އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ޖެނުއަރީ 28ގައި ބާއްވަން ނިންމައި ކުރިމަތިލާން ހުޅުވާލައިފި އެވެ.
18 ޑިސެމްބަރ 2022
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ޖެނުއަރީ 28ގައި ބާއްވަން ނިންމައި ކުރިމަތިލާން ހުޅުވާލައިފި އެވެ.
ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ޕްރައިމަރީގައި ވާދަކުރައްވަން އެމަނިކުފާނުގެ ޓީމުތަކާ އެކު މަސައްކަތް ކުރައްވަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް މި ހުޅުވާލީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި ޕާޓީގެ ރައީސް ނަޝީދުގެ ފެކްޝަނުގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށެވެ. ދެ ފަޅިން ވެސް ވަނީ ޕްރައިމަރީ ކެމްޕޭނުގެ މަސައްކަތްތައް ފަށައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ހަރަކާތްތައް ނުރަސްމީކޮށް ހިންގަނީ ކުރިން ވެސް އެމަނިކުފާނުގެ ކެމްޕޭން މައި އޮފީހުގެ ގޮތުގައި ބޭނުންކުރި ސޯލްޓް ކެފޭގަ އެވެ. ނަޝީދުގެ އަރިސް މެމްބަރުން ގެންދަވަނީ އިލެކްޝަންސްގެ ދަފްތަރުގައި ނެތުމުން، އެމްޑީޕީން ވަކިކުރި ގިނަ ބަޔަކު ޕާޓީއަށް ވެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާ ކެންޑިޑޭޓުން 500 މެމްބަރުންގެ ތާއީދު ފޯމު ހުށަހަޅަން ޖެހެ އެވެ. މި ފޯމުތަކާ އެކު ޑިސެމްބަރު 24ގެ ހަވީރު ހަތަރެއްގެ ކުރިން ޕްރައިމަރީގައި ވާދަކުރުމުގެ ފޯމު ހުށަހަޅަން ޖެހެ އެވެ.
- ޕްރައިމަރީގެ ފޯމު ބަލައިގަތުމުގެ ފަހު ދުވަހަކީ ޑިސެމްބަރު، 24
- ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު ޑިސެމްބަރު 26 ގައި އިއުލާންކުރާނެ
- ޕްރައިމަރީގެ ވޯޓާސް ލިސްޓު ޑިސެމްބަރު 28 ގައި އާއްމުކުރާނެ
- ޑިސެމްބަރު 31 ގައި ޝަކުވާއަށް ހުށަހެޅުމުގެ ފުރުސަތު ހަމަވާނެ
- ޖެނުއަރީ 10 ގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނެ
އެމްޑީޕީގެ އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާގައި އޮތީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ނުވަތަ ސަރުކާރުގެ އެންމެ މަތީ ވެރިޔާ ހޮވުމަށް ބާއްވާ އިންތިހާބުގައި ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވާނީ ޕާޓީގެ ހުރިހާ މެމްބަރުންނަށް ހުޅުވާލައިގެން ބާއްވާ އިންތިހާބެއްގައި ކުރިމަތިލާ މެމްބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ފަރާތް" ކަމަށެވެ. މިގޮތަށް ބާއްވާ އިންތިހާބުގެ ކަންތައް އިންތިޒާމްކޮށް ބަލަހައްޓަންވާނީ ގައުމީ މަޖިލީހުން އިންތިހާބުކުރާ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ.
- އެމްޑީޕީގައި 2007 އިން ފެށިގެން ބޭއްވި ހުރިހާ ޕްރައިމަރީއެއްގައި ނަޝީދު ވާދަކުރެއްވި.
- 2018 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއަށް ފަހު, އަދި ރާއްޖޭގެ ސިޔާސީ ޕާޓީއެއްގައި ފުރަތަމަ ފަހަރަށް ރައީސްކަން ކޮށްފައިވާ އަދި މިހާރު ރައީސްކަމުގައި ހުންނެވި ފަރާތަކާ ވާދަކުރާ ރިޔާސީ ޕްރައިމަރީއެއް.
- އެމްޑީޕީގެ ތެރޭގައި ދެ ރައީސުންގެ ކޯޅުމާއި ހިޔާލު ތަފާތުވުންތަކުގެ އިތުރަށް މުޅި ސިޔާސީ ޕާޓީގެ ނިޒާމަށް ވެސް އަލަށް ތަޖުރިބާކޮށްލަން ފެންނާނެ މަންޒަރެއް.
- އެމްޑީޕީގެ އެތެރޭގެ އެހެން ޕްރައިމަރީތަކަށް ފަހު ބަލިވާ ކެންޑިޑޭޓް މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް ނާރާ މައްސަލަ ބޮޑު.
- ދެ ފެކްޝަނުގެ ކެމްޕޭނަށް ފަހު މޮޅުވާ ރައީސެއްގެ ފަހަތުގައި ބަލި ގަބޫލުކޮށް މަސައްކަތް ކުރައްވާނެތޯ އުފެދޭ ސުވާލަށް ޖަވާބު ލިބޭނެ.
- ދެ ފެކްޝަނުގެ އާއްމު މެމްބަރުން ނަތީޖާ ބަލައިގަނެ ބަދަހިކަމާ އެކު ކެމްޕޭންގައި އުޅޭނެތޯ ތަޖުރިބާކޮށްލަން ލިބޭ ފުރުސަތެއް.
ދެ ރައީސުން ވާދަކޮށް، އެމްޑީޕީން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ހޮވާ ޕްރައިމަރީއަކީ އެ ޕާޓީގެ ހަޔާތުގައި މިހާތަނަށް އަންނާނެ ސިޔާސީ އެންމެ ވަރުގަދަ ހަރަކާތެވެ.
ދެ ރައީސުންގެ ހިޔާލުތަފާތުވުން ބޮޑުވެ، ގުޅުން އޮތީ ގޯސްވެފަ އެވެ. މި ހިތްހަމަނުޖެހުމުގެ ފެށުމަކީ ބަރުލަމާނީ ނިޒާމެވެ. ދައުރުގެ މެދުތެރެއިން ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ނަޝީދު ބޭނުންފުޅުވެ އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގަތެވެ. އެކަމަކު، އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖާގަ ނުދެއްވީ އެވެ.
އެކަން ކުރެއްވެން އޮތީ، ގާނޫނުއަސާސީ އިސްލާހުކޮށް، ރައްޔިތުންގެ ވޯޓަކުންނެވެ. އެ މަގަށް، މަސައްކަތްކުރަން އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވެސް ދެކޮޅު ހެދީ އެވެ.
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ނަޝީދުގެ ކެމްޕޭން ޓީމުގެ ތުހުމަތު: ވަގު ވޯޓު އެޅި!
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ނަތީޖާ
ނަޝީދު، ޕްރައިމަރީގައި ވާދަކުރައްވަނީ
މިފަހަރު ރައީސަށް ތާއީދު ކުރެވޭކަށް ނެތް: ނަޝީދު
30 ޕަސެންޓަކީ ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ފާސްކޮށްފިނަމަ އަންނަމަހު ނިޒާމީ ވޯޓަށް އެހޭނެ: ރައީސް