Roadha Mihaaru
"ރަށު ރައީސް" ވަޑައިގަތުމުން ހިންނަވަރަށް އީދެއް

"ރަށު ރައީސް" ވަޑައިގަތުމުން ހިންނަވަރަށް ތާއީދުގެ އީދެއް، ދަމައިލި ސަފު "މޭލަކަށް"

31 އޯގަސްޓް 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމިއްލަ ރަށް، ޅ. ހިންނަވަރަށް އެ މަނިކުފާނު ކެމްޕެއިނަށް ވަޑައިގެންނެވުމުގެ ކުޑަވަގުތު ކޮޅެއްގެ ކުރިން ނޫސްވެރިން ތިބި ލޯންޗު މި ރަށާ ގާތްކުރި އެވެ.

މުހައްމަދު ވިޝާމް ޅ. ހިންނަވަރުން މުހައްމަދު ވިޝާމް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމިއްލަ ރަށް، ޅ. ހިންނަވަރަށް އެ މަނިކުފާނު ކެމްޕެއިނަށް ވަޑައިގެންނެވުމުގެ ކުޑަވަގުތު ކޮޅެއްގެ ކުރިން ނޫސްވެރިން ތިބި ލޯންޗު މި ރަށާ ގާތްކުރި އެވެ.

ބަނދަރުމަތީގައި ސަފު ހަދާލައިގެން އެތައް ބަޔަކު ތިއްބެވެ. ސަފުގެ ވީޑިއޯ ކޮޅެއް ނަގަން ސަފުގެ އެންމެ ކޮޅާ ހިސާބަށް ހިނގައިގަތީ އެ ނިމުނީ ކަމަށް ހީކޮށެވެ. އެކަމަކު ބަނދަރުން ފައިބައިގެން އެންމެ ވައަތުން އޮތް ގޯޅިން ލަނބާލާފައި އޮތް ސަފު ފެނިގެން، ސަފު ނިމޭ ހިސާބެއް ބަލަން އަނެއްކާ ހިނގައިގަތީމެވެ. އެ މަގުގެ ވެސް ބޮޑު ބައެއް ހިނގި ފަހުން، ކަނައަތުން އެ ތެރެއަށް ވަންނަން އޮތް ގޯޅިއާ ހަމައަށް އާދެވުނުއިރު، އެ ސަފު އަދިވެސް ކޮޅުން ނުލާކަން އެނގުނެވެ. އެ ގޯޅިން ސަފު ދަމާފައި އޮތީ އެމްޑީޕީގެ މައި ޖަގަހައާ ހަމައަށެވެ.

"އަޅުގަނޑުމެން ބޭނުންވީ އެމްޑީޕީ ޖަގަހައާ ހަމައަށް ރައީސަށް ރަތް ދޫލައިގެ ބަދަލުގައި ސަޕޯޓުގެ ދޫލައެއް އަޅައިލަން. މި ސަފުގައި އޮންނާނެ މޭލެއް،" އެ ސަފުގައި ހުރި މީހަކު މަޖާޒީ ގޮތެއްގައި ބުނެލި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމިއްލަ ރަށް، ޅ. ހިންނަވަރަށް އެ މަނިކުފާނު ކެމްޕެއިނަށް ވަޑައިގެންނެވުމުން އެ ރަށުގެ ގިނަ ބަޔަކު މަރުހަބާ ކިޔަން ނުކުތް. --ފޮޓޯ: ނިޝާން އަލީ | މިހާރު

މިއީ އެ ސަފުގައި ތިބި އެންމެންގެ ރޫހު ހުރި ގޮތެވެ. ހުރިހާ އުމުރުފުރައެއްގެ މީހުން ޖަމާވެ، ސަފު ހަދައިގެން ތިބީ "ރަށު ރައީސް" ވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.

"އެއީ މި ރަށުގެ ރައީސް ނޫންތޯ. ވަރަށް ހިތްހަމަޖެހޭ. މި ރަށަށް ކަމެއް ކޮށްދެއްވި ހަމައެކަނި ރައީސަކީ ރައީސް އިބޫ،" އެ ސަފުގައި ހުރި އަންހެނަކު ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ މަނިކުފާނުގެ އުފަން ރަށަށް ފައިބައިވަޑައިގަތީ ހަވީރު 5:50 ހާއިރު އެވެ. ރައީސް ރަށަށް ވަޑައިގެންނެވި ކަން އެނގުމުން، ސަފުގައި ތިބި މީހުންގެ ފޯރި އިތުރަށް ގަދަވި އެވެ. އެއް ބަޔަކު ބާރަށް އަތްޖަހަން ފެށި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމިއްލަ ރަށް، ޅ. ހިންނަވަރަށް އެ މަނިކުފާނު ކެމްޕެއިނަށް ވަޑައިގެންނެވުމުން އެ ރަށުގެ ގިނަ ބަޔަކު މަރުހަބާ ކިޔަން ނުކުތް. --ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމިއްލަ ރަށް، ޅ. ހިންނަވަރަށް އެ މަނިކުފާނު ކެމްޕެއިނަށް ވަޑައިގެންނެވުމުން އެ ރަށުގެ ގިނަ ބަޔަކު މަރުހަބާ ކިޔަން ނުކުތް. --ފޮޓޯ: ނިޝާން އަލީ | މިހާރު

"ކޮން ކަމެއް ނުކޮށްދެނީ. އެހެރީ އެންމެ ބޭނުންވި ގޯތީގެ ދަތިކަން ހައްލުކޮށްދީފައި. ދެން އަންނަ ދައުރެއްގެ ހުރިހާ ކަމެއް ހައްލު ކޮށްދޭނެ އިރާދަކުރެއްވިއްޔާ،" ދެވަނަ ދައުރަކަށް ރައީސް "އެއްބުރުން" ހޮވޭނެ ކަމުގެ ޔަގީންކަމުގައި ހުރި އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

ސަފުގައި ތިބި ރަށު މީހުންނާ ސަލާން ކުރައްވަމުން، ފޮޓޯތަކަށް ހުއްޓިވަޑައިގަންނަވަމުން ރައީސް ވަޑައިގެންނެވިއިރު، ގިނަ ބަޔަކު ބާރަށް އަތް ޖަހަމުން އެ މަނިކުފާނަށް އޮތް ލޯތްބާއި ތާއީދު ހާމަކުރަމުން ދިޔަ އެވެ.

"އެ ވަރެއް ނެތް ހަމަ. ރައީސް އިބޫ ހަމަ ބަރާބަރު،" މި އިންތިހާބުގައި ފުރަތަމަ ފަހަރަށް ވޯޓުލެވޭ ޒުވާނަކު އޭނާގެ ވޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޔަގީން ކަމަށް ބުންޏެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމިއްލަ ރަށް، ޅ. ހިންނަވަރަށް އެ މަނިކުފާނު ކެމްޕެއިނަށް ވަޑައިގެންނެވުމުން އެ ރަށުގެ ގިނަ ބަޔަކު މަރުހަބާ ކިޔަން ނުކުތް. --ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމިއްލަ ރަށް، ޅ. ހިންނަވަރަށް އެ މަނިކުފާނު ކެމްޕެއިނަށް ވަޑައިގެންނެވުމުން އެ ރަށުގެ ގިނަ ބަޔަކު މަރުހަބާ ކިޔަން ނުކުތް. --ފޮޓޯ: ނިޝާން އަލީ | މިހާރު

އެންމެންނާ ސަލާން ކުރައްވައި، އެމްޑީޕީ ހަރުގެއާ ހަމައަށް ރައީސަށް ވަޑައިގެންނެވުނުއިރު، ރަނގަޅަށް އަނދިރިވެއްޖެ އެވެ. އޭރު އިރުއޮއްސި 6:40 ހާއިރު ވެއްޖެ އެވެ. އެކަމަކު އެ މަނިކުފާނަށް އޮތް ސަޕޯޓުގެ އަޑު ދިޔައީ ގަދަވަމުންނެވެ.

އެންމެ ފަހު މީހާއާ ސަލާން ކުރައްވައި، ހަރުގެ ތެރެއަށް ވަދެވަޑައިގަތުމުން ވެސް އެންމެ އެއް އަޑަކުން "އެއްބުރުން" ގޮވަމުން ދިޔަ އެވެ. އެއާ އެކު، ހަރުގޭގެ ފާރު ބުރި މައްޗަށް އަރުއްވައި، އެތަނަށް އެއްވެފައި ތިބި މީހުންނާ އެކު ރައީސް ސެލްފީއެއް ނެންގެވިއިރު ވެސް، "ރައީސް އިބޫ، އެއްބުރުން" ގެ އަޑުން މުޅި ރަށް އޮތީ ގުގުމާލައިފަ އެވެ.