ހަލުއިކަމާ އެކު އަރިދަފުސް ރޯގާ ފެތުރެމުންދާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
03 ސެޕްޓެމްބަރ 2023
ހަލުއިކަމާ އެކު އަރިދަފުސް ރޯގާ ފެތުރެމުންދާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރު ވަމުންދާ ކަމަށެވެ.
"މިހާރު" އާ ހިއްސާކުރި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ މަހު ރޯގާގެ 22،575 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.
- އޮގަސްޓް 6-12 އަށް: 6،311 ކޭސް
- އޮގަސްޓު 13-19އަށް: 7،919 ކޭސް
- އޮގަސްޓު 20-26އަށް: 8،346 ކޭސް
މީގެ ދޮޅު މަސް ކުރިން މާލޭގައި ވަނީ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ވެސް ފެތުރިފަ އެވެ. އެޗްޕީއޭން ބުނީ އޭރު ފެތުރުނު ހޮޑުލުމާއި ބޭރަށް ހިންގުމަކީ ވަރަށް ފަސޭހައިން، ހަލުވިކަމާ އެކު ފެތުރޭ ނޯރޯވައިރަސްގެ ރޯގާއެއްކަމަށެވެ.
އަރިދަފުސް ރޯގާ ދަނީ އިތުރުވަމުން! ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަން މުހިއްމު. pic.twitter.com/idCBIMNIAe
— Health Protection Agency (@HPA_MV) September 1, 2023
ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަކަށް ޓެސްޓްކުރުމަށާއި ބަލީގެ އަލާމާތް ހުރި ނަމަ އަނގަ އާއި ނޭފަތް ނިވާވާ ގޮތަށް މާސްކް އެޅުމަށާއި ރޯގާ ޖެހިފައި ހުރެގެން ކުޑަކުދިންނާ ގައިގޯޅި ނުވުމަށް އެޗްޕީއޭގެ އިލްތިމާސްގައިވެ އެވެ. މި ކަންކަމުގެ އިތުރުން ބަލިވުމުން ނުރައްކާވެދާނެ މީހުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
މިދިޔަ ދެ މަހު، ރޯގާގެ 60،000 ކޭސް ރިޕޯޓުކުރި
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
ހޮޑުލުމާއި ބޭރަށް ހިންގުމުގެ 3،000 ކޭސް
ރޯގާއާ އެކު އިންފްލުއެންޒާ ވެސް އެބަ ފެތުރޭ
ވުހާން ވައިރަސް އަށް ޝައްކުވާ މީހުން ހުޅުމާލެ އަށް
ރޯގާ އަދިވެސް މައިތިރިއެއް ނުވޭ: އެޗްޕީއޭ
އެޗް1އެން1 އޮތީ އާދައިގެ ހާލަތެއްގައި: އެޗްޕީއޭ
އެޗް1އެން1 އަށް ޕޮޒިޓިވް މީހުންގެ އަދަދު 222 އަށް