Roadha Mihaaru

އަދީބު ރާއްޖެ އިން ބޭރުގައި ހުންނަވާ މުއްދަތު އަންނަ މަހުގެ 28 އާ ހަމައަށް އިތުރު ކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމުގެ މުއްދަތު އަންނަ މަހުގެ 28 އާ ހަމައަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު އިތުރުކޮށްދީފި އެވެ.

އަދީބު ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތު އިތުރުކޮށްފި
މޫސާ ރަޝީދު
މޫސާ ރަޝީދު

25 ޖުލައި 2023

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމުގެ މުއްދަތު އަންނަ މަހުގެ 28 އާ ހަމައަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު އިތުރުކޮށްދީފި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް އިއުތިރާފުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް ގޭބަންދަށް ބަދަލުކޮށްފައިވާ އަދީބު ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ހަފުތާގަ އެވެ.

އޭނާ ރާއްޖެ އިން ބޭރުގައި ހުންނަވަން ކަރެކްޝަންސް އިން ފުރަތަމަ ދިނީ ޑޮކްޓަރުންގެ ލިޔުންތަކަށް ބަލައި 10 ދުވަހެވެ.

އެކަމަކު، އެ އިދާރާ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ރާއްޖެ އިން ބޭރުގައި ބޭސްފަރުވާ ކުރުމަށް ހުންނަވަން ދިން މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ރިއާޔަތްކޮށް، އޭނާ އަށް ދީފައިވާ ހުއްދަ އަންނަ މަހު 28 އާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.