Roadha Mihaaru
ދެވަނަ ބުރުން ހަދާ ކޯލިޝަން ރޫޅޭނެ،އެއްބުރުން ނަގާނަން

ދެވަނަ ބުރުގައި ހަދާ ކޯލިޝަން ރޫޅޭނެ، އެއް ބުރުން އިންތިހާބު ކާމިޔާބު ކުރާނަން: ރައީސް

22 އޯގަސްޓް 2023

ދެވަނަ ބުރުގައި ކޯލިޝަން ހަދައިގެން އަންނަ ސަރުކާރުތައް ރޫޅޭނެ ކަމަށާއި އެހެންވެ، ފުރަތަމަ ބުރުގައި އެހެން ޕާޓީތަކުން އެމްޑީޕީއާ ގުޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގޮވާލައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދެވަނަ ބުރުގައި ކޯލިޝަން ހަދައިގެން އަންނަ ސަރުކާރުތައް ރޫޅޭނެ ކަމަށާއި އެހެންވެ، ފުރަތަމަ ބުރުގައި އެހެން ޕާޓީތަކުން އެމްޑީޕީއާ ގުޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގޮވާލައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ބ. ކެންދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި އިންތިހާބުގައި ސީރިއަސް ކަމާ އެކު އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރަނީ މަދު ކެންޑިޑޭޓުންތަކެއް ކަމަށާއި އަދި ގިނަ ކެންޑިޑޭޓުން މަސައްކަތް ކުރަނީ ދެވަނަ ބުރުގައި ކޯލިޝަންގައި ހަދައިގެން ސަރުކާރުގެ މަގާމުތައް ހޯދަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު ދެވަނަ ބުރުގައި ކޯލިޝަން ހަދައިގެން އުފެދުނު ކޮންމެ ސަރުކާރެއް ރޫޅިގެން ދިޔައީ ކަމަށާއި 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު ވެސް ކުރީ އެ ތަޖްރިބާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އެ ކުޑަކުޑަ ވަގުތުކޮޅު ތެރޭގައި ނުލިބޭ ރަނގަޅު މަޝްވަރާއެއް ކޮށްލާނެ ފުރުސަތެއް. ދެން ޖެހެނީ އެއްޗެއްގައި ސޮއިކޮށްގެން ސަރުކާރެއް ފޯމްކުރަން. މާ ގިނަ ދުވަހެއް ނުވޭ. އެންމެ ފުރަތަމަ 21 ދުވަސް ނުވެ ކޯލިޝަން ރޫޅިގެން ދިޔައީ. ދެހާސް ތޭރައިގައި ވެސް ވީ އެހެން." ރައީސް ވިދާޅުވި އެވެ.

ފުރަތަމަ ބުރުން އެމްޑީޕީ އަށް އިންތިހާބު ކާމިޔާބުވާނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވި ގޮތުގައި ދެން ތިބި ކެންޑިޑޭޓުންނަށް މިހާރު ވެސް އެމްޑީޕީއާ ގުޅުމުގެ ފުރުސަތު އެބައޮތެވެ. އަދި އެ ޕާޓީތަކަށާއި ގައުމަށް ފައިދާ ހުރި ގޮތަކީ އެއީ ކަމަށާއި އަދި 2018 ވަނަ އަހަރު އަމަލުކުރީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ޕާޓީތަކަށް ވެސް ފައިދާ ހުރިގޮތަކީ އެއީ. ދެވަނަ ބުރަކަށް އިންތިހާބު ގެންގޮސްގެން ބައި ނަގަން ނޫޅުއްވުން. އިރާދަކުރެއްވިއްޔާ އެގޮތަކަށް ނުވާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ގިނަ ޕާޓީތައް އެކުލެވޭ ސަރުކާރެއްގައި ހިޔާލު ތަފާތުވުންތައް ހުންނާނެ އެވެ. ނަމަވެސް މި ސަރުކާރުގެ ކޮންމެ ކަމެއްގައި ވެސް އަމަލުކުރީ ޕާޓީތަކުގެ މަޝްވަރާއާ އެކު ކަމަށާއި އަދި ސަރުކާރު މިހާތަނަށް ދެމިގެން ދިޔައީ ވެސް އެގޮތަށް އަމަލު ކުރުމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2013 ވަނަ އަހަރުގެ އިންތިހާބަށްފަހު ކުރި ތަޖްރިބާތައް އަލުން ކުރަން ޖެހިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު އެއް ބުރުން ކާމިޔާބުވާނެ ކަމާ މެދު ޔަގީންކަން އޮތް ނަމަވެސް އެމްޑީޕީ އާއި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ބައިވެރިވުމާ އެކު ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.