Roadha Mihaaru
"މިހާލަތަށް އައީ ޔާމީންގެ ސިޔާސަތު ތަންފީޒު ނުކުރުީމަ"

މުއިއްޒަށް ފާޑުކިޔާތީ އަދުރޭގެ ރައްދު: ރާއްޖެ މި ހާލަތަށް އައީ ޔާމީންގެ ސިޔާސަތު ތަންފީޒު ނުކުރީމާ

23 އޯގަސްޓް 2023

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ ތަންފީޒު ކުރައްވާނީ އެ ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތައް ކަމަށް ބުނެ ވާދަވެރި ކެންޑިޑޭޓުން އަމާކުރާ ފާޑުކިޔުންތަކަށް އެ ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ރައްދު ދެއްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ ތަންފީޒު ކުރައްވާނީ އެ ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތައް ކަމަށް ބުނެ ވާދަވެރި ކެންޑިޑޭޓުން އަމާކުރާ ފާޑުކިޔުންތަކަށް އެ ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ރައްދު ދެއްވައިފި އެވެ.

މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދާ ދަތުރުގައި އެ އަތޮޅުގެ ކަނޑިތީމަށް މިއަދު ވަޑައިގެން ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުން ބުނަމުންދަނީ ޑރ. މުއިއްޒު މުޅިން ވެސް ދައްކަވަނީ ޔާމީންގެ ސިޔާސަތުތަކެއް ތަންފީޒު ކުރައްވާ ވާހަކަ އާއި ވަކި ބޭފުޅަކު ޖަލުން މިނިވަންކުރާ ވާހަކަ ކަމަށެވެ.

"މުއިއްޒުގެ ނެތެއްނޫންހޭ ސިޔާސަތެއް. ރައީސް ޔާމީންގެ ސިޔާސަތު ނަގަހައްޓަވާ ވާހަކައޭ ދައްކަވަނީ. ރައީސް ޔާމީން މިނިވަންކުރާ ވާހަކައޭ ދައްކަވަނީ،" އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑު އެ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، މި ގައުމު މި އޮތް ހާލަތަށް އައީ އެ ބޭފުޅުން ރައީސް ޔާމީންގެ ސިޔާސަތު ތަންފީޒު ނުކުރެއްވީމަ އޭ."

ށ. ކަނޑިތީމުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ކަނޑިތީމުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަދުރޭ ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު މި ސަރުކާރު ވެރިކަމަށް އައިސް އޭގެ ކުރީ ފަސް އަހަރު ޔާމީން ގެންގުޅުއްވި ސިޔާސަތުތައް ތަންފީޒު ކުރި ނަމަ ދިވެހިން މިހާރު ތިބި ހާލަތަށް ދާން ނުޖެހުނީސް އެވެ.

އެހެން ގައުމުތައް މިސާލެއްގެ ގޮތުގައި ނަންގަވައި، އަދުރޭ ވިދާޅުވީ އެ ގައުމުތަކުގައި ވެރިން ބަދަލުވުމަކީ ގައުމުގެ މައިގަނޑު ސިޔާސަތުތަކަށް ބަދަލު އަންނަ ކަމެއް ނޫން ކަމަށެވެ. އެއީ ރާއްޖެއާ އަޅާބަލާއިރު، އެހެން ގައުމުތައް ކުރިއަރައި ސަބަބު ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖެ ތަރައްގީވެ، ކުރިއަރައިގެން ދިޔަ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އިގުތިސޯޯދު ދަށަށް ގޮސް ތަކެތީގެ އަގު އުފުލި ރައްޔިތުން ނިކަމެތިވެގެން ގޮސްފައިވާ ކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޔާމީންގެ ކެބިނެޓުގައި ހައުސިން މިނިސްޓަރު ކަމުގައި މުއިއްޒު ހޭދަކުރެއްވި ފަސް އަހަރު، އެ މަނިކުފާނުގެ ސިޔާސަތުތަކުން ގައުމު ކުރިއަރައި، ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެވުނުކަން މުއިއްޒަށް ވަނީ ވަރަށް ގާތުން ފެނިވަޑައިގެންފަ އެވެ.

ޔާމީންގެ ސިޔާސަތުތައް ތަންފީޒު ކުރައްވާނެ ވާހަކަ މުއިއްޒު ވިދާޅުވަމުން ގެންދަވަނީ އެހެންވެ ކަމަށް އަދުރޭ ވިދާޅުވި އެވެ.