Roadha Mihaaru
ރައީސްގެ ފަހަތުގައި ކުޅުދުއްފުށި އޮތްކަން ދައްކާލައިފި

ރައީސްގެ ފަހަތުގައި ކުޅުދުއްފުށި އޮތްކަން ދައްކާލައިފި؛ ސަޕޯޓަރުންނާ ސަލާންކުރެއްވުމުގައި ގަޑިއިރެއް!

04 ސެޕްޓެމްބަރ 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. ކުޅުދުއްފުށިން ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ.

އިފްރާޒް އަލީ ހދ. ކުޅުދުއްފުށިން އިފްރާޒް އަލީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. ކުޅުދުއްފުށިން ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތީ މިއަދު ހަވީރެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔުމަށް ހދ. ކުޅުދުއްފުށީގެ ސަޕޯޓަރުން ސަފުގަައި.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔުމަށް ހދ. ކުޅުދުއްފުށީގެ ސަޕޯޓަރުން ސަފުގަައި.-- ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ އުތުރުން އެންމެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށިން ރައީސަށް މަރުހަބާ ކިޔުމަށް އެ މަނިކުފާނުގެ ސަޕޯޓަރުންނާއި ކުދިބޮޑު ގިނަ ބަޔަކު ރަށުގެ ބަނދަރުމައްޗަށް ނުކުތެވެ.

ސަޕޯޓަރުންނާ ސަލާން ކުރެއްވުމަށް ރައީސް ގަޑިއިރެއްހާއިރު ހޭދަކުރެއްވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

ބައެއް ސަޕޯޓަރުން ބުނި ގޮތުގައި މި ރަށް ވެސް އޮތީ ރައީސް "އެއް ބުރުން" ދެވަނަ ދައުރަކަށް ހޮވަން ތައްޔާރަށެވެ.

މި ރަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލްގެ އެހެން މެމްބަރުން ވެސް ތިއްބެވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދި ޕާޓީ، ޑިމޮކްރެޓްސް އަށް ޔާސިރާއި ކުޅުދުއްފުށި ކައުންސިލްގެ މެމްބަރުން ކުރިން ސޮއިކުރެއްވި އެވެ. ނަމަވެސް، މީގެ ދުވަސްކޮޅެއް ކުރިން އެ ޕާޓީ ދޫކުރައްވައި އެ ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

ރައީސް ކުޅުދުއްފުއްޓަށް ކުރައްވާ މި ކެމްޕެއިން ދަތުރުފުޅުގައި މިރޭ މި ރަށުގައި ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ. މިއީ ހދ. އަތޮޅުން ރައީސް ވަޑައިގަންނަވާ ފަހު ރަށެވެ.