Roadha Mihaaru
އައްޑޫ ލިންކް ރޯޑް ފުރަތަމަ ފަހަރަށް ދިއްލާލަނީ

އައްޑޫ ލިންކް ރޯޑް ފުރަތަމަ ފަހަރަށް އެއްކޮށް ދިއްލާލަނީ

05 ސެޕްޓެމްބަރ 2023

އައްޑޫ ލިންކް ރޯޑު ފުރަތަމަ ފަހަރަށް އެއްކޮށް ދިއްލާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އައްޑޫ ލިންކް ރޯޑު ފުރަތަމަ ފަހަރަށް އެއްކޮށް ދިއްލާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހަދައި 2003 ގައި ހުޅުވި އައްޑޫ ލިންކް ރޯޑްގެ މުޅި މަގުގައި މިހާތަނަށް ލައިޓް ހަރުކޮށްފައެއް ނެތެވެ.

އައްޑޫ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން ފެށިގެން އައްޑޫ ޕޮލިސް އެކަޑަމީއާ ހަމައަށް އިއްޔެ ރެއިން ފެށިގެން ދިއްލާފައިވާ ކަމަށެވެ.

"ރޭގައި ލިންކް ރޯޑު ދިއްލާފައި އޮތްކަން ވެސް ފާހަގަ ކުރަން. މަސައްކަތް މި ކުރަނީ މި މަސް ތެރޭ ލިންކް ރޯޑު އެއްކޮށް ދިއްލަން،" ނިޒާރު ވިދާޅުވި އެވެ.

މަރަދުއާ ގުޅޭ ހިސާބު ނުދިއްލާނެ ކަމަށާއި ދިއްލާނީ ހަންކެޑެ ބްރިޖާ ހަމައަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫ ލިންކް ރޯޑް ނުދިއްލާތީ އެކަމުގެ ޝަކުވާ އައްޑޫ މީހުނ އަބަދުވެސް ކުރެ އެވެ.

އައްޑޫ ލިންކް ރޯޑް ހެދީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ދިވެހި ސަރުކާރުން ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގަ އެވެ. ޖުމުލަ 12.5 ކިލޯ މީޓަރުގެ ލިންކް ރޯޑްގެ މަސައްކަތްކުރީ ޑެންމާކާއި ލެބެނަންގެ ދެ ކުންފުންޏެއް ގުޅިގެން އުފެއްދި ހޯގާޑް އެންޑްޝުލްޒް އެސްލެބެނާން އިންނެވެ. ލިންކް ރޯޑް ޕްލޭންކޮށް، ޑިޒައިންކުރީ ނިއުޒީލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ބެލެވޭ ޖޯން ސްމާޓް އެވެ.