަވަމުންނެވެ.

އަސްލަމްގެ އިތުރުން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމދު މުއިއްޒު މިއަދު ހަވީރު އައްޑު އަށް ވަޑައިގަތުމުން ވެސް ވަރަށް ގިނަ ބަޔަކު ގަން އެއާޕޯޓަށް ޖަމާވެ، ތާއީދު އޮތްކަން ހާމަިުރި އެވެ. މިއީ ފަހަކަށް އައިސް ޕީޕީއެމްގެ ސަޕޯޓަރުންތަކެއް މިހާ ގިނަ އަދަދަކަށް އައްޑޫގައި އެއް ތަނަކަށް ޖަމާވި ފަހަރު ކަމަށް މުއިއްޒަށް ތާއީދުކުރާ މީހުން ބުންޏެވެ.