31 އޯގަސްޓް 2023
މާލެ އަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ އާއި ބޯހިޔާވަހިކަމުގެ ދަތިކަން އެކު އެކީގައި ހައްލުކުރެވޭނެ ބޯހިޔާވަހިކަމުގެ ސިޔާސަތެއް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވައިފި އެވެ.
މާލެ އަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ އާއި ބޯހިޔާވަހިކަމުގެ ދަތިކަން އެކު އެކީގައި ހައްލުކުރެވޭނެ ބޯހިޔާވަހިކަމުގެ ސިޔާސަތެއް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވައިފި އެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް އޭނާ ހުށަހެޅުއްވި "ގްރޭޓާ މާލެ އޭރިއާގެ ތަސައްވުރު - ވެށިފަހި މާލެ" ގެ އެންމެ މުހިންމު ބޭނުމެއް ކަމަށް ބުނެފައިވަނީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، މާލޭގައި ދިރިއުޅޭ ކޮންމެ މީހަކަށް "ހިތްފަހި ހާސްކަމެއް ނެތް ރައްކާތެރި ދިރިއުޅުމެއް" ހޯދައިދިނުމެވެ.
މިހާރު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ މާލެ އަށް ކުރިމަތިވެފައިވާ މި މައްސަލަތަކަށް އަވަސް ހަލެއް ގެނެވޭނެ ސިޔާސަތެއް ނޫން ކަމަށާއި ބޭނުންވަނީ އަވަސް ހައްލެއް ކަމަށް އިލްޔާސްގެ މެނިފެސްޓޯގައި ބުނެފައި ވެ އެވެ.
"އިލްޔާސް ލަބީބު ގަބޫލުކުރަނީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވަން އިތުރު ދިހަ ފަނަރަ އަހަރު މަޑުކުރެވެން ނެތް ކަމަށެވެ. މިއީ މިހާރުން މިހާރަށް ފުރިހަމަކޮށްދޭންޖެހޭ ޒަރޫރީ ކަމެކެވެ،"" ހައްލުތައް ބަޔާންކޮށް އެކުލަވާލާފައިވާ މެނިފެސްޓޯގައި ބުނެފައިވެ އެވެ.
ކުރުމުއްދަތުގެ ތެރޭގައި ހައްލު ހޯދަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި؛
● ކަނޑައަޅާ ޕްލޭނުތަކެއްގެ ދަށުން މާލެ އަތޮޅު ހިންމަފުށި، ހުރާ އަދި ތުލުސްދޫ އަކީ ގްރޭޓާ މާލެ އޭރިއާގެ ބައެއް ކަމުގައި ކަނޑައަޅައި އެތަންތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން
● ފުރަތަމަ ފަސް އަހަރު މާލޭގެ 25،000 އަށްވުރެ ގިނަ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުން
● މާލެއިން ބޭރަށް ބަދަލުވާން އެދޭ މީހުންނަށް ބޯހިޔާވަހިކަމާއި ސެޓުލްމަންޓް އެލަވަންސް ދިނުން
● ވިލިމާލޭގައި ބިން ހުރި މީހުންގެ ތެރެއިން ހަ ބުރިއަށްވުރެ މައްޗަށް އިމާރާތްކުރަން ބޭނުންވާ މީހުން ހުޅުމާލެއަށް ބަދަލުވާން ފުރުސަތު ދިނުން
● މާލޭގައި އެންމެ ތޮއްޖެހުން ބޮޑު ކޮށިތައް ފާހަގަކޮށް އެތަންތަނުގައި ހުރި ގެތަކަށް އަދުލުވެރި ބަދަލެއް ދީ ގޯތި ނުވަނަ ކޮންޑޮމީނިއަމް ޔުނިޓެއް ދިނުން
މި ހައްލުތަކާ އެކު ބުނެފައިވަނީ، ބޭނުމަކީ އެ ކޮށިތަކުގައި "ކޮންކްރީޓް ގޮޅިތަކަށް ދިރިއުޅުން މެހިފައި ތިބި ރައްޔިޔުންނަށް ތަނަވަސް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން" ކަމަށެވެ.
އިލްޔާސް ހުށަހަޅުއްވާފައިވަނީ މި ހައްލުތައް ދެ މަރުހަލާއަކަށް ބަހާލައިގެން ކުރުމަށެވެ. ފުރަތަމަ މަރުހަލާގައި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލުމުގެ ދަށުގައި އޮތް ފަސް ކޮއްޓެއް ވަގުތުން ހުސްކޮށް 15 ބުރީގެ ކޮންޑޮމީނިއަމް އިމާރާތްތަކެއް ހަދާނެ އެވެ. މިއީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ޔުނިޓްތަކާއި ޕާކިން އާއި ފިހާރަތައް ހިމެނޭ ގޮތަށް ހަދާ ތަންތަނެވެ. މިގޮތަށް ހުސްކުރާ ކޮށިތަކުގައި 2،347 ކޮންޑޮމީނިއަމް ޔުނިޓް ހަދާނެ ކަމަށާއި މުޅި މަޝްރޫއަށް 3.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
މި ޔުނިޓްތައް ވެރިކަމުގެ ފުރަތަމަ 18 މަސް ދުވަހުގެ ތެރޭ ނިންމައި އެ ތަންތަނަށް އެންމެ ފުރަތަމަ ގެންދަން ނިންމާފައިވަނީ މާލޭގައި އެންމެ ބޮޑަށް ތޮއްޖެހިފައިވާ 10 ކޮށީގައި ހުރި ގެތަކުގެ މީހުންނެވެ. އެ ގެތަކުގައި އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވަކި ކޮންޑޮމީނިއަމް ޔުނިޓެއް އަދި އެ ކޮށިތަކުގެ ކޮންމެ ގޯއްޗަކަށް 1،000 އަކަފޫޓަށް ވުރެ ކުޑަ ނޫން ގޯއްޗެއް ވެސް ދޭނެ އެވެ.
ހުށަހެޅުމުގައި ބުނެފައިވާ ގޮތުން މާލޭގައި މީހުން އެންމެ ގިނަ 10 ކޮށީގައި ރަޖިސްޓްރީވެފައި ވަނީ އުމުރުން 18 އަހަރުން މަތީގެ 4،187 މީހުންނެވެ. މި ކޮށިތަކުގެ ބާވެފައިވާ އިމާރާތްތަކަށް ބަދަލުދީ ދައުލަތަށް ނަގާ ނަމަ އެކަމަށް ހޭދަވާނެ ކަމަށް ބެލެވެނީ ހަތަރު ބިލިއަން ރުފިޔާ ކަމަށާއި ކުދިކުދި ބިންކޮޅުތަކަށް ބަދަލުގައި ދޭން ޖެހޭނީ 2.8 ބިލިއަން ރުފިޔާ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ.
މި ސިޔާސަތުގެ ދެ ވަނަ ފިޔަވަހީގައި އިތުރު 10 ކޮއްޓެއް ހުސްކުރާތާ 18 މަސް ދުވަހުގެ ތެރޭ އިތުރު 5،147 ކޮންޑޮމީނިއަމް ޔުނިޓް ހަދައި ހައްގުވެރިންނާ ހަވާލުކުރާނެ އެވެ.
● މި ޔުނިޓްތަކުގެ ތެރެއިން 50 ޕަސެންޓް ދޭނީ މާލޭން ބިންކޮޅު ދޫކޮށްލާ މީހުންނަށް. އަދި އަނެއް 50 ޕަސެންޓް ދޭނީ މާލޭގައި ވަޒަންވެރިވެ އުޅޭ ރަށްރަށު މީހުންނަށް.
● މާލޭ ރަށްވެހިންގެ ތެރެއިން، އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދޭނެ ފަދަ އާމްދަނީއެއް ނުލިބޭ މީހުންނަށް މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް ކައުންސިލް ހައުސިން ދޭނެ
● ކައުންސިލް ހައުސިންގެ ގޮތުގައި ދެ ކޮޓަރީގެ އަދި ތިން ކޮޓަރީގެ 2،000 ފްލެޓް ހަދާނެ. މިއީ 650 އަކަފޫޓް އަދި 900 އަކަފޫޓަށް ވުރެ ކުޑަ ނޫން ތަންތަން.
ދަ ޑިމޮކްރެޓްސް ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ރަނިންގްމޭޓް ހުސެން އަމްރު އިންތިހާބުގައި ވާދަ ކުރުމަށް އިލެކްޝަނަސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވަން ދަރުބާރުގޭގައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތޮއްޖެހުން ބޮޑު ކޮށިތައް ހުސްކޮށް އާ ހައުސިން ޔުނިޓްތައް ހެދުމާ އެކު މާލޭގެ މަގުތައް ތަރުތީބުކުރުމަށް މަގުތައް ތިން ގިންތިއަކަށް ބަހާލައި ބައެއް މަގުތަކަކީ ހަމައެކަނި ސައިކަލް ދުއްވޭ މަގުތަކަށް ހަދައި އަދި ބައެއް މަގުތަކަކީ ފައިމަގުގައި އުޅޭ މަގުތަކެއް ކަމަށް ކަނޑައަަޅަން ވެސް ވަނީ ނިންމައިފަ އެވެ.
މަގުތައް މިހާރު ހަދަނީ މާ ލަސް ސްޕީޑެއްގައި ކަމަށާއި އެހެންވެ މި މަސައްކަތް އަވަސްކޮށް ޕާކިން ޖާގަތައް ހެދުމާއި އިށީނދެގެން ތިބެވޭ ގޮތަށް ހައުސިން އިމާރާތްތަކުގެ ކައިރީ ތަންތަން ހެދުން ފަދަ ކަންކަން މި ސިޔާސަތުގައި ހިމެނެ އެވެ. މީގެ އިތުރުން، ހިޔާދޭ ބޮޑެތި ގަހުގެ 300 ގަސް އެންމެ މަދުވެގެން އިންދުމާއި ސްކޫލް ބަސް ތައާރަފް ކުރުމާއި މާލެއަށް އެތެރެކުރާ ވެހިކަލްތަކަކީ މާލެއަށް އެކަށީގެންވާ ވަރުގެ ކުދި އެއްޗިއްސަށް ބަދަލުކުރުމާއި މުދާ އަރުވާ ބާލަން ހާއްސަ ވަގުތުތައް ކަނޑައެޅުން ވެސް ހިމެނެ އެވެ.
ރަށްވެހި ހިދުމަތްތަކުގެ މަންފާ އެންމެންނަށް ހަމަހަމަކަމާ އެކު ލިބޭނެ ގޮތް ހެދުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އެނދުމަތިވެފައިވާ މީހުން ފަދަ އެހީތެރިކަން ބޭނުންވާ މީހުންގެ ދަފްތަރެއް ހަދައި ޕްރައިމަރީ ހެލްތު ކެއާގެ ދަށުން މި މީހުން ދާއިމީ ގޮތެއްގައި ބަލަހައްޓަން މި ސިޔާސަތުގައި ހިމެނެ އެވެ. އަދި ދުވަސްވީ މީހުން ބެލެހެއްޓުމަށް އެލްޑާ ކެއާ ސެންޓަރުތައް ހެދުމާއި ތުއްތު ކުދިންނަށް ޑޭކެއާ ސެންޓަރުތައް ހެދުން ވެސް ހިމެނެ އެވެ.
ބޯހިޔާވަހިކަމަށް ޝަރުތަކީ 18 އަހަރުވުން: އިލްޔާސް
ޑިމޮކްރެޓްސް އެދެނީ 25 ގައި ނިޒާމީ ވޯޓު ނަގަން
ތިން މަހުގެ ކެމްޕެއިނުން ދައުލަތް ބަލިކޮށްފިން: އަމްރު
ޑިމޮކްރެޓްސް އޮތީ ޕާޓީތަކާ އެކު މަޝްވަރާއަށް ތައްޔާރަށް
މުއިއްޒާ ގުޅޭނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި
ޑިމޮކްރެޓްސްއިން ފަރުދުން ފުދުންތެރިކުރުވާނެ: އީވާ
ބޮޑުހިލައަށްވުރެ މުހިންމު ވާނީ ސިއްހަތާއި ތައުލީމް
އިލްޔާސް: ފަރުދުންގެ އާމްދަނީ އިތުރުކުރަން ޕްލޭނަކާއެކު
އިލްޔާސަށް ޔަގީން، ކޯލިޝަނާ މެދު ގޮތެއް ނުނިންމާ
އުތުރާއި ދެކުނަށް އިލްޔާސްގެ އިންގިލާބީ ހުށަހެޅުމެއް