Roadha Mihaaru
އަދީބުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ބޭސްފަރުވާ އަށް އަދީބަށް ދިން މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

29 އޯގަސްޓް 2023

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރުމަށް ދިން މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރުމަށް ދިން މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

ޑޮކްޓަރުންގެ ލަފައާއެކު ބޭރުން ފަރުވާ ހޯއްދަވަން އަދީބު ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ. ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީގެ ބެލުމުގެ ދަށުން އެ ގައުމަށް ވަޑައިގަތުމުގެ ހުއްދަ ފުރަތަމަ ދިނީ 10 ދުވަހަށެވެ.

ނަމަވެސް ފަހުން ދިން މުއްދަތު އިއްޔެ ހަމަވުމުން އަނެއްކާ ވެސް އިތުރުކޮށްފައިވެ އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބޭސްފަރުވާ އަށް ދިން މުއްދަތު އަންނަ މަހުގެ 15އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ފުރާނަ އަށް ނުރައްކާވާ ފަދަ، ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަން އަދީބަށް ޖެހުނީ 2015 އަހަރުން ފެށިގެން އޭނާ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރު ކަމަށް އޭނާގެ ޕާޓީ، އެމްޓީޑީން ބުނެ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 2020 ވަނަ އަހަރު އެވެ. އެކަމަކު ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު އެ ހުކުމަށް ފަހު އަދީބު، ޖަލު ބަންދުން، ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ބުނެ އެވެ. އަދީބު ވަނީ ޕެރޯލްގެ ދަށުން ޖަލު ހުކުމްގެ ލުޔަކަށް ވެސް އެދިފަ އެވެ. ނަމަވެސް، އެ ފުރުސަތު އަދި ދީފައެއް ނުވެ އެވެ.