31 އޯގަސްޓް 2023
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގެ ހާރިޖީ ސިޔާސަތުގައި ވަކި ގައުމަކަށް އިސްކަން ނުދެއްވާނެ ކަމަށް އެ ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގެ ހާރިޖީ ސިޔާސަތުގައި ވަކި ގައުމަކަށް އިސްކަން ނުދެއްވާނެ ކަމަށް އެ ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސަރުކާރުތަކުން މިހާތަނަށް ގެންގުޅެމުން އައީ "އިންޑިއާ ފަސްޓް ޕޮލިސީ" އެއް ނުވަތަ އެ ގައުމަށް އިސްކަންދޭ ސިޔާސަތަކަށް ވާއިރު، ނާޒިމްގެ ސަރުކާރެއްގައި ވެސް އެކަން އެހެން އޮންނާތޯ، "މިހާރު" އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުގައި ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ވަކި ގައުމަކަށް ހާއްސަ އިސްކަމެއް ނުދެއްވާނެ ކަމަށެވެ. އަބަދުވެސް އިސްކަން ދެއްވާނީ ދިވެހިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް ސިފައިންގޭގައި ވިއްސަކަށް އަހަރު ހޭދަކުރައްވާފައިވާ ކުރީގެ ކާނަލް ވިދާޅުވި އެވެ.
"އަޅުގަނޑު ބަލާނީ ދިވެހިންނަށް. މޯލްޑިވްސް ފަސްޓް ޕޮލިސީ އަށް ބަލާނީ. ދިވެހިންނަށް ކުރެވޭ ކަމެއް ދިވެހިން ލައްވާ ކުރުވާނީ. ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް ނޫނީ ކަމެއް ނުކުރާނަން،" ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
"އެއްވެސް ގައުމަކަށް އިސްކަން ދެވޭ އުސޫލެއް ނޯންނާނެ."
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ފެށިގެން ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއްދޭ ގައުމަކީ އިންޑިއާ އެވެ. ނަމަވެސް، މިދިޔަ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ތެރެއިން ރާއްޖެ އާއި ޗައިނާއާ ގުޅުން އިތުރުކޮށް އިންޑިއާ އޮތް ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައި ވެ އެވެ.
އެކަމަކު، މި ސަރުކާރުން ވެރިކަމާ ހަވާލު ހިސާބުން ފެށިގެން ވަނީ ރާއްޖެ-އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. ސަރުކާރުގެ ބިޔަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގައި އިންޑިއާގެ ކުންފުނިތައް ބައިވެރިކުރާ ވަރު ވަރަށް ބޮޑަށް އިތުރު ކުރި އެވެ. މި ސަރުކާރުގެ ހާރިޖީ ސިޔާސަތާ ގުޅިގެން ރާއްޖޭގެ އެތެރޭގެ ހިންގުމަށް އިންޑިއާގެ ނުފޫޒު އިތުރުވާ ކަމަށް ބުނެ، އަދި އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނެ، އިދިކޮޅުން ވަނީ "އިންޑިއާ އައުޓް" ކެމްޕެއިނެއް ވެސް ފަށައިފަ އެވެ.
އެކަމަކު، އެ ކެމްޕެއިން ފަށާފައިވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިންޑިއާ ފަސްޓް ޕޮލިސީ އޭނާގެ ވެރިކަމެއްގައި ދަމަހައްޓަވާނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމުގެ މަސައްކަތް ފައްޓަވާނެ ކަަމަށެވެ. އެންމެ ފުރަތަމަ އެކަން ކުރައްވާނީ ޑިޕްލޮމެޓިކް އުސޫލުން ކަމަށާއި އޭގެ ފަހުން އެހެން ގޮތްތައް އިހުތިޔާރު ކޮށްގެން ވިޔަސް، އިންޑިއާ ސިފައިން ރާއްޖޭން ބާލާނެ ކަމަށް ވިދާޅުވި އެވެ.
"މި ގައުމުގައި ބޭރު ގައުމެއްގެ ސިފައިންނަކަށް ނުތިބެވޭނެ. އަޅުގަނޑު އެ ސިފައިން ބާލާނަން. އެއީ މިނިވަންކަމަށް ބުރޫއަރާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، ރާއްޖޭގައި ދިވެހިން ހައްގު މަގާމަށް ގެނައުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މަޝްރޫއުތައް ހިންގުމުގައި އަބަދުވެސް އިސްކަން ދޭނީ ދިވެހިން ބޭނުންވާ ގޮތަށް ކަމަށެވެ.
"އިންޑިއާ އައުޓް" ކެމްޕޭނަކީ ބޮޑު ޖަރީމާއެއް: ނާޒިމް
ދެން އޮތީ ވިސްނައިދިނުން: ޖައިޝަންކަރު
މުއިއްޒު ހުވާކުރާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެނީ
ރާއްޖޭގެ މިނިވަންކަމަށް އިހްތިރާމްކުރަން:އިންޑިއާ ސަފީރު
ބޭރު ސިފައިން ބޭރުކުރަން ވޯޓު މުހިންމު: މުއިއްޒު
ހީވީ އާއިލާގެ ތެރެއަށް ވަދެވުނުހެން: ނާޒިމް
ފްރޭމްކުރި މައްސަލަ މާޒީކޮށް އިސްކުރީ މުސްތަގުބަލު
ޕީޕީއެމާ އެކު ކުރިއަށް ދާން އެމްއެންޕީން ނިންމައިފި
ގައުމު ކުރިއެރުވުމުގެ މަސައްކަތް ނުހުއްޓޭނެ: ނާޒިމް
ގާސިމާއި ނާޒިމަށް ލަދުވެތި ނަތީޖާއެއް!