Roadha Mihaaru
"ތިނަކަށް ވޯޓުދީ، ނޫނީ ކަރުނަ އަޅާ ރޯންޖެހިދާނެ"

ތިނަކަށް ވޯޓުދީ، ނޫނީ ކަރުނަ އަޅާ ރޯންޖެހިދާނެ: ރައީސް

29 ސެޕްޓެމްބަރ 2023

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުގައި ތިން ވަނަ ނަންބަރަށް ވޯޓު ނުދީފި ނަމަ، މުޅި ގައުމު ކަރުނަ އަޅާ ރޯން ޖެހިދާނެ ކަމަށާއި ދެވަނަ ފުރުސަތެއް ދެން ނުލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުގައި ތިން ވަނަ ނަންބަރަށް ވޯޓު ނުދީފި ނަމަ، މުޅި ގައުމު ކަރުނަ އަޅާ ރޯން ޖެހިދާނެ ކަމަށާއި ދެވަނަ ފުރުސަތެއް ދެން ނުލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ރެލީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަދަމާ އަކީ އަނެއްކާވެސް ރާއްޖޭގެ މުސްތަގުބަލަކަށްޓަކައި މުހިންމު ނިންމުމެއް ނިންމަން ޖެހޭ ދުވަހެއް ކަމަށެވެ. އެއީ ރާއްޖޭގެ އެންމެންނާ ގުޅިފައި އޮތް އަދި، ރާއްޖޭގެ އަމާންކަމާއި ހަމަޖެހުމާ ވެސް ގުޅިފައި އޮތް ނިންމުމެއް ކަމަށެވެ.

"އުމުރުން ދުވަސްވީ އިސްރަށްވެހިންގެ މުސްތަގުބަލާ ވެސް ގުޅިފައި އޮތް ކަމެއް، ތުއްތުތުއްތު ދަރިންނާއި ޒުވާނުންނާއި އަންހެނުންނާިއ ފިރިހެނުންގެ މުސްތަގުބަލާ ވެސް ގުޅިފައި އޮތް ކަމެއް. ރަށްރަށުގައި ދިރިއުޅޭ އަދި މާލޭގައި ދިރިއުޅޭ މީހުންނާ ގުޅިފައިވާ އޮތް ކަމެއް، ހަމަޖެހުމާއި ސުލްހައާ އަމާނަކްމާ ގުޅިގައި އޮތް ކަމެއް. ނާމާންކަމާއި ހަލަބޮލިކަމާ ވެސް ގުޅިފައި އޮތް ކަމެއް. ފުންކޮށް ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްރަކެއް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާދަމާ ނިންމަން އޮތް ނިންމުމަކީ އުފާވެރި އަމާންރާއްޖެއެއް ހޯދަނީތޯ ނޫނީ މާޒީން ފެނުނު އަނިޔާވެރިކަމުގެ ތެއަށް ދާންތޯކަން ކަމަށެވެ. އަނިޔާވެރިކަމާއި ނާމާންކަމާއި ހަލަބޮލިކަމުގެ ތެރެއަށް އަނެއްކާވެސް މި ގައުމު ވެއްޓުނަ ނުދިނުމަށްޓަކައި، އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ނިންމާލުމުގެ ހިނގާލުމުގައި ރައީސް ބައިވެރިވެ ވަޑައިގަންވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

"ހެނދުނު ހެނދުނާ ނުކުމެ ވޯޓު ދެއްވާ، ނަންބަރު ތިނަކަށް ވޯޓު ދެއްވާ. ދެވަނަ ފުރުސަތެއް ދެން ނެތް، ދެވަނަ ބުރެއް ދެން ނޯންނާނެ. ތިނަކަށް ވޯޓު ނުލެވިއްޖެ ނަމަ މުޅި ރާއްޖެ ކަރުނައަޅާ ރޯން ޖެހިދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފެނިގެން ދިޔައީ އަނިޔާވެރިކަމާއި ނާމާންކަމުގެ ތެރެ މުޅި ގައުމު ހަލަބޮލިވެފައި އޮތް މަންޒަރު ކަމަށެވެ. އެކަން 2018 ވަނަ އަހަރު ނިންމައި، މިދިޔަ ފަސް އަހަރަކީ ރާއްޖެ ދުށް އެންމެ ހަމަޖެހޭ، އަމާން ފަސް އަހަރުކަން ރައީސް ފާހަގަކުރެއްވި އެވެ.

"2018 އިން ފެށިގެން މިއަދާ ހަމައަށް މި އައީ ހަމަޖެހުމާއި އުފަލާއި އަމާންކަމާ އެކު. ތަރައްގީ އަށް ކުރިން ނުކުރެވޭހާ ގިނަ ކަންކަން ކުރެވުނު ފަސް އަހަރު. ކުރެވިފައި ހުރި މަސައްކަތްތައް މިއަދު ފެންނާނެ، ފުންކޮށް ވިސްނަން އެބަޖެހޭ. މާލެ އަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަށް ހައްލު ހޯދަން ކުރެވުނު މަސައްކަތްތަކާ މެދު ވިސްނާލަން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ނިންމާލުމުގެ ހިނގާލުމުގައި ރައީސް ބައިވެރިވެ ވަޑައިގަންވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ނިންމާލުމުގެ ހިނގާލުމުގައި ރައީސް ބައިވެރިވެ ވަޑައިގަންވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ރައީސް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ކެމްޕެއިނަށް ލިބުނު 20 ދުވަސް ތެރޭގައި ހުރިހާ ދާއިރާއެއްގެ ހުރިހާ ގިންތިއެއްގެ މީހުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވާނެ ކަމަށެވެ.

"20 ދުވަހުގެ ތެރޭގައި ވަރަށް ގިނަ ފަރާތްތަކާ ބައްދަލުކުރިން. އިހްސާސްތައް ދެނެގަތިން، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް މިހާރުން މިހާރަށް ގެނެވޭނެ އިސްލާހުތައް ވާނީ ގެނެސްދީފައި. ދާއިމީ ހައްލެއް ހޯދުމަށްޓަކައި މިހާރުން މިހާރަށް ސިޔާސަތުތައް ކަނޑައަޅާ މަސައްކަތް ފަށައިފިން، ހުރިހާ ރައްޔިތުންގެ ދިރިއުޅުން އުޖާލާވެ އުފާވެރިވާނެ. ހާސްކަނޑާލަންވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާދަމާގެ އިރުއޮއްސިގެން އަންނައިރު އުފާވެރި އަމާން ރާއްޖެއަކަށް ދެވުމުގެ އުފާވެރި، ހިތްހަމަޖެހޭ އިހްސާސް ކުރެވެން ފަށާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.